ށ. ޅައިމަގުގައި ޔޫތްސެންޓަރެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ.
އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ބޭނުންވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށެވެ.
އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޭޕްރީލް 2022 ވާ އާދީއްތަ 13:00 އެކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށްފަހު 20 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށައަަޅަން ޖެހެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށައަަޅަން ޖެހެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާ ނަމަ ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި އެޑްރެސް އެނގޭގޮތަށް ހުށަހަޅާފަރާތުގެ ސިޓީއަކާއެކު ހުށަހެޅުމަށް އެކައުންސިލުން ވަނީ އެދިފައެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
ޅައިމަގުގައި ޔޫތްސެންޓަރ ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ އެރަށުގެ ބައު އިންޖީނުގެ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނެސްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!