އެސްޓީއޯއިން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

އެ ކުންފުނިން ލުނބޯ ވިއްކަނީ ކިލޯއެއް 45ރ. އަށެެވެ. އެއީ އެ ކުންފުނިން އަމިއްލައަށް ރާއްޖެ އެތެރެ ކޮށްގެން ވިއްކާ ލުނބޮއެވެ.

Ad
rt

އެސްޓީއޯއިން ބުނީ އެ ކުންފުނިން ލުނބީ ވިއްކާ ލިމިޓުކޮށް ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މީހަކަށް ކިލޯއެއް ވިއްކާއިރު އެގްރިސެންޓަރުން މީހަކަށް ތިން ކިލޯ ލިބޭނެ ކަމަަށް ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ރާއްޖެއަށް ލުނބޯ ގެނައީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ލުނބޯގެ އަގު އާދަޔާ ހިލާފަށް ބޮޑުވުމާ ގުޅިގެން ހެޔޮ އަގުގައި ރައްޔިތުންނަށް ލުނބޯ ފޯރުކޮށްދޭން ކަމަށެވެ.

ބާޒާރުގައި ލުނބޯ ކިލޯއެއްްގެ އަގު ހުރީ 120ރ-150ރ. އާ ދެމެދުގައެވެ.