ކާމިޔާބު ނެޓްވޯކިން ސެޝަންތަކާއި، ގިނަ ބައްދަލުވުންތަކަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި އިންޑަސްޓްރީ ޕާޓްނަރުން ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތް ނިންމާލިއިރު 1,500 އަށްވުރެ ގިނަ މީހުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ބްރެޒިލްގެ ސައު ޕައުލޯގައި ކުރިއަށްދިޔަ މިފެއާއަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގ...
އަލީ އާދިލް
ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގެ ދަތުރުހިޔާގައިވާ ހުސްބިމުގައި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހެދުމަށް ކުއްޔަށް ދޫކުރުމަށް ވަށަފަރު ކައުންސިލުން ނިންމައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 09 މެއި 2022 ވަނަ ދުވަހުގެ 11:00 ގައި ވަށަފަރު ކައުންސިލް އިދާރާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މެއި 2022 ވަނަ […]
އިބްރާހިމް ޚަލީލް
ޑްރެޖަރުގެ ވަޒީފާތަކާއި ބަސް ޑްރައިވަރުން ތަމްރީންކުރުމަށް “ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022” ގެ ނަމުގައި ކެމްޕޭނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިފްތިތާހުކޮށްފިއެވެ. މި ފުރުސަތުގެ ދަށުން އަންނަ މަހުގެ 3 އިން 22 އަށް ރެކްރޫޓްމަންޓް އޯޕަންޑޭއެއް ބާއްވާނެއެވެ. އެ އޯޕަން ޑޭގައި ކޮންޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ޑްރެޖަރުތަކާއި ޖޫން މަހު ގެންނަ 34 ބަހަށް މުވައްޒަފުން ނަގާނެއެވެ. އެ ޕްރޮގްރާމުގެ ދަށިން ޑްރެޖަރުތަކަށް 65 މީހުން ތަމްރީން ކުރާނެއެވ...
އަޙްމަދު ވަހީދު
ފިލިޕީންސްގެ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަމުގެ ދައުވާލިބޭ ހަލީމަތު ލަމްހާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ޖަލުގައި އެހީތެރިކަމެއް ދޭނެ މީހަކު ނެތް ކަމަށް ބުނެ އޭނާ ކޯޓުގައި ޝަކުވާކޮށްފި އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ރާއްޖޭގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ތުހުމަތު ކުރަނީ ލަމްހާ އާއި މާވިން ލޯބިން ގުޅިގެން އުޅެމުން ދެ މީހުން ބައިވެރިވެގެން މޭރީ މަރާލީ ކަމަށެވެ. […]
ހުސައިން ހަބީބް
ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަގު ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ […]
އަޙްމަދު ވަހީދު
ބޭނުންވާ ތަކެތި 3/4 ދަޅު ގެރިކިރު 2 ދަޅު ނެސްލޭ ކްރީމް 1/2 ޕެކެޓް މާރީ ބިސްކޯދު 6 ފެރާރޯ ޗޮކްލެޓް 1/2 ޖޯޑު ކިރު (ބިސްކޯދު ފޯކޮށްލަން) 1 ސައިސަމްސާ ވެނީލާ އެސެންސް ތައްޔާރު ކުރާނެގޮތް ބަތްކާ ތައްޓާކަށް ކިރުތަށި އެޅުމަށްފަހު ބިސްކޯދުތައް ފޯކޮށްލާށެވެ. ބިސްކޯދު އަދި ޗޮކްލެޓް ފިޔަވާ ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. އެއަށްފަހު ޓްރޭއެއްގައި ލޭޔާއެއް ވާގޮތަށް ބިސްކޯދު އަތުރާލާފައި މައްޗަށް ގިރާފައި ބެހެއްޓި ކްރީމް ގަނޑުން ލޭޔާ ވާގޮތަށް އަޅާލާށެވެ. މިގޮތަށް 3 ލޭޔާ އަތުރާލާށެވެ. އެންމެ ފަހުން އަޅާލ...
ޝިއުނާ އާދަމް
މިފްކޯއަށް އަލަށް ގެނައި “ޖަޒީރާ ރީފާ” ބޯޓުން މަސް އެކްސްޕޯޓް ކުރަން ފަށައިފިއެވެ. އެ ބޯޓަކީ ދިގުމިނުގައި 98 މީޓަރު، ފުޅާމިނުގައި 13.6 މީޓަރު ހުންނަ ބޯޓެކެވެ. އެ ބޯޓުގައި 2500 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. މިފްކޯއިން އެ ބޯޓު ރާއްޖެ ގެނައީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައެވެ. އީޔޫ އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އެ ބޯޓު ބޭނުން ކުރަނީ މަސް އެކްސްޕޯޓް ކުރުމަށާއި […]
އަޙްމަދު ވަހީދު
ބާރަށް ގުގުރާނެކަމަށް ލަފާކޮށް، ޅ އަތޮޅުން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ޅ އަތޮޅުން އދ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 22:00 އިން ފެށިގެން ދަންވަރު 12:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހި ބާރަށް ގުގުރާނެކަމަށް ލަފާކުރެވެއެވެ. https://twitter.com/NDMAmv/status/1519360787285823489?s=20&t=b0EXh7TJK_EFRd4PYP3xqg ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެގޮތުން އީދަށް ހާއްސަކޮށް ދަ ސްޕޭސްގެ ބްރައުނީސް ފޮނުވާލެވޭނެއެވެ. މިގޮތަށް އީދު ހަދިޔާއަށް އޯޑަރު ކުރުމުން ގެއާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. ދަ ސްޕޭސް އިން 10 ބްރައުނީގެ ގިފްޓް ބޮކްސް އާއި ފަސް ބްރައުނީގެ ގިފްޓް ބޮކްސް ލިބޭނެއެވެ. މޫލީ އިން އީދު ހަދިޔާ ގަތުމުން މާލެ އާއި ހުޅުމާލެއަށް ޖެހިގެން އަންނަ ދުވަހު ޑެލިވަރީ ކޮށްދޭނެއެވެ. […]
އަޙްމަދު ވަހީދު
ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ ބޮލަކަށް 274.86 ރުފިޔާގެ މަގުން، 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފި އެވެ. މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބި 4 ޕާޓީގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. ފިނޭންސް މިނިސްޓްރީން އެމްޑީޕީއާއި، ޕީޕީއެމް އަދި އަދާލަތު ޕާޓީއަށް ފައިސާ ޖަމާކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޕީޕީއެމްއަށް […]
އަލީ އާދިލް
އދ.ފެންފުށީގައި ސަރުކާރުން ގާއިމް ކުރާ ފެނުގެނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. އެ ރަސްމިއްޔާތުގައި ފެންފުށީ ކައުންސިލް މެމްބަރުންވެސް ބައިވެރިވިއެވެ. ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ހަ މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަ...
އަޙްމަދު ވަހީދު
ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމަންޓްގެ ޕްރޮފައިލިން މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ފެށީ 23 އޭޕްރީލް 2022 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކައި 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ […]
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށީ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކޮށްފައިވާ ފެރީ ޓާރމިނަލް އިމާރާތުގައިވާ ރެސްޓޯރަންޓްބަޔާއި ޓަކްޝޮޕް ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައި އެ ފުރުޞަތު ހުޅުވާލައިފިއެވެ. މިގޮތުން އެ އިމާރާތުގައިވާ ރެސްޓޯރަންޓްބައި 15 އަހަރު ދުވަހުގެ މުއްދަތަށް އަދި ޓަކްޝޮޕް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. ރެސްޓޯރެންޓްބައި ކުއްޔަށް ހިފުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 މެ...
އިބްރާހިމް ޚަލީލް
އެއް ސަހަރެއްގައި މުސްކުޅި ދަނޑުވެރިޔަކު އުޅުނެވެ. ފައިސާ ހުސްވެ އަތްމަތި ދަތިވެގެން ދަނޑުގައި ގެންގުޅުނު ހިމާރު ވިއްކާލަން ނިންމިއެވެ. އެ އަވަށަށްވުރެ ރަނގަޅު އަގެއް ލިބޭނީ ތަންކޮޅެއް ދުރުގައި އޮންނަ ސަހަރަކަށް ގޮސްގެން ކަމަށްވާތީ އޭނާގެ ފިރިހެން ދަރިފުޅު ގޮވައިގެން ހިމާރު ވިއްކާލަންދާން ނިކުތެވެ. ގެއިން ނުކުމެގެން ދެވުނީ ހަމަ ތަންކޮޅަކަށެވެ. އަވަށުގެ ބަޔަކާ ދިމާވެގެން ބުންޏެވެ. މިތިބަ ދާ ދެބަފައިންގެ މޮޔަކަމާއެވެ. ހިމާރެއް އޮވެމެ، މެންދުރުގެ މިއޮތް ގަދަ ހޫނުގައި އެ ދަނީ ހިނގާފައެވެ. އެހެން […]
ޢަބްދުﷲ ސަޢީދު
ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ސީޕްރިއާ އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މިއީ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީއެވެ. އަދި ސީޕްރިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މ...
އަޙްމަދު ވަހީދު
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބުގައި، މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އިޢުލާން ކުރައްވައިފި އެވެ. ފެށުނީން ސުރެއް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ނަސީމް މިކަން އިޢުލާން ކުރެއްވީ މިނިސްޓަރ ފައްޔާޒް އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވިޓުގައި މިނިސްޓަރ […]
ޔުމްނާ ޢަލީ
ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްލަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 71 އިންސައްތަ ވަނީ ނިމިފައެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ އެސްފޯލްޓް ޕްލާންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. Gn. Fuvahmulah Internal Roads Construction Project is well underway, with overall 71% project progress. The […]
އަޙްމަދު ވަހީދު
ށ. ފޭދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ށ. ފޭދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” އަދި “އިންޓަރ އޮފީސް ހެންޑް ބޯލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިދެ މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 09 ވަނަ ދުވަހު އެވެ. މި މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ފޭދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙް އާލާކުރުމެވެ. ފޭދޫގައި […]
އިބްރާހިމް ޚަލީލް