ފުރާންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ފަސޭހަ ކަމާއެކު ލޯރިއަންޓް މައްޗަށް ޕީއެސްޖީ ކުރި ހޯދައިފިއެވެ.
އެމްބާޕޭ، ނޭމާ ކޮންމެ ކުޅުންތެރިއެއް 2 ގޯލް ޖެހި މި މެޗުގައި ޕީއެސްޖީ މޮޅުވީ 5-1 ގެ ނަތީޖާއިންނެވެ. ޕީއެސްޖީގެ އަނެއްގޯލް ޖެހީ މެސީއެވެ.
ރޭގެ މެޗުގައި ޕީއެސްޖީން ޖެހި 5 ގޯލްގައިވެސް އެމްބާޕޭގެ ހިއްސާބޮޑެވެ. 2 ގޯލް ޖަހާ އަނެއް 3 ގޯލް އެސިސްޓް ހަދައިފައިވަނީ އެމްބާޕޭއެވެ. ފުރަތަމަ ގޯލް 12 ވަނަ މިނެޓުގައި ނޭމާ ކާމިޔާބު ކޮށްދިންއިރު، 2 ވަނަ ގޯލް އިދުރިސޭގެ އެހީތެރިކަމާއެކު 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެމްބާޕޭއެވެ.
2-0 ގެ ނަތީޖާއިން ފުރަތަމަ ހާފް ނިއްމާލީ ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފަށައިގެން 56 ވަނަ މިނެޓުގައި ލޯރިއަންޓް ފޯވާޑް ޓެރެމް މޮފީ ގޯލެއްޖަހާ ޕީއެސްޖީ ހާސްކޮށްލިއެވެ. އެހެން ނަމަވެސް ޕީއެސްޖީގެ ތަރިންގެ ފަރާތުން ފެނިގެން ދިޔައީ މޮޅުވުމުގެ ރޫހެވެ.
މޮޅަށް ކުޅެމުން ދިޔަ ޕީއެސްޖީ ގެ 3 ވަނަ ގޯލް 67 ވަނަ މިނެޓްގައި ހަކީމީގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ އެމްބާޕޭ އެވެ. 73 ވަނަ މިނެޓުގައި ޕީއެސްޖީގެ 4 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން މެސީއެވެ. ފަހު ގޯލް ޕީއެސްޖީގެ 5 ގޯލް މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ބުރެޒިލްގެ އިތުބާރު ފޯވާޑް ނޭމާ އެވެ.
މި ނަތީޖާ އާއެކު ޕީއެސްޖީ އޮތީ ކުޅުނު 30 މެޗުން 68 ޕޮއިންޓް ހޯދައިގެން ތާވަލްގެ 1 ވަނައިގައެވެ. މިރޭގެ މެޗުން ބަލިވި ލޯރިއަންޓް އޮތީ 30 މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!