އެމެރިކާގެ 6 ސްޓޭޓަކަށް ނަގޫރޯޅިތަކެއް އަރައި 80 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެމެރިކާގެ މެދު ތެރޭގެ ސްޓޭޓްތަކަކަށާއި ދެކުނުގެ ބައެއް ސްޓޭޓްތަކަށް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އަރާފައިވާ ނަގޫރޯޅިތަކާއި ގުޅިގެން 80 އަށްވުރެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާކަމަށް އެގައުމުގެ ކަމާބެހޭ އޮފިޝަލުން ހާމަކޮށްފައިވައެވެ. ބާރުގަދަ ނަގޫރޯޅިތަކުގެ ސަބަބުން އިމާރާތްތައް ވެއްޓި މަރުވެފައިވާ މީހުންގެ އަދަދުވެސް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.
އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެމެރިކާގެ ކެންޓަކީ ސްޓޭޓްގައި އެކަނިވެސް 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އޮފިޝަލުންނާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ. އަދި މިއީ ކެންޓަކީއަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރުކަމަށްވެސް އެ ސްޓޭޓްގެ ގަވަރުނަރު މީޑިއާގައި ހާމަކޮށްފައިވެއެވެ.
ނަގޫރޯޅުތަކުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ސްޓޭޓްތަކުގެ ތެރެއިން ކެންޓަކީގައި ހުންނަ ކެންޑްލް ފެކްޓްރަރީއަކަށާއި، އިލިއޮންސްގައި ހުންނަ އެމޭޒަން ކުންފުނީގެ ވެއާ ހައުސްއަކާއި އަރްކަންސަސްގައި ހުރި ނާސިން ހައުސްއަކަށް ގެއްލުންތައް ލިބި ބަޔަކު މަރުވެގެންވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ސީ.އެން.އެންގެ މީޓިއޮރޮލޮޖިސްޓް ހާމަކޮށްފައިވާ ގޮތުގައި ނަގޫރޯޅި އަރައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު 6 ސްޓޭޓްގެ ތެރެއިން ބޮޑެތި ގެއްލުންތައް ލިބިފަވާކަމަށް ރިޕޯޓްކޮށްފައިވަނީ ކެންޓަކީގެ އިތުރުން މިސޮއުރީ، ޓެނެއްސީގެ އިތުރުން މިސިސިޕީ އެވެ.
The devastation in Mayfield, Kentucky: Tornadoes that demolished homes, levelled businesses and left at least 100 people feared dead.#tornadoes #KentuckyTornadoes #MayfieldTornado pic.twitter.com/Pp19xQ4QTP
— INDEPENDENT PRESS (@IpIndependent) December 12, 2021
ކެންޓަކީގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު، އަރްކަންސަސްގައި މިހާތަނަށް 2 މީހުން، ޓެނެއްސީގައި 4 މީހުން އަދި މިސިސިޕީގައި 2 މީހުން އަދި އިލިއޮންސްގައި 6 މީހުން މަރުވެފައިވާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
Wow, two tornadoes simultaneously in Bay, AR a few hours ago. This storm is still producing a confirmed tornado in Kentucky now pic.twitter.com/nRGCbfrCmb
— Steve Glazier (@SteveGlazier) December 11, 2021
އެންމެ ބާރުގަދަ ނަގޫރޯޅި އައިސްފައިވާކަމަށް ރެކޯޑު ކުރެވިފައިވަނީ އަރްކަންސަސްއާއި ކެންޓަކީއާއި 250 މޭލު ކައިރިންކަމަށް ސީ.އެން.އެންގެ މީޓިއޮރޮލޮޖީއިން ހާމަކޮށްފައިވެއެވެ.
Video shows a large tornado whirling in Sacramento, Kentucky.
Multiple tornadoes tore through parts of the state, killing at least 70, the governor said. https://t.co/5JPmmoztiI pic.twitter.com/U50nPESXre
— ABC News (@ABC) December 11, 2021
އެމެރިކާގެ ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ވެއްޓިފައިވާ އިމާރާތްތަކާއި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވަމުންނެވެ.
މިއީ ފާއިތުވި އަހަރުތަކަށް ބަލާއިރު މިހާ ބާރުގަދަ ނަގޫރޯޅިތަކެއް އެމެރިކާއަށް އަރާފައިވާ ފަހަރެވެ.
ނަގޫރޯޅިތަކުގެ އަސަރުކޮށްފައިވާ ސަރަޚައްދުތަކުގެ ހާލަތު ވަރަށް ކައިރިން ބައްލަވާކަމަށާއި އެސަރަޚައްދުތަކަށް ޒިޔާރަތްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަޑައިގަންނަވާނެކަމަށް ބައިނައްލަޤްވާމީ ޚަބަރުތަކުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!