ޔުނިވާސަލްގެ ހިއްސާ އޮންނަ ފުރަނަފުށީގައި ހިންގަމުން އަންނަ ޑަބްލިއު މޯލްޑިވްސް އާއި ފެސްދޫގައި ހިންގަމުން އަންނަ ޝެރެޓަން މޯލްޑިވްސް ވިއްކާލަން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެ ދެރަށް ވިއްކާލަން އުޅޭ ކަމަށް އިއުލާންކޮށްފައެވެ. އެގޮތުން، އެ ދެރަށުގެ ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ހޯދަން ވަނީ އިއުލާނުކޮށްފައެވެ.
ޑަބްލިއު މޯލްޑިވްސް އާއި ޝެރެޓަން މޯލްޑިވްސް އަކީ ޔުނިވާސަލް ކުންފުނީގެ 50 އިންސައްތަ ހިއްސާ އޮންނަ ދެ ރިސޯޓެވެ.
އެ ދެ ރިސޯޓް ވެސް ހިންގަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިން ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލް އިންނެވެ.
އެ ދެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާ ނަމަ 9 މޭ 2022 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!