ހއ. ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމަށާއި، އެރަށު އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް އެވެ.
މި މަޝްރޫޢުގެ ދަށުން މެދު ދިޔައިން ފެށިގެން 3 މީޓަރު ހަމަވާ ވަރަށް އެރަށު ބަނދަރުގެ 4,455.00 ކިއުބިކް މީޓަރު ފުން ކުރާނެއެވެ. އަދި މެދު ދިޔައިން ފެށިގެން 3.5- މީޓަރ ހަމަވާ ވަރަށް ބަނދަރަށް ވަންނަ ނެރުގެ 2,230.00 ކިއުބިކް މީޓަރ ފުން ކުރުނާއެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އިތުރު މަސައްކަތްތައް:
- 126 މީޓަރ ގްރެއިން ޖެހުން
- 252 މީޓަރ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
- 160 މީޓަރ ރިވެޓްމެންޓް ޖެހުން
- 02 ނެވިގޭޝަން ލައިޓް ހަރުކުރުން
- 07 މޫރިންގ ބޮއި ހަރުކުރުން
- 10 މަގު ބައްތި ހަރުކުރުން
- 883.38 އަކަ މީޓަރު ޕޭވްމަންޓް ހެދުން
މި މަޝްރޫޢުގެ އަގަކީ 22،395،756.74 ރުފިޔާ އެވެ. އަދި މި މަސައްކަތް ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!