އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ހުރިހާ މެމްބަރުން އުސްތިއުފާ ދެއްވައިފިއެވެ.
މި ބޭފުޅުން އިސްތިއުފާ ދެއްވާފައި ވާކަން އޭސީސީއާއި ރައީސް އޮފީހުން ވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
އޭސީސީގެ 5 މެމްބަރުންގެ ތެރެއިން 2 ބޭފުޅަކު ވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުންތައް ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ބެހޭ ކޮމިޓީން ފެށުމުން ކުރިން އިސްތިއުފާދެއްވާފައެވެ. އަދި ބާކީ ތިއްބެވި 3 ބޭފުޅުން ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ބޭފުޅުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ. އެއީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ދެވަނަ ފަހަރެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމަށް އެ ކޮމިޓީއިން ނިންމާފައިވަނީ އެކަށީގެންވާ މިންވަރަށް މަސައްކަތްތަކެއް ނުކުރެވޭތީ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!