އެމެރިކާގެ އަވަށެއްގައި ތޫފާނީ ބޮޑު ކޮޅިގަނޑެއް އުފެދިއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު އެ ކޮޅިގަނޑު އުފެދުނީ އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓުގައި ހުންނަ ލަންސްފޯޑު އަވަށުގެ މަތީގަ އެވެ. އެ ހާދިސާ ހިނގީ އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަރަށް ގަދަޔަށް ގުގުރާ ވިދާނެ ކަމުގެ އިންޒާރުދީފައިވަނިކޮށެވެ. ކެނެޑާގެ ފޮޓޯގްރާފަރެއް ނަގާފައިވާ ވީޑިއޯ މަންޒަރުން ފެންނަގޮތުގައި، ލަންސްފޯޑުގެ ގެތައް މަތިން ފެންނަ އެ ކޮޅިގަނޑަކީ ބިރުވެރި އަދި ބޮޑު ކޮޅިގަނޑެކެވެ. އިނގިރޭސި ބަހުން އޭގެ […]
މުޙައްމަދު ވަސީމް
ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފި އެވެ. މިއަދު އެޕާޓީން ނެރުނު މި ކައރުދާހުގައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެވޭ ޔޯގާ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައިވެސް ދައުލަތުގެ ފެންވަރުގައި ރަސްމީކޮށް އެދުވަސް ފާހަގަ ކުރަމުންދާތީ ރައްޔިތުންނާއި ދީނީ ޢިލްމުވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ...
އަލީ އާދިