ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ރާއްޖޭގައި މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންއަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި ދައުލަތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު މާވިންއާ ލޯބީގެ ގޮތުން ގުޅުން އޮތް ކަމަށް ތުހުމަތުވާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް އެކަމުގައި ބައިވެރިވުމުގެ ދައުވާ ކުރެ އެވެ. […]
ހުސައިން ހަބީބް
ށ އަތޮޅު މަދަރުސާގައި ރީޑިންގ ޕާކެއް ޤާއިމު ކުރުމުގެ މަސައްކަތުގައި ށ. އަތޮޅު ކައުންސިލުން ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ށ. އަތޮޅު ކައުންސިލުން ސޮއިކުރައްވާފައި ވަނީ އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް އެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ށ އަތޮޅުގެ ތަރައްޤީގެ މައި ނާރެހަކީ އަތޮޅުގެ ތަޢުލީމީ ޖީލު ކަމަށާއި އެހެންކަމުން މި ޖީލު ބިނާ ކުރުމުގެ މަސައްކަތުގައި މުޅި ށ. އަތޮޅު ގުޅިގެން ކުރިއަށް ދިޔުމުގެ ދަތުރު […]
ސަނިއްޔާ އަބޫބަކުރު
ކޮމަންވެލްތާ ގުޅުމުން ގެބޮން އަދި ޓޯގޯއަށް ރާއްޖޭން މަރުޙަބާ ކިޔައިފިއެވެ. ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ މި ދެ ގައުމަށް ރާއްޖޭން މަރުޙަބާ ދަންނަވާފައި ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. ގެބޮން އާއި ޓޯގޯއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހަ...
ސަނިއްޔާ އަބޫބަކުރު
ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔޯގާ ހެދުމަކީ އިސްލާމީ ޝަރީއަތާ ޚިލާފުކަމެއް ކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް އެދި މިމަހުގެ 15ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައިވާ ފަތުވާއަކީ އިޖުރާއަތްތަކާ ޚިލާފަށް ނެރެފައިވާ ފަތުވާއެއް ކަމަށެވެ. އަދި އެ ސިޓީ އަކީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގަ...
ސަނިއްޔާ އަބޫބަކުރު
އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ބިނާކުރާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ޢާއްމުކޮށް އިއުލާނު ކޮށްފިއެވެ. މިކަމަށްޓަކައި މިނިސްޓްރީއޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރި އިއުލާނެއްގައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދުމުގެ މަތިން އަށް ރަށެގައި އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާ...
ސަނިއްޔާ އަބޫބަކުރު
ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ ޔޯގާ ޑޭ މި އަހަރު ފާހަގަނުކުރަން ސަރުކާރުގެ އަދި ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ. މި އަހަރުގެ ޔޯގާ ޑޭ ގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށް މިސްރުގެ ފަތުވާދޭ މަޖިލީހުން ބުނެފައިވާތީ ރާއްޖޭގައި އެ ހަރަކާތް ބެއްވުނަ ނުދީ ހުއްޓުވުމަށް މި މަހު 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ހުށަހަޅަފައި […]
ޝިއުނާ އާދަމް
ލިވާތު ކުރާ މީހުން ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުއާކޮށްދޭން ދިވެހި ހައްޖުވެރިންގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެއްވުމަށް އަރަފާތު ބިމުގައި ދުޢާކޮށް ދިނުމަށް ޑރ. ޝަހީމް އެދިވަޑައިގެންފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ. ރާއްޖެއިން ހައްޖަށްދާ ޙައްޖުވެރިންގެ ފުރަތަމަ ޖަމާއަތް ރޭ...
ސަނިއްޔާ އަބޫބަކުރު
ޑިމާންޑު އިތުރުވެ ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުއްޓަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ނިންމައިފިއެވެ. ގައުމީ އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ މާދަމާއަށް އިތުރު ފްލަައިޓުތަކެއް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ. އެގޮތުން، މާލެއިން ކުޅުދުފުއްޓަށް، ކުޅުދުފުށިން ހޯރަފުއްޓަށް އަދި ހޯރަފުށިން މާލެއަށް ދަތުރުތައް އޮންނާނެ ކަމަށަ އެ އެއާލައިނުން ބުންޏެވެ. މީގެ އިތުރުން އިއްޔެއިން ފެށިގެން ޖުލައި 16 ގެ ނިޔަލަށް ޑިމާންޑަށް ބަލައި ްިތުރު ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މޯލްޑިވި...
