ހައި ސްޕީޑް ފެރީ ނެޓްވޯކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ބޮޑުތިލަދުންމަތީގެ 06 ރަށެއްގައި ގާއިމް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއުގެ ދަށުން ޕްލެޓްފޯމް ގާއިމް ކުރާނީ، ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހއ. ދިއްދޫ އާއި ހއ. ހޯރަފުށި އަދި ހއ. ކެލާގައެވެ.
ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަސައްކަތް ހަވާލު ކޮށްފައުވަނީ 5 މިލިއަން ރުފިޔާއަށެވެ.
މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދަށުން ޒޯން އެކެއްގައި ފެރީގެ ޚިދުމަތް ދޭން އެމް.ޓީ.ސީ.ސީން ފަށާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!