ހދ. ކުމުންދޫގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ރައްޔިތުން ސަމާލުވުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މިކަމާއި ގުޅިގެން އިއްޔެ ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގައި މީހާރަކަށް އައިސް ވައްކަން ކުރުން އާންމު ވުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އުޅޭކަމަށް އެ ކައުންސިލައް މައުލޫ ލިބެމުން އަންނަ ކަމަށާއި ވުމާއެކު ރައްޔިތުން އެކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

Ad
rt

މިގޮތުން ނަގުދު ފައިސާ ގިނަ އަދަދަކަށް ގޭގައި ބެހެއްޓުމުގެ ބަދަލުގައި ބޭންކް ގައި ރައްކާކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި މީހުން ގޭގައި ނުތިބޭ ވަގުތުތަކުގައި ދޮރުތައް ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަޤީން ކުރުމަށް އެދިފައިވެއެވެ.

ވައްކަމާއި މަސްތުވާތަކެއްޗާއި ގުޅުންހުރި ހާދިސާއެއް ހިނގައިފި ނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރެއްވުމަށާއި، ވިޔަފާރި ކުރައްވާ ފަރާތްތަކުން ސީސީޓީވީ ކެމެރާ ހަރުކުރުމާއި މުދަލައް ރައްކާތެރިވުމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް ވެސް އެކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ހުށަހެޅޭ މިފަދަ މައްސަލަތައް ދިވެހި ޚިދުމަތުގެ ސަމާލުކަމަށް ގެނެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމުގައި ކުމުންދޫ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.