އަޙްމަދު ވަހީދު
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ. މި އަހަރު ރާއްޖެއިން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް އެކަންޏެވެ. ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހު އަދި ޖުލައި ދެވަނަ ދުވަހު ރެ އެވެ. އެގޮތުން ރޭ ފުރީ މި އަހަރު ހައްޖަށް ދާ 453 ހައްޖުވެރިންގެ ތެރެއިން 157 މީހުންނެވެ. ރޭ 11:15ގައި ރާއްޖެއިން ސައުދީ އެއަރލައިންގައި ފުރި ހައްޖުވެރިންނަށް […]
ޝިއުނާ އާދަމް
ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ފަދަ ހަޑި އަމަލެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ދޮގުކުރައްވައިފިއެވެ. އޭނާ މިހެން ވިދާޅުވީ މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ ވީޑިއޯތަކުގެ ތެރޭގައި މެމްބަރު ސަލީމްގެ ވީޑިއޯއެއް އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުން އަންނާތީވެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް...
ޝިއުނާ އާދަމް
މިދިޔަ އަންގާރަ ދުވަހު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް ދިން ހަމަލާ އަކީ އާންމު ދިރިއުޅުމަށް ބުރޫ އަރާ ފަދަ އަމަލެއް ކަމަށާއި އެކަންކަމުން ގައުމު ސަލާމަތުގެ އައްސޭރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ކޮންމެ ދިވެއްސަކަށް ވެސް ހަރާމުގެ މަގަށް އެނބުރެވެން އެބަ […...
ޝިއުނާ އާދަމް
ފެނަކަ ކޯޕަރޭޝަން އިން ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލަށް ފަސް ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާ ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ މިއީ އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ފޯރުކޮށް ދެވުނު އެހީތެރިކަމެއް ކަމަށެެވެ. ފެނަކައިން ހިލޭ އެހީގެ ގޮތުގައި ފަސް ކޮމްޕިއުޓަރ ޖަލާލުއްދީން ސްކޫލަށް ހަދިޔާ ކުރެއްވުމާއި ގުޅިގެން، އެ ސުކޫލްގެ ސީނިޔަރ މެނޭޖްމެންޓާއި މުވައްޒަފުން އަދި ބެލެނިވެރިންނާއި ދަރިވަރުންގެ ނަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖްމަންޓަށް އެ ސްކޫލުން ވަނީ ޝުކުރު އަދާ...
ސަނިއްޔާ އަބޫބަކުރު
ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމަށް އެމަނިކުފާނު އެދިވަޑައގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ. ނަޝީދު މި ސިޓީ ފޮނުއްވާފައި މިވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބަރަހަނާ ފޮޓޯޯތަކަކާއި، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކުން ފެންނަ މީހުންނަކީ ބައެއް މަޖިލިސް މެމްބަރުންތަކެއް ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ. އެގޮތުން އޭގެ ތެރެއ...
ޝިއުނާ އާދަމް
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް ދެ އޮފިޝަލަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހއ. ފިއްލަދޫ ކައުންސިލުގެ އިއްތިފާގުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، އެކަލޭގެފާނަށް ހުތުރުވާ ގޮތަށް ބައިނަލް އަޤްވާމީ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބީޖޭޕީގެ އިސް އޮފިޝަލުން ދެއްކި ވާހަކަ އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން […]
ސަނިއްޔާ އަބޫބަކުރު
މާލޭ ރައްޔިތުންނަށް 40 އަހަރަށް ފަހު ހިލޭ ގޯތި ދޫކުރަން އިޢުލާނު ކޮށްފިއެވެ. މާލޭ ރައްޔިތުންނަށް އަލަށް ދޫކުރަން ނިންމާފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. “ގެދޮރުވެރިޔާ” ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކާ ހިންގާ “ބިންވެރިޔާ ސްކީމް”ގެ ދަށުން މާލޭ ސަރަޙައްދުން ގޯތިދޫކުރަމަށް ކަނޑައަޅާފައިވާ އުޞޫލު މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އ...
ސަނިއްޔާ އަބޫބަކުރު
ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަނަކީ ރާއްޖޭގައި މެރިޓައިމް ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ޕެނަލް ޑިސްކަޝަންގައި މެރިޓައިމް ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދު الله ސައީދު އާއި ކެޕްޓަން މުހައްމަދު ނާޒިމް އާއި ކެޕްޓަން މުޙައްމަދު ޒައިދުއާއި ކެޕްޓަން އާދިލް ރަޝީދު ބައިވެރިވެލެއްވިއެވެ. މި ޕެނަލް […]
އަޙްމަދު ވަހީދު
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، – މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، – ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40، މީގެ ތެރެއިން އަހަނދުއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރިކޯޑާއި، ރާއްޖޭގައި ތިބި ދިވެހިން ހަނގުރާމައަށް ސީރިއާ އަށް ރެކްރޫޓްކުރާ ކަމަށް ތުހުމަތުވާ މީހެކެވެ. މި […]
ޝިއުނާ އާދަމް
ކުރީގެ ރައީސް، ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ މައްސަލަތައް ބަލަވާ، ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަލްއުސްތާޛު އަޙްމަދު ޝަކީލްއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ 04 ވަނަ ދުވަހު ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނީ މިއަދު ބޭއްވި 44 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ގާޒީ ޝަކީލުގެ މައްޗަށް ސުލޫކީ […]
އަލީ އާދިލް