ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ނޮޅިވަރަމް ޕޮލިސް ސްޓޭޝަން ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
ހުސްވި މާރިޗް މަހުގެ 13 އިން 30 އަށް ހިނގު މި ޕްރޮގްރާމް ގައި 34 މީހަކު ބައިވެރިވެ 32 މީހަކު މިރޮގްރާމް ފުރިހަމަ ކޮއްފައިވެއެވެ.
މި ކަސްރަތު ޕްރޮގުރާމްގެ އެއްމެ ބޮޑަށް ބަރުދަން ލުއިކުރެވިގެން މުބާރާތުގެ އެއްވަނަ ފަރާތަކަށް ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ކަށިމާގެ ސާދިޔާ މޫސާއެވެ. ޝާދިޔާ މޫސާގެ ބަރުދަން ވަނީ 7.2 ކިލޯ ގުރާމް ލުއިވެފައެވެ.

ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން މީގެ ކުރިން ވެސް ވަނީ އެރަށުގެ އެކި މުއައްސަސާތަކާއި ގުޅިގެން މުޖުތަމައަށް ފައިދާކުރުވަނިވި މިފަދަ ޕްރޮގްރާމްތައް ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!