ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަ ކުރުމަށް މާފަންނުގައި އިތުރު ޓްރާންސްފޯމަރެއް ބަހައްޓައިފިއެވެ. ސްޓެލްކޯއިން މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓާފައިވަނީ 2 އެމްވީއޭގެ ޓްރާންސްފޯމަރެކެވެ. ސްޓެލްކޯއިން ބުނީ މިއީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅުފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބެހެއްޓި ޓްރާންސްފޯމަރެއް ކަމަށެވެ. ގްރޭޓަ މާލެ ސަރަޙައްދުގައި ކަރަންޓު...
އަޙްމަދު ވަހީދު
ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދިނުމަށް ތުރާކުނު ކައުންސިލުން ގޮވާލައިފިއެވެ. މިކަމާ ގުޅިގެން ތުރާކުނު ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ވާހަކަ ތަކަކީ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ފަތުރާ ދޮގު އިލްޒާމުތަކެއް ކަމަށް ދެކޭ ކަމަށެވެ. އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ އަމަލެއް ކޮށްފައިވާކަމަށ...
ސަނިއްޔާ އަބޫބަކުރު
ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ހައިކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ އެ ކޯޓުގެ ދެކުނު ގޮފި އުވާލަން ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށައެޅުއްވީ، އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި ބިލުންނެވެ. އިއްޔެގެ ޖަލްސާގައި 36 މެމްބަރުން ވޯޓު ދީފައި ވެއެވެ. ޖުޑީޝަރީ ކޮމިޓީން ވަނީ ބިލު ދިރާސާކޮށް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ […]
އަލީ އާދިލް
ށ.އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަތޮޅު ކައުންސިލުން ކޮމްޕިއުޓަރު ހަދިޔާ ކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މި ކޮމްޕިއުޓަރ ސިސްޓަމް ތަކަކީ ށ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ށ.އަތޮޅު ކައުންސިލުން ރާވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައި ސްޕޮންސަރުންގެ ފަރާތުން ލިބިފައިވާ ކޮމްޕިއުޓަރ ސިސްޓަމް ތަކެއް...
ސަނިއްޔާ އަބޫބަކުރު
އދ. ހަންޏާމީދޫ ބަނދަރުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 86 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން އެއްގަމު ތޮށިލުމާއި، ބަނދަރުގެ ޕޭވްމެންޓްގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށް ވެސް އެ ކުމްފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ މަގުބައްތި ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަ...
އަޙްމަދު ވަހީދު
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ދަނޑުވެރިކަމާބެހޭ ވުޒާރާ ގުޅިގެން ގަސް އިންދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ގަސް ދޫކުރަން ނިންމައި، ގަސްއިންދުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަސް އިންދުމުގެ ޕްރޮގުރާމުގެ ދަށުން ގަސް ބޭނުންވާ ފަރާތް ތަކުން އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދޭ ކަމަށެވެ. އެގޮތ...
ސަނިއްޔާ އަބޫބަކުރު
އިޙްރާމް ހެދުން ލުމުގެކުރިން ނިޔަފަތި ކަނޑައި، މަތިމަސް ކުރުކުރުމާއި، ކިހިލިފަތްދަށުގައިވާ އިސްތަށި އުފުރައި، ކުރިމަތި ފަރާތުގައިވާ އިސްތަށި ބާލައި، ހިނައިގަނެ، ގައިގައި މީރުވަސްދުވާ އެއްޗެއް ބޭނުންކުރުން މުސްތަޙައްބު ވެގެންވެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ފުޅެއްގައި ވެއެވެ. عَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا قَالَتْ: “كُنْتُ أُطَيِّبُ رَسُولَ اَللَّهِ - صلى الله عليه وسلم -لِإِحْرَامِهِ قَبْلَ أَنْ يُحْرِمَ, وَلِحِلِّهِ قَبْلَ أَن...
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީނަށް ކުރާ ދައުވާތަކުގެ ހެކިބަސް ނަގަން މިއަދު ހެނދުނަށް ތާވަލްކުރި އަޑުއެހުން ކެންސަލްކުރީ ޔާމީންގެ ވަކީލުން ހައި ކޯޓުގައި އެހެން މައްސަލައެއް މިއަދު އޮތުމުންނެވެ. އެ މައްސަލާގެ އެންމެ ފަހުގެ އަޑުއެހުން ކެންސަލްކުރީ ޔާމީނާ އެކު ދައުވާލިބޭ ޔޫސުފް ނައީމްގެ ވަކީލް ބަލިވުމުންނެވެ. މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް […]
ހުސައިން ހަބީބް
ލީކުވަމުންދާ ފޮޓޯތަކާ ވީޑިޔޯތަކުން ފެންނަ އެންމެން މަގާމުތަކުން އިސްތިއުފާ ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން ގޮވާލައިފިއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް، އެމްއާރުއެމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބަދުއަހްލާގީ އަމަލުތައް ފެންނަ ފޮޓޯ އަދި ވީޑިއޯތައް ލީކުވި މައްސަލައިގައި އެފަދަ ފޮޓޯތަކާއި ވީޑިއޯތަކާއި ފެންނަ މީހުންގެ ތެރެއިން ދައުލަތުގެ އެކިއެކި މަގާމުތައް އަދާކުރާ މީހުން އެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. އެފަދަ އަމަލުތައް ހިންގާ މީހުނ...
ސަނިއްޔާ އަބޫބަކުރު
ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަ ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ. ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިން ހަތް މުވައްޒަފަކު ވަނީ ފުރިހަމަ ކޮށްފައެވެ. މިއީ ސިވެކްއާއި ގުޅިގެން އެމްއެންޑީއެފްގެ ގިރިފުށީގައި ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ. މިކުންފުނީގެ ސެކިއުރިޓީ އޮފިސަރުންގ...
އަޙްމަދު ވަހީދު
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ ހުނަވަރު ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެވެ. މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. މި ރަސްމިއްޔާތުގައި 52 ފަރާތަކަށް ވަނީ ޕްރޮގްރާމް ނިންމި ކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެމްޓީސީސީން 2018 ވަނަ އަހަރު ތައާރަފު ކުރި ހުނަވަރު ޕްރޮގްރާމުގެ ދަށުން އެކި ދާއިރ...
އަޙްމަދު ވަހީދު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ ޝޯރޫމް އެއް ހުޅުވައިފިއެވެ. މިރޭ ބޭއްވި ރަސްްމިއްޔާތެއްގައި މި ޝޯރޫމް ހުޅުއްވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ސިންގަޕޫރު މަކިޓާގެ ޖެނެރަލް މެނޭޖަރު އިކެޑާ ސަންއެވެ. އެސްޓީއޯ އިން މަކިޓާގެ އުފެއްދުންތަކަށް ހާއްސަ މޖ ޝޯރޫމް ހުޅުވީ ބޮޑުތަކުރުފާނު މަގު ސީޓްރެކްސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. މި ޝޯރޫމުން މަކިޓާގެ އުފެއްދުންތަކުގެ އިތުރުން ސްޕެއާ ޕާޓުތަކާއި އާފްޓަ ސޭލްސް ސާވިސް...
އަޙްމަދު ވަހީދު
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ: މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) 39، – މ. ލެގޫން، ވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) 30، – ދަފްތަރު، އަހްމަދު މުއާޒް (ގަޓު މުއާ) 40، މި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނެރުނީ މިއަދުއެވެ. މީގެ ތެރެއިން އަހަނދުއަކީ މަސްތުވާތަކެތީގެ […]
ޝިއުނާ އާދަމް
މިދިޔަ ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯތަކުގައި ފެންނަ ކަންކަމުގެ މައްސަލަ މިދިޔަ މާޗު މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭރުން ފެށިގެން ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުކުރާ ބައެއްގެ ބަރަހަނާ ފޮޓޯ އާއި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާއިރު، މި ފޮޓޯ އަދި ވީޑިއޯތަކަކީ ބަޔަކު ރާވައިގެން ނަގާ އެއްޗެއް ކަމަށާއި އެ ބޭނުންކޮށްގެން […]
ޝިއުނާ އާދަމް
މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައި ވަނީ ކާނަލް މުހައްމަދު ނަޝީދުގެ ފޮޓޯއެއް ކަމަށް އޭނާ އެއްބަސްވެވަޑައިގެންފިއެވެ. މީގެ ދެ ދުވަސް ކުރިން ފެށިގެން ސޯޝަލް މީޑިއާގައި އެކި ސިޔާސީ ފަރާތްތައް ކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުވަމުން އަންނަ އިރު އެންމެ ފުރަތަމަ ލީކުވީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއްގެ ވީޑިއޯއެކެވެ. މިއަދު ކާނަލް ނާޒިމްގެ ފޮޓޯއެއް އާންމުވެފައިވާއިރު އެ ފޮޓޯއިން ފެންނަނީ ކާނަލް ނާޒިމް ކޮޓަރިއަކަށް ވަންނަ ތަނެވެ. […]
ޝިއުނާ އާދަމް
ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީޑިއާތަކަށް އަންގައިފިއެވެ. މީީޑިއާ ތަކަށް މިކަން އަންގާފައިވަނީ މިއަދު އެކައުންސިލުން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވާ ކަމަށާއި، އެ މިނިވަންކަމުގެހައްގަކީ ވަކި ޒިންމާތަކ...
އަލީ އާދިލް
ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) އާއި ގުޅުވައިގެން ކޮށްފައިވާ ތުހުމަތު ތަކުގެ ޙަޤީޤަތް ހާމަ ކޮށްދީ، ދޮގު މައުލޫމާތު ފަތުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ގޮވާލައިފިއެވެ. މިކަމާ ގުޅިގެން ހޯރަފުށީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުޅޭގޮތުން ފަތުރަމުންދާ ދޮގު އިލްޒާމުތައް ކުށްވެރި ކުރާކަމަށެވެ. އަދި މެމްބަރު ސަލީމަށް ރައްދުވާ ގޮތަށް އިސްލާމް ދީނުގައި ހައްދ...
ސަނިއްޔާ އަބޫބަކުރު
ސިޔާސީ ބޭނުންތަކަށްޓަކާ ދަރިންނާ ބެހުން ހުއްޓާލަން ޖެހޭ ކަމަށް ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ސިޔާސީ އެކި ބޭފުޅުންކަމަށް ތުހުމަތުވާ ބައެއްގެ ބަރަހަނާ ފޮޓޯތަކާއި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވަމުން އަންނަ އިރު ބައެއް މީހުން އަންނަނީ އެ ވީޑިއޯތަކުން މާރިޔާގެ ފިރިހެން ދަރިފުޅު ފެންނަ ކަމަށް ބުނަމުންނެވެ. އޭގެ ތެރެއިން އެއް ވީޑިއޯގައި ބިދޭސީ އަކު ފެންނަ އިރު، އެ ބިދޭސީ މީހާ އަކީ ގިނަ ބަޔަކާ އެކު […]
ޝިއުނާ އާދަމް