ށ އަތޮޅު ކައުންސިލްގެ ފަރާތުން އެއަތޮޅުގެ ރަށްރަށަށް ޒިޔާރާތް ކުރުމުގެ ދަތުރު މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަދި ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރައިޝަމް ވިދާޅުވީ، މިދަތުރަކީ ށ. އަތޮޅުގެ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ޕްރޮގްރާމަތަކާއި ފަސް އަހަރު ދުވަހުގެ ތަރައްޤީގެ ޕްލޭނާ ބެހޭ މަޢުލޫމާތު ރަށްރަށުގައި ހުރި ދަޢުލަތުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބުޖަމް...
އައިޝަތު ނަސާޔާ
ޓިކްްޓޮކްގެ ސަބަބުން، ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ބުނެ އެމެރިކާގެ އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުޤީގުކުރަން ފަށައިފިއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ބާޓިސަން ގްރޫޕަކުން އިސްނަގައިގެން ކުރިއަށް ގެންދާ މި ތަހުޤީގަކީ ޓިކްްޓޮކްގެ ސަބަބުން ޒުވާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވޭތޯ ބެލުމަށާއި ޓިކްޓޮކަކީ ޒުވާނުންނާއި ޅަ އުމުރުގެ ކުދިންނަށް އެކަށީގެންވާ ޕްލެޓްފޯމްއެއްތޯ ބެލުމެވެ. އަދި މި އެޕްގެ ސަބަބުން ނަފްސާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ޒުވާން އުމުރު ފުރައި...
އަޒްފާ ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗްގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން ހިންގި ލެވެލް 3ގެ އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސްގެ ކޯހުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުން ބާއްވައިފިއެވެ. އެ ޕްރޮގްރާމުގެ ދަށުން ރޭ 23 ބައިވެރިން ވަނީ ދަސްވެނިވެފައެވެ. ދަސްވެނިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސެނު އާއި ފެނަކަ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ފެނަކައިން ބުނީ، ފެނަކަ...
އަޙްމަދު ވަހީދު
އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް ލިޔުން ހަވާލު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޖެންޓުންނާ ލިޔުން ހަވާލު ކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އެގޮތުން، 136 އެޖެންޓަކަށް ވަނީ މިހާތަނަށް ލިޔުން ހަވާލު ކޮށްފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޭޖެންޓު ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއަދު...
އަޙްމަދު ވަހީދު
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް،މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ހިއްކިފައިވާ ސަރަހައްދުގެ ބިން އެއްވަރު ކުރުމާއި ކޮންނަންޖެހޭ ސަރައްހައްދު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް...
އަޙްމަދު ވަހީދު
ސުޕްރީމް ކޯޓުން ކުރިން ބެލި މައްސަލައެއްގައި އެ ކޯޓުގެ އޭރުގެ ފަނޑިޔާރަކު ދެ މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ދޭން އެދުނު ކަމަށް އެ މައްސަލާގައި ހިމެނޭ މީހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި މިއަދު ބުނެފި އެވެ. އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ދަފްތަރު ނަމްބަރު 4800 މުހައްމަދު އަނީސް އެވެ. އޭނާ ދައުވާކުރީ އޭނާގެ ލޯންޗަކާއި ދޯންޏެއް އެރިޔަދޫ ރިސޯޓާއި ވިލަމެންދޫ ރިސޯޓްގައި ބޭނުން ކުރުމުން އޭގެ ކުލީގެ ފައިސާ ހޯދަން ހ. ވާލީވިލާ މުހައްމަދު […]
ހުސައިން ހަބީބް
ޕާލޭ ފޯ ދަ އޯޝަންސް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕާލޭ އެއާ ޗެލެންޖް އެކްޓިވިޓީ 2021” ގައި ބޮޑު ކާމިޔާބެއް ހޯދި ހދ. ނޮޅިވަރަންފަރު ސްކޫލަށް ޕާލޭގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ. ޕާލޭ އިން ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި ޓާގެޓްއެއްގެ ގޮތުގައި 3 މައިލް ސްޓޯންއެއް ކަނޑައަޅާފައިވާއިރު މުޅި ރާއްޖެއިން ވެސް 2 މައިލްސްޓޯން ހާސިލްވި 3 ސްކޫލްގެ ތެރެއިން އެއް ސްކޫލް ގެ ގޮތުގައި ނޮޅިވަރަންފަރު ސްކޫލް […]
އައިޝަތު ނަސާޔާ
ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ވިދާޅުވި ގޮތުގައި އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން ސިވިލް ކޯޓަށް ދެ ފަނޑިޔާރުން މިހާރު އައްޔަނު ކުރަށްވާފައިވާ ކަމަށެވެ. އެ...
ޝިއުނާ އާދަމް
އަންނަ ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. މިގޮތުން ހިޖުރައިން 1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. ރަމަޟާންމަހުގެ ރަސްމީގަޑިއާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި މިގޮތަށް ހަމަޖެއްސެވުމ...
ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ސަޢުދީ ޢަރަބިއްޔާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުގެ ރަސްމީ މީޑިޔާ ކަމުގައިވާ ސައުދީ ގެޒެޓްގައި ބުނެފައިވަނީ، ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މި ހޮނިހިރު ދުވަހުން ފެށިގެން އުވާލާން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާތްވެގެންވާ ދެ ހަރަމާއި، ސައުދީގެ ހުރިހާ މިސްކިތެއްގައި އިޖުތިމާއީ ގައިދުރުކަން ނިމުމަކަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިސްކިތްތަކ...
ޖަލްވާން ޖާދުﷲ
ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން ޕީއެސްޖީ ބަލިކޮށް އޯޖީސީ ނައިސް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ. 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައިވާ ޕީއެސްޖީ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދި އޯޖީސީނައިސް އަށް ތާވަލްގެ ދެވަނަ ލިބެނީ 49 ޕޮއިންޓް ހޯދައިގެންނެވެ. މި ދެޓީމުވެސް މިހާތަނަށް ލީގުގައި ވަނީ 27 މެޗް ކުޅެފައެވެ. އޯޖީސީނައިސް އިން ޕީއެސްޖީ ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލިއިރު އޯޖީސީނައިސް ގޯލާ އަމާޒުކޮށް ޕީއެސްޖީއަށް ފޮނުވާލެވިފައިވަނީ އެންމެ 2 ހަމަލާއެވެ. މި […]
އަލީ ރިޔާޟް
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ވެސްޓްހަމް މަށްޗައް ލިވަޕޫލްއިން ކުރި ހޯދައިފިއެވެ. މެޗުގަ ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 27 ވަނަ މިނެޓުގައި އެލެކްސެންޑާ އާނޯލްޑް ގެ އެހީތެރިކަމާއެކު ޖަހައިދިނީ ސާޑިއޯ މާނޭ އެވެ. ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުންދިޔަ ލިވަޕޫލްވަނީ 13 ހަމަލާއެއް ފޮނުވާލާފައެވެ. މީގެން 5 ހަމަލާ ގޯލާ އަމާޒުވީއިރު ވެސްޓްހަމްގެ 7 ހަމަލާއިން 4 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ. https://twitter.com/LFC/status/1500229672461733890?t=5m6KRVHAtKYvK...
އަލީ ރިޔާޟް
ފޭސްބުކް މެދުވެރިކޮށް އުރީދޫ ނަންބަރުތަކަށް ރީޗާޖްކުރެވޭ ގޮތާއި އެޑްއޮން ގަނެވޭ ގޮތް އުރީދޫއިން ހަދައިފިއެވެ. މި ހިދުމަތް ދެނީ އުރީދޫ އާއި ފޭސްބުކްގެ މައި ކުންފުނި، މެޓަ އާ ދެމެސު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އުރީދޫން ބުނީ މެެޓަ އާއި އެކު ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަދި މި ހިދުމަތް ފޯރުކޮށްދެނީ ފޭސްބުކްގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ […]
އަޙްމަދު ވަހީދު
ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން...
އައިޝަތު ނަސާޔާ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން، ކޭބަލް ޖަންކްޝަންތަކާއި ކާބް ގަލުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕޭވްމަންޓް ބްލޮކްތަކުގެ ކާސްޓިން މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން ފަސް މަގެއްގައި ތާރު އަޅާނެއެވެ. އަދި 7511.70 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ...
އަޙްމަދު ވަހީދު
ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ. އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގ...
އައިޝަތު ނަސާޔާ
ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ މަރިޔަމް ރީޝާ ވިދާޅުވީ މި ޕްރޮގްރާމަކީ ކޮންމެ މަހަކު އެއް ފަހަރު ނުވަތަ ދެފަހަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މިއަދުގެ ހަރަކާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެވޭ ގޮތް ނުވި ނަމަވެސް އެކޮމިޓީގެ މެމްބަރުން ވަނީ އެހަރަކާތް ކުރިއަށް ގެންގޮސްފައެވ...
އައިޝަތު ނަސާޔާ
އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން ހިލޭ ސާބަހަށް މުޖުތަމައުގެ ހޭލުންތެރިކުރުމުގެ މަސައްކަތުގައި އެވިޑް ކޮލެޖް ތާއަބަދުމެ ދެމި އޮންނާނެ ކަމަށް އެވިޑްކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ. އެވިޑް ކޮލެޖުން އިސްނަގައިގެން އިއްޔެ ހަވީރު މާލޭ ސޯސަލް ސެންޓަރު ކައިރީ ވަނީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަކޮށްގެން ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެ ކޮލެޖްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކޭމްޕަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ ޒިޔާ...
ޙުސައިން ޝަހުދީ