އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ދިވެހިރާއްޖެ އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން އައްޔަނުކޮށް ލިޔުން ހަވާލު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެޖެންޓުންނާ ލިޔުން ހަވާލު ކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އެގޮތުން، 136 އެޖެންޓަކަށް ވަނީ މިހާތަނަށް ލިޔުން ހަވާލު ކޮށްފައެވެ.

Ad
rt

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އޭޖެންޓު ކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު އޭޖެންޓުންނާ ވަނީ ހިއްސާ ކޮށްފައެވެ.

އޭޖެންޓު ތައާރަފު ކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް އެސްޓީއޯ އިން އެތެރެކޮށް ވިއްކާ ބުރޭންޑްތަކުގެ މުދާ ފަސޭހައިން ލިބޭނެ ގޮތް މަގު ފަހިކޮށް، އަތޮޅުތަކުގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށް އެސްޓީއޯއިން ބުންޏެވެ.

މިހާތަނަށް ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެސްޓީއޯ ސްޓޭޕަލް އޭޖެންޓް އަދި އެސްޓީއޯ ކޮންސްޓްރަކްޝަން އޭޖެންޓުން ތިބިއިރު މި ފަރާތްތަކަށްވެސް އެސްޓީއޯ ޕީޕަލްޗޮއިސް މުދާ ވިއްކުމުގެ އެޖެންޓަކަށް ވެވިދާނެއެވެ.