އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި އިންޓަމިލާން ބައްދަލުކުރި ފޯރިގަދަ މެޗު އިންޓަމިލާން ކާމިޔާބު ކޮށްފިއެވެ.

އިންޓަމިލާން މި މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް ފުރަތަމަ ހާފް ގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ތުރުކީގެ 28 އަހަރު މިޑްފީލްޑަރ ހަކަން ކަލްހަނަގުލޫ އެވެ.

Ad
rt

މެޗުގައި ޔުވެންޓަސް ވަނީ 22 ހަމަލާއެއް ފޮނުވާލާފައެވެ. އޭގެތެރެއިން ގޯލާ އަމާޒު ވެފައި ވަނީ 5 ހަމަލާއެކެވެ. އިންޓަގެ 5 ހަމަލާއިން ގޯލާ އަމާޒުވެފައި ވަނީ އެއްމެ ހަމަލާ އެކެވެ. ކޮންމެ ޓީމަކަށް ރެފްރީ މަސިމިލިއާނޯ ވަނީ 4 ރީދޫ ކާޑް ދައްކާފައެވެ.

މި ނަތީޖާއާއި އެކު ލީގު ތާވަލްގެ 3 ވަނަ އިންޓަ އަށް ލިބެނީ ކުޅުނު 30 މެޗުން ލިބުނު 63 ޕޮއިންޓއެކުގައެވެ. ޔުވެންޓަސް އަށް ތާވަލްގެ 4ވަނަ ލިބެނީ 31 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ.

ލީގުގައި ރޭ އެޓުލާންޓާ ބަލިކޮށް ނަޕޯލީ ވަނީ ލީގު ތާވަލްގެ 1 ވަނަ އަށް ޖެހިލާފައެވެ. އެޓުލާންޓާ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީ ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއިންނެވެ. ނަޕޯލީގެ ގޯލް ތައް ޖަހައި ދިނީ އެލްމަސް، ޕޮލިޓާނޯ އަދި އިންސޭނެ އެވެ. އެޓުލާންޓާގެ ގޯލް ޖަހައި ދިނީ ޑި ރޫން އެވެ. މެޗުން ބަލިވުމުން އެޓުލާންޓާ ވަނީ ތާވަލްގެ 7 ވަނައަށް ވެއްޓިފައެވެ.