ހއ. އިހަވަންދޫއިން ކޮވިޑްއަށް ޕޮސިޓިވްވި ހައިރިސްކު މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި އެވެ.
އެރަށު އާމިނޯ ދިޔޯ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހަކު ހާލު ގޯސްވުމުގެ ސަބަބުން މިހާރު ވަނީ އެމަރުކަޒުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް މިނޫހަށް މަޢުލޫމާތުދެމުން ވިދާޅުވީ ހާލުދެރަވެ ފަރުވާދެމުން ދަނީ 91 އަހަރުގެ އަންހެނަކަށް ކަމަށެވެ.
އިހަވަންދޫގައި މިއަދު އެކަނިވެސް 7 މީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވެއެވެ. މި އަދަދާއިއެކު މިހާތަނަށް އެރަށުން ޕޮސިޓިވް ވި މީހުންގެ އަދަދު މިވަނީ 33 އަށް އަރާފައެވެ.
މީގެ އިތުރުން އެރަށުގެ ކޮވިޑް ގެ ހާލަތު ގޯސްވަމުން ދާތީ އެރަށު ކައުންސިލުން މިއަދު ވަނީ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!