ހއ. އިހަވަންދޫ ފެރީ ޓަރމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި ފެރީ ޓަރމިނަލަކީ އިންޓަރގްރޭޓޭޑް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓްގެ ދަށުން ޒޯން 1 އަށް ޚިދުމަތް ދިނުމަށް އިމާރާތްކުރެވިފައިވާ ޓަރމިނަލްއެކެވެ.
މި ޓަރމިނަލުން ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް ރޫމަކާއި، ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނާ ވަނީ ގާއިމްކޮށްފައެވެ.
އިންޓަގްރޭޓެޑް ފެރީ ނެޓްވޯކް ގެ ދަތުރުތައް ޒޯން 1 އަށް ފަށާފައިވަނީ މި މަހުން ފެށިގެންނެވެ.
ހއ.އިހަވަންދޫ ފެރީ ޓަރމިނަލްގެ މަސައްކަތް ނިމިއްޖެއެވެ. އަލަށް ނިމިފައިވާ މި ޓަރމިނަލްގައި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށްޓަކައި ކޮމާޝަލް އޭރިއާއަކާއި، ޕޭރެންޓް އަދި ލަގެޖް ރޫމަކާއި، ޓަކް ޝޯޕެއްގެ އިތުރުން ދެ ޖިންސުގެ ބޭފޫޅުންނަށް ވަކިން ފާހަނަ ހުންނާނެއެވެ. pic.twitter.com/Sv4JW7rUEV
— MTCC Plc (@MTCCPlc) May 15, 2022
އެގޮތުން ހދ. އަތޮޅަކީ އެ މަޝްރަުއުގެ ދަށުން ދަތުރުތައް ފެށި ފުރަތަމަ އަތޮޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!