ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން ޕީއެސްޖީ ބަލިކޮށް އޯޖީސީ ނައިސް ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައިވާ ޕީއެސްޖީ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދި އޯޖީސީނައިސް އަށް ތާވަލްގެ ދެވަނަ ލިބެނީ 49 ޕޮއިންޓް ހޯދައިގެންނެވެ. މި ދެޓީމުވެސް މިހާތަނަށް ލީގުގައި ވަނީ 27 މެޗް ކުޅެފައެވެ.

Ad
rt

އޯޖީސީނައިސް އިން ޕީއެސްޖީ ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލިއިރު އޯޖީސީނައިސް ގޯލާ އަމާޒުކޮށް ޕީއެސްޖީއަށް ފޮނުވާލެވިފައިވަނީ އެންމެ 2 ހަމަލާއެވެ.

މި ސީޒަންގައި މި ދެޓީމް 3 ފަހަރު ކުރިމަތިލާފައިވާއިރު ޕީއެސްޖީއަށް ނައިސް ބަލި ކުރެވިފައެއްނުވެއެވެ. ލީގުގައި ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރު ވެގެންނެވެ. ފުރާންސްކަޕްގައި ޕެނަލްޓީ ޖަހައިގެން ނައިސް ވަނީ ޕީއެސްޖީ ބަލިކޮށް މުބާރާތުން ކަޓުވާލާފައެވެ.

ލީގްގައި ކުޅުނު އެހެން މެޗުތަކައް ބަލާއިރު ލޯރިއަންޓް މައްޗަށް 4-1 ގެ ނަތީޖާއިން ލިޔޯން ވަނީ ކުރި ހޯދާފައެވެ. ރޭސިންގެ މައްޗަށް ބުރެސްޓް ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.

ތާވަލުގެ 6 ވަނަގައި ލިއޯން އޮތީ 27 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ލޯރިއަންޓަން 27 މެޗުން ލިބުނު 24 ޕޮއިންޓާއެކު އޮތީ ތާވަލްގެ 16 ވަނައިގައެވެ. 27 މެޗުން ލިބުނު 40 ޕޮއިންޓާއެކު ރޭސިން އޮތީ ތާވަލްގެ 7ވަަނައިގައެވެ. ބުރެސްޓް 12 ވަނައިގައި އޮތީ 27 މެޗުްން ހޯދި 35 ޕޮއިންޓާއެކުގައެވެ.