ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރު ގެ ދަށުން ށ. ފޭދޫ ސިއްޚީ މަރުކަޒަށް އޭސީއާއި ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ.
އެމަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި ފެނަކައިން އެމަރުކަޒަށް ހަދިޔާ ކޮށްފައިވަނީ 24000ބީ.ޓީ.އޫ ގެ 2 އޭސީ އާއި، 2 ކޮމްޕިއުޓަރ ސިސްޓަމެވެ.
އެކަމަށްޓަކައި ފެނަކާއިގެ އެމްޑީ އަޙްމަދު ސަޢީދަށާއި، ށ. ފޭދޫ ފެނަކަ ބްރާންޗުގެ އެންމެހާ މުވައްޒަފުންނަށް އެމަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެޗެ.
މީގެ އިތުރުން ފެނަކައިން ށ. އަތޮޅަށް މިފަހުން ފޯރުކޮށްދިން އެހީތެރިކަމަށް ބަލާއިރު، ށ. ނަރުދޫ ސިއްހީ މަރުކަޒަށް 65 އިންޗީގެ 1 ޓީވީ އެއް އަދި ށ. ފީވަކު ސިއްހީ މަރުކަޒަށް 18000 ބީޓީޔޫ / 24000 ބީޓީޔޫ ގެ ދެ އޭސީވެސް ވަނީ ހަދިޔާ ކޮށްފައެވެ.
ފެނަކައިން އަންނަނީ އެ ކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ ތަންތަނަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!