ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަންކުރަން ކުރީގެ ހޯމް މިނިސްޓަރު އަހްމަދު ތަސްމީނަށް ރުހުންދޭން ފާސްކޮށްފި އެވެ.
ޑީއާރްޕީގެ ކުރީގެ ލީޑަރުކަންވެސް ކުރައްވާފައިވާ ތަސްމީން އެ މަގާމަށް އައްޔަންކުރަން މަޖިލީހުން މިއަދު ރުހުންދީފަވަނީ، ވޯޓުގައި ބައިވެރިވި 58 މެމްބަރުން ވޯޓުން ނެވެ.
މިހާރު ސިންގަޕޫރު ސަފީރަކަށް ހުންނަވަނީ ފޮރިން މިނިސްޓްރީގެ ކުރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހިމް ޝަހީބް އެވެ. އެމަގާމަށް ތަސްލީމް އައްޔަން ކުރުމަށްފަހު، ޝަހީބު ހަމަޖައްސަން ނިންމާފައި ވަނީ ރާއްޖޭން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށެވެ.
ކެންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް މީގެ ކުރިން ކުރެއްވި ތަސްމީން ޑީއާރުޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، މަސައްކަތް ކުރައްވާފައިވަނީ އެމްޑީޕީއާއިއެކު އެވެ. އެއީ 2013ގެ ރިޔާސީ އިންތިހާބުގަ އެވެ.
ތަސްމީން އަކީ މިހާރު އެމްޑީޕީގެ މެމްބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!