ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމަށް އެމަނިކުފާނު އެދިވަޑައގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައެވެ.
ނަޝީދު މި ސިޓީ ފޮނުއްވާފައި މިވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބަރަހަނާ ފޮޓޯޯތަކަކާއި، އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކަކުން ފެންނަ މީހުންނަކީ ބައެއް މަޖިލިސް މެމްބަރުންތަކެއް ކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށެވެ.
އެގޮތުން އޭގެ ތެރެއިން ބައެއް ފޮޓޯ ވީޑިއޯތަކުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެެއިން) ހުރިކަމަށް ތުހުމަތުކުރެއެވެ. އެކަމަކު އެ ދެ މެމްބަރުން ވެސް އެކަމަށް އިންކާރުކުރެއެވެ.
ނަޝީދުގެ ސިޓީގައި ވިދާޅުވީ އެއްވެސް މައްސަލައެއްގައި މަޖިލީހުގެ އެއްވެސް މެމްބަރަކު ފުލުހަށް ހާޒިރު ކުރާނަމަ އެމަނިކުފާނަށް އެންގުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!