ގޭގައި ލައިގެންކާނެ އެއްވެސް އެއްޗެއް ނެތް ދުވަހެކެވެ. ލޮނުކަމެއް ލިބޭތޯ (މަހެއް ބެވޭތޯ) ދިއުމަށް ކަޅުކުރުބޭގެ އަންހެނުން ދޮންމަރިޔަނބު ކަޅުކުރުބެ ކައިރީގައި ބުންޏެވެ. ކަޅުކުރުބެ ބުންޏެވެ. ނަނެއް އޮތަކަސް އެމެއް ނެތިއްޔާ މަހެއް ބާނަން ދެވޭނީ ކިހިނެއްހެއްޔެވެ. މި ރަށަށް މަހެއް ނުބާނާތާ ކޮން ދުވަހެއް ހެއްޔެވެ. ކޮންމެ އަކަސް ދޮންމަރިޔަނބު ކުރުނުކޮށްގެން ކަޅުކުރުބެ ނަނުބޮނޑި ހިފައިގެން ނިކުތެވެ. އެމަށް އަޅާނެ ބަރަވެލި ފޫޅެއް ވެސް ނުލިބިގެން ގޮތް ހުސްވެފައި އިންދާ މޫނުމަތިން ބުރާލި ކުނަމެއްސެއް ކުއްލ...
ޢަބްދުﷲ ސަޢީދު
ޤާނޫނު އަސާސީއެއް ލިޔެ ދުސްތޫރީ ޙުކޫމަތެއް ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކަށައެޅިގެން ދިޔައީ ދިވެހީން އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު އިނގިރޭސީންގެ ބާރުއެޅުމުގެ މަތީންނެވެ. ދުސްތޫރީ ނިޒާމަކަށް ދިވެހީންގެ ވިސްނުމާއި ފިކުރު ޢިލްމީގޮތުން ފުޅާވެ ކުރިއަރައި އެއީ މުހިންމު ކަމެއްކަމަށް ގަބޫލުކުރެވިގެންނެއް ނޫނެވެ. ނަމަވެސް ދައުލަތުގެ އިސް ބައެއް ބޭފުޅުންގެ އަމިއްލަ މަޞްލަޙަތުތަކެއް ކުރިއެރުވިދާނެކަމުގެ އުންމީދެއް އޮވެގެންނެވެ. ދުވަސްވަރަކީ އިނގިރޭސީންގެ އަޅުވެތިކަމާއި ހިމާޔަތުގެ ދަށުގައި އޮ...
ޢަބްދުﷲ ސަޢީދު
ރާއްޖޭގައި ފުޅާދާއިރާއެއްގައި ތައުލީމް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑު ކޮލެޖްގެ ފަރާތުން “އެވިޑް ރަމަޟާން ކުއިޒް 1443” ނަމުގައި ސުވާލު މުބާރާތެއް ފަށައިފިއެވެ. އެވިޑް ކޮލެޖްގެ ފޭސްބުކް މެދުވެރިކޮށް ކުރިއަށް ގެންދާ މި ސުވާލު މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިއަދުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށެވެ. މުބާރާތް ކުރިއަށް ގެންދިޔުމުގައި މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެއް ސުވާލު އެ ކޮލެޖްގެ ފޭސްބުކް ޕޭޖުގައި ޝާޢިއުކުރާނެއެވެ. މިގޮތުން މިއަދުގެ ސުވާލު މިހާރު ވ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލެސްއާއި އާސެނަލް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕެލަސްއިން ކާމިޔާބު ކޮށްފިއެވެ. ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޕެލަސްއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 16 ވަނަ މިނޓުގައި ލިބުނު ހިލޭ ޖެހުމަކުން އާސެނަލްގެ އޭރިއާ ތެރެއިން […]
އިބްރާހިމް ޚަލީލް
ދުޅަހެޔޮ ސިއްހަތެއްގައި ތިބާ ދުނިޔޭގައި ވަނިކޮށް ރަމަޟާން މަހަކާއި ބައްދަލުވުމަކީ ބޮޑު ނިޢުމަތެކެވެ. ރަމަޟާން މަހަކީ އަޅުކަމުގައި ހީވާގިވެލައި ހިތުގައި ޖަހާފައިވާ ދަބަރު ފިލުވާލައި އީމާންތެރިކަމާއި ތަޤުވާވެރިކަން އިތުރު ކޮށްލަން ހަޔާތުގައި ލިބިގެންދާ މުހިންމު ވަގުތުތަކެކެވެ. ރަމަޟާންމަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫޙާނީ ގޮތުން ވެސް ތައްޔާރުވާން ޖެހެއެވެ. ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަ...
އިބްރާހިމް ޚަލީލް
އެސްޓީއޯއިން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ. އެ ކުންފުނިން ލުނބޯ ވިއްކަނީ ކިލޯއެއް 45ރ. އަށެެވެ. އެއީ އެ ކުންފުނިން އަމިއްލައަށް ރާއްޖެ އެތެރެ ކޮށްގެން ވިއްކާ ލުނބޮއެވެ. އެސްޓީއޯއިން ބުނީ އެ ކުންފުނިން ލުނބީ ވިއްކާ ލިމިޓުކޮށް ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މީހަކަށް ކިލޯއެއް ވިއްކާއިރު އެގްރިސެންޓަރުން މީހަކަށް ތިން ކިލޯ ލިބޭނެ ކަމަަށް ބުންޏެވެ. Following the rising rate of Lemons in the market right now, […]
އަޙްމަދު ވަހީދު
ރިސޯޓް ހަދަން ދޫކޮށްފައިވާ 83 ރަށެއްގެ މަސައްކަތްވަނީ “ގަލުގައި އަޅާފައި” ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ 27 ވަނަ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގެ ގިނަ ރިސޯޓްތައް ނުހެދި މިހުރީ ހަދާނެ ލާރި ނެތިގެންކަމަށާއި ރާއްޖޭގައި ދިވެހިންނަށް ރިސޯޓް އޯނާޝިޕް ނުލިބިގެން މިއުޅެނީ ވެސް ފަންޑިން ނުލިބިގެންކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވި އެވެ. ނުހެދި ހުރި ރަށްތަކަށް ސަރުކ...
އަލީ އާދިލް
އެންމެ ފުރަތަމަ ކަމަކަށް ހިތަށް ގެންނަން ވީ ކަމަކީ ﷲއީ އެންމެ ޙިކުމަތްވަންތަ އިލާހު ކަމެވެ. “އަލްޙަކީމް” އެއީ އެއިލާހުގެ މަތިވެރިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. ޙަކީމް މި ޢަރަބި ކަލިމަ ނެގިފައައިވަނީ ޙުކުމް، މި ކަލިމަވެސް ނެގޭ އަސްލުންނެވެ. އެއީ ح، ك، م މި ތިން އަކުރުންނެވެ. ﷲއީ ޙުކުމް ކުރައްވާ އަދި އެއިލާހު ކުރައްވާ ޙުކުމްތަކުގައި ޙަކީމްވަންތަ އިލާހެވެ. އެހެންކަމުން އެއިލާހު ކުރައްވާ ކޮންމެ ޙުކުމެއްގައިމެ މަތިވެރިވެގެންވާ ޙިކުމަތެއް ވާނެކަން ޔަޤީނެވެ. އޭގެތެރެއިން […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ސްކޫލަކަށް ވަދެ، ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ މެޖިސްޓްރޭޓެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މ. މުލީ ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި ހދ. ނޭކުރެންދޫ ގުލާބީގޭ، ހުސައިން އާމިރުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު މ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް ފަހެއްްގެ ކްލާސް ރޫމަކަށް ވަދެ، އެ ކްލާހުގައި އިން ކުއްޖެއްގެ ގައިގައި އޭނާ އަތްލި ކަމަށް ބުނެ އެވެ. […]
ހުސައިން ހަބީބް
ގއ. މާމެންދޫގައި މިދިޔަ އަހަރު ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން ވެސް އެކަމަށް ކޯޓުގައި މިއަދު އިންކާރުކޮށްފި އެވެ. އުމުރުން 17 އަހަރުގެ އުދައްޔުއަށް ހަމަލާދީ، މަރާލުމުގެ ދައުވާލިބެނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ. މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗަކުން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ވެސް އެ މީހުންގެ […]
ހުސައިން ހަބީބް
މިނިސްޓްރީ އޮފް ޑިފެންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، ޑިފެންސްގެ ޕީއެސްގެ މަޤާމަށް އަޙްމަދު ޝާން މަންޞޫރު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. ޕަރމަނަންޓް ސެކްރެޓަރީއަކީ، އޭނާ ވަޒީފާ އަދާ ކުރާ މަސްއޫލު އޮފީހުގެ އިސްވެރިޔާ ކަނޑައަޅާ ސިޔާސަތާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސްއޫލު އޮފީހާއި މަސްއޫލު ދާއިރާގެ އެންމެހައި ކަންތައްތައް ހިންގުމުގައި ފުރިހަމައަށް އެހީތެރިވެ އެއްބާރުލައި،...
ޝިއުނާ އާދަމް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލްގެ ރަސްމީ ސިއްކަ ފަރުމާކުރުމުގެ ފުރުޞަތު މިއަދު އެ ކައުންސިލުން ހުޅުވާލާފައިވާއިރު، ސިއްކަ ފަރުމާ ކުރުމުގައި، ވިސްނަންވީ ކަންކަމުގެ ތަފްސީލް ވެސް ވަނީ އާންމުކޮށްފައެވެ. މިގޮތުން ހުށަހަޅާ ސިއްކައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައިނުވާ ސިއްކައަކަށްވުމާއި، ދިއްދޫއަށް ނިސްބަތްވާ ޚާއްޞަ ސިފައެއް ރަމްޒުކޮށްދޭ ސިއްކައަކަށްވުމުގެ އިތުރުން މުޖްތ...
އިބްރާހިމް ޚަލީލް
ށ. ބިލެތްފަހި ކައުންސިލްގައި ތިއްބެވި ޕްރޮގްރެއްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ނިސްބަތްވާ ކައުންސިލަރުންގެ ފަރާތުން އެ ރަށުގައި ފިނިމައިޒާނެއް ތަރައްގީކޮށްފިއެވެ. ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ބިލެތްފަހި ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދު “ތިލަދުން”އަށް ވިދާޅުވީ، ބިލެތްފަހީ ކައުންސިލްގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ ތިން މެންބަރުންގެ ފަރާތުން ތަރައްގީކުރި މި ފިނިމައިޒާނަކީ ރަށުގެ ދޮށީ އުމުރުގެ މީހުންނަށް ޚާއްޞަކޮށް ހަދާފައިވާ ތަނެއްކަމަށެވެ. އެ ފިނި މައިޒާން ހުރިހާ އުމުރުފު...
ޔުމްނާ ޢަލީ
ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން އާއްމުކޮށްފިއެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އާ ދެމެދު ކަމަށާއި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ. މި ގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެއެވެ. އަދި […]
އަޙްމަދު ވަހީދު
ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވަމުން އަންނަ “ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443” ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމް ހުށަހެޅުމުގެ ފުރުޞަތު އެ ކުލަބުން ހުޅުވާލައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ ފުރަތަމަ ދެ ދުވަހުއެވެ. މުބާރާތުގައި 20 ބައިވެރިން ވާދަކުރި ނަމަވެސް، މުބާރާތް ރާވާލެވިފައި ވަނީ، ފުރަތަމަ ބުރުން އެންމެ […]
އިބްރާހިމް ޚަލީލް
އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އިންޓަމިލާން ބައްދަލުކުރި ފޯރިގަދަ މެޗު އިންޓަމިލާން ކާމިޔާބު ކޮށްފިއެވެ. އިންޓަމިލާން މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ފުރަތަމަ ހާފް ގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ތުރުކީގެ 28 އަހަރު މިޑްފީލްޑަރ ހަކަން ކަލްހަނަގުލޫ އެވެ. މެޗުގައި ޔުވެންޓަސް ވަނީ 22 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެތެރެއިން ގޯލާ އަމާޒު ވެފައި ވަނީ 5 ހަމަލާއެކެވެ. […]
އަލީ ރިޔާޟް
ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ހުސްވި މާރިޗް މަހުގެ 13 އިން 30 އަށް ހިނގު މި ޕްރޮގްރާމް ގައި 34 މީހަކު ބައިވެރިވެ 32 މީހަކު މިރޮގްރާމް ފުރިހަމަ ކޮއްފައިވެއެވެ. މި ކަސްރަތު ޕްރޮގުރާމްގެ އެއްމެ ބޮޑަށް ބަރުދަން ލުއިކުރެވިގެން މުބާރާތުގެ އެއްވަނަ ފަރާތަކަށް ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ކަށިމާގެ ސާދ...
ޙުސައިން ޝަހުދީ
ފުރާންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއެކު ލޯރިއަންޓް މައްޗަށް ޕީއެސްޖީ ކުރި ހޯދައިފިއެވެ. އެމްބާޕޭ، ނޭމާ ކޮންމެ ކުޅުންތެރިއެއް 2 ގޯލް ޖެހި މި މެޗުގައި ޕީއެސްޖީ މޮޅުވީ 5-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީގެ އަނެއްގޯލް ޖެހީ މެސީއެވެ. ރޭގެ މެޗުގައި ޕީއެސްޖީން ޖެހި 5 ގޯލްގައިވެސް އެމްބާޕޭގެ ހިއްސާބޮޑެވެ. 2 ގޯލް ޖަހާ އަނެއް 3 ގޯލް އެސިސްޓް ހަދައިފައިވަނީ އެމްބާޕޭއެވެ. ފުރަތަމަ ގޯލް 12 ވަނަ މިނެޓުގައި ނޭމާ […]
އަލީ ރިޔާޟް