އޯޝަންލިންކް ޕްރައިވެޓް ލިމިޓެޑް އަދި ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހއ. އިހަވަންދޫ ކައުންސިލަށް ހައިޑްރޯލިކް ސްލިޕްވޭ ވިންޗެއް ހަދިޔާކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ވިދާޅުވީ އެދެކުންފުނީގެ ފަރާތުން ކައުންސިލާއި ވިންޗް ހަވާލުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިއީ 30 ޓަނުގެ ވިންޗެކެވެ. ވިންޗް ހަވާލުކުރުމުގެ ބައްދަލުވުމުގައި އެދެކުންފުނީގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ. ކައުންސިލްގެ ފަރާތުން ވިންޗާއި ހަވާލުވެފައިވަނީ ކަ...
އައިޝަތު ނަސާޔާ
ށ. ފުނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 24 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި މިމަސައްކަތާއި ގުޅިގެން އިތުރު މަޢުލޫމާތ...
އައިޝަތު ނަސާޔާ
އޮފީސްތަކާއި ކުންފުނިތައް ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމުގައިވާ އެސްއޭޕީއާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް އުރީދޫ އިން އެކަން އިއުލާން ކުރީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް ގައެވެ. އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެންޓަޕްރައިޒް އެޕްލިކޭޝަން ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންވެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ...
އަޙްމަދު ވަހީދު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލާގެ އަޑުއެހުންތައް ލައިވްކުރަން ހައި ކޯޓުން ނިންމައިފި އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ ފަރާތުން އެދުމުން ސަރުކާރުން ދެކޮޅު ހެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމުން އަޒާންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި އަޑުއެހުން ލައިވްކުރަނ...
ހުސައިން ހަބީބް
ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ. އެ ކޮމެޓީން 02 މާޗް 2022 ވީ ބުދަ ދުވަހު ހަދިޔާކޮށްފައިވާ ސާމާނުގެ ތެރޭގައި ހިމެނެނީ ފަހާފޮށްޓާއި، ފެހުމަށް ބޭނުންވާ އިތުރު ސާމާނެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރު ސްކޫލުގެ ސެން ކުލާހަށް ފަހާފޮށީގެ އިތުރުން ފެހުމަށް ބޭނުންކުރެވޭނެ ސާމާނު ހަދިޔާ ކުރުމުގެ...
އިބްރާހިމް ޚަލީލް
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ.ދިއްދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރ...
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަސް ބަނބުކެޔޮގަސް މީލާދީގޮތުން އެއް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް މި މަހުގެ އެއްވަނަ ދުވަހު އެ ކައުންސިލުން ކޮސްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ ހުސްބިމުގައި ހުރި 05 ގަސް ބަނބުކެޔޮ މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް (އެ ސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާހާ […]
އިބްރާހިމް ޚަލީލް
އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަވަށްޓެރި ސްރީ ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރި ފިޔުލް ސްޓޭޝަނަކަށް ތެޔޮ ފޮނުވަން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުގެ މާލީ ހާލަތު ދަށްވެ ތެޔޮ ގަންނާނެ ލާރިއެއްވެސް ބަޖެޓުގަ ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ދުވާލަކު ހަތް ގަޑިއިރާ 30 މިނެޓަށް ލަންކާއިން ކަރަންޓު ކަނޑާލައެވެ. ހޮނިހިރު ދުވަހުން ފެށިގެން ކަރަންޓު […]
އަޙްމަދު ވަހީދު
ހދ. ފިނޭ ކައުންސިލަށް ލަފާދިނުމަށް އިޤްތިސާދީ ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޓީ އެކުލަވާލުމަށް ނިންމާފައި މިވަނީ އެރަށު ކައުންސިލުން އިޤްތިސާދީގޮތުން އެރަށް ތަރައްޤީ ކުރުމަށް ރާވަމުންދާ އަދި ކުރަމުންދާ ކަންތައްތަކަށް އެފަރާތްތަކުގެ ލަފާ ހޯދުމުގެ ގޮތުންކަމަށެވެ. އެގޮތުން މިކޮމިޓީގެ މެމްބަރަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެއިދާރާއަށް ވަޑައިގެނ...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް( ކޭއާރުއެޗް )ގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ފަރާތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެހޮސްޕިޓަލްގެ ޚިދުމަތް ދެމުންދާތާ އިއްޔެއަށް 40 އަހަރު ވެފައިވާއިރު، މިމުނާސަބާތާއި ގުޅުވައިގެން އެ ހޮސްޕިޓަލުގެ ނަރުހުންނަން ވަނީ އައު ޔުނީފޯމެއްވެސް ތައާރަފް ކޮށްފައެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުގެ އެކި ޑިޕާޓްމެންޓްތަކުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އެގޮތުން އިއްޔެ ހެނދުނު އެހޮސްޕިޓަލުގެ މުވައްޒަފުންނާއިއެކު ހާއްސަ ހެނދު...
އައިޝަތު ނަސާޔާ
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އެސިޓީގައި ބާއްވާ ނައިޓް މާކެޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މާރޗް މަހުގެ 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މި މާކެޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެފަރާތްތަކުން އެމުއްދަތުގެ ތެރޭގައި “ކުޅުދުއްފުށި...
އައިޝަތު ނަސާޔާ
ރިސޯޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތަކުގެ ތެރެއިން ބޮޑު ބައެއް މައާފްކޮށްދެވޭ ގޮތަށް ސަރުކާރުން ގަވާއިދެއް ހަދައިފި އެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ކުލި ނުދައްކާ ކޮންމެ ދުވަހަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއެއް ނަގަމުން އަންނަނިކޮށް 2020 ވަނަ އަހަރު ސަރުކާރުން އޮތީ ޖޫރިމަނާގެ ރޭޓް 0.04 ޕަސެންޓަށް ދަށްކޮށްފަ އެވެ. އެހެން ނަމަވެސް އެހާތަނަށް ނުދައްކާ ހުރި ބޮޑެތި ޖޫރިމަނާތަކަށް އެއްވެސް ލުޔެއް އޭރު ދީފައެއް ނުވެ އެވެ. އާ ގަވާއިދުގެ ދަށުން އެއަށް ބޮޑެތި […]
ހުސައިން ހަބީބް
ގިތެޔޮ މިރުހަކީ ރާއްޖޭގެ ދަނޑުވެރިން އެންމެ ގިނައިން ހައްދާ އެއް ވައްތަރެވެ. ގިތެޔޮ މިރުސް އިންދުމަށް އެންމެ ރަނގަޅީ ފެން ނުހިލޭ، ލޮނުގެ އަސަރު ނެތް، ރަނގަޅު ފަސްގަނޑެކެވެ. މުޑުވައް ނެގުމާއި ރައްކާކުރުން މުޑުވައް ނަގަން ރަނގަޅުވާނީ ބަލިނުޖެހި ރަނގަޅަށް ހެދިފައިވާ ގަހަކުން، ޞިއްޙަތު ރަނގަޅު މިރުހެކެވެ. އެ މިރުހަކީ ރަނގަޅަށް ހެދި އައިބެއް ނެތި ގަހުގައި އިނދެ ދޮންވެފައިވާ މިރުހަކަށް ވެސް ވާންވާނެއެވެ. މިރުހުން މުޑުވައް ނެގުމަށްޓަކައި މިރުހުގެ ތޮށިގަނޑު ފަޅާލާށެވެ. މަޑުމަޑުން މިރުހުން އޮށްތައް […]
ހުބާ ޕްލާންޓްސް
ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެ ރަށު އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިއަދު ސައިޓަށް ވަނީ ގެންގޮސްފައެވެ. ހިންނަވަރު އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށާފައިވާއިރު ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފ...
އަޙްމަދު ވަހީދު
ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނުތ ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ. މިއީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކުރެވިފައިވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިނުން ގެލެކްސީ އެސް 22 […]
އަޙްމަދު ވަހީދު
ތ. ގުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 69 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުނ...
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ޑެންޓަލް އޮފިސަރެއްގެ ގޮތުގައި ދިއްދޫއަށް ނިސްބަތްވެވަޑައިގަންނަވާ އެރަށު ފެހިވިލާގެ ޑރ. ފާޠިމަތު ފައިރޫޒް ޚިދުމަތް ކުރައްވަން ފައްޓަވައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުގެ ފަރާތުން ފައިރޫޒްއަށް ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައިވާއިރު، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލުގެ ޒިންމާދާރު ވެރިޔާ ހުސެއިން ޝިމާން ވިދާޅުވީ، ޑރ. ފާޠިމަތު ފައިރޫޒްއަށް ތަނަވަސް އެތައް ފުރުސަތެއް އޮވެމެ، ރަށާއި އަތޮޅަށް ޚިދުމަތް ކުރުމުގެ މަތިވެރި މަޤްޞަދުގައި، އެ...
އައިޝަތު ނަސާޔާ
ފަނޑިޔާރުންނާއި ވަކީލުންގެ އިތުރުން ގާނޫނީ ދާއިރާގައި ހިމެނޭ އިދާރާތައް ބައިވެރިކޮށްގެން، އެޓަރނީ ޖެނެރަލްގެ އޮފީހުން ބާއްވާ “ބަންޑާރަ ކަޕް 2022″ގައި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަމިއްލަ ލޯފާމެއް ކޮޅަށް “ލަނޑު ގޯންޏެއް” ޖަހައިފިއެވެ. ކުރީގެ އެޓަރނީ ޖެނަރަލް އަބްދުﷲ މުއިއްޒުގެ ލޯފާމްގެ ފަރާތުން ބަންޑާރަ ކަޕްގައި ކުޅޭ “ނަވާރަބައްތިރީސް” ކޮޅަށް ޑީޖޭއިން ވަނީ 15 ގޯލު ޖަހާފައެވެ. ނަވާރަބައްތިރީސް އިން ވެސް ރަނގަޅު ކުޅުމެއް މެޗުގައި ދެއްކިއެވެ. ނަމަވެސް ޑީޖޭއޭގެ ގޯލަށް...
އިބްރާހިމް އަސްވާޤް