ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި 4 ދުވަހުގެ މި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވަނީ މިދިޔަ ނޮވެމްބަރ މަހުވެސް ލަންކާއަށް ވަޑައިގެންފައެވެ.
އެދަތުރުފުޅަކީ އެގައުމުގެ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ"ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ކުރެއްވި ދަތުރުފުޅެކެވެ.
އޭގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރައީސް ސޯލިހު ވަނީ ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!