ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.

ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަނަކީ ރާއްޖޭގައި މެރިޓައިމް ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ބޭއްވި ހަރަކާތެކެވެ.

Ad
rt

މި ޕެނަލް ޑިސްކަޝަންގައި މެރިޓައިމް ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދު الله ސައީދު އާއި ކެޕްޓަން މުހައްމަދު ނާޒިމް އާއި ކެޕްޓަން މުޙައްމަދު ޒައިދުއާއި ކެޕްޓަން އާދިލް ރަޝީދު ބައިވެރިވެލެއްވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި އަހުމަދިއްޔާ ހައި ސްކޫލުގެ ދަރިވަރުންނާއި ވިލާ ހައި ސްކޫލާއި ސީއެޗްއެސްސީގެ ދަރިވަރުން ބައިވެރިވިއެވެ.

ޕެނަލްގައި ހިމެނިވަޑައިގެންނެވި ހަތަރު ބޭފުޅުން ވަނީ އެ ބޭފުޅުންގެ މެރިޓައިމް ދާއިރާގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ.

މީގެ އިތުރުން މި ދާއިރާގައި އަންހެނުންގެ ދައުރާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާތައް ކޮށްފައެވެ.