މޯ‎ލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ސޭފްޓީ ވީކުގެ ދަށުން ކުރިއަށްގެންދިޔަ ‘ޕޯޓް ސޭފްޓީ ރަން’ ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިއީ މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތެވެ. މިއަދު ހެނދުނު ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުން ފެށި މި މި ދުވުމުގައު 100އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

Ad
rt

މި ދުވުމުގައި އަންހެން ކެޓެގަރީ އަދި ފިރިހެން ކެޓަގެރީން އެއްވަނަ ދެވަނަ އަދި ތިންވަނަޔަށް ހޮވުނު ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދީފައެވެ. އެގޮތުން އެއްވަނަޔަށް 2500ރ.، ދެވަނަޔަށް 1500ރ. އަދި ތިން ވަނަޔަށް 500ރ. ވަނީ ހަދިޔާކޮށްފައެވެ.

ފިރިހެނުންގެ ކެޓަގެރީން އެއްވަނައަށް ދިޔައީ، ހުސައިން ރިޒާއެވެ. ދެވަނަޔަށް އާބިދް ދިޔައިރު ތިންވަނަޔަށް ދިޔައީ ފަރްހާދުއެވެ. އަދި އަންހެން ކެޓެގެރީން އެއްވަނަޔަށް ޝަމްހާ ދިޔައިރު ދެވަނައަށް ހުސްނާ މުހައްމަދު، ތިން ވަނަ ނަޝީދާ އަލީ ވަނީ ކާމިޔާބު ކޮށްފައެވެ.

މި ދުވުމަށް ހާއްސަ ކޮށްގެން އެމްޕީއެލްްއިން ނެރުނު ޖާޒީ ވިއްކައިގެން ލިބުނު ފައިސާ ވަނީ ‎ކުޑަކުދިންގެ ހައްގުތަށް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް) އަށް ހަދިޔާކޮށްފައެވެ. އެގޮތުން، 23،700ރ. އާކްއަށް ވަނީ ހަދިޔާ ކޮށްފައެވެ.

‏‎އެމްޕީއެލް އިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބިނާ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާކޮށް މި ހަރަކާތް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.