ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
“އައިވީ ކިޑްސް އިވްނިން” ގެ ނަމުގައި ހިންގާ އެ ހަރަކާތް އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރުއެވެ. އެ ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.
މި ހަރަކާތުގައި ރޮބޯމޭންގެ ހަރަކާތްތަކާއި ފޭސް ޕެއިންޓިން އާއި އާޓް އެންޑް ކްރާފްޓް ފަދަ ކުޅިވަރުތަކުގެ އިތުރުންވެސް ގިނަ ކަންކަން ކުޑަކުދިންނަށް ކުރެވޭނެއެވެ.
މިއީ އެސްޓީއޯ އާއި އަސްރަފީ ބުކްޝޮޕާއި ޕީކަބޫ އާއި ސިޓީ ބޭކަރީ ގުޅިގެން ބާއްވާ ހަވީރެކެވެ.
އެސްޓީއޯއިން ވަނީ މި ހަރަކާތުގައި ބައިވެރިވާން ހުރިހާ ކުޑަކުދިންނަށް ދައުވަތު އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!