ބ. ކެންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިހާރު ކުރަމުންދަނީ ފެނާއި ނަރުދަމާގެ ނިޒާމުގައި ހިމެނޭ މައި ނެޓްވޯކު ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތަށް ބޭނުންވާ ހޮޅި އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓުވޯކު ގާއިމު ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކުރަާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބެހެއްޓުމާއި ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދޭނެއެޗެ.

ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން 4.88 މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓުވޯކު ގާއިމު ކުރުމާއި 556 މީތަރުގެ ޕަންޕިން ލައިން އެޅުމާއި، ދެ ޕަންޕިން ސްޓޭޝަނާއި އެއް ސީއައުޓް ފޯލް ގާއިމު ކުރާނެއެވެ. އަދި ގޭގޭގައި ޖަންގްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައި ދޭނެއެވެ.

މޫގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 56.24 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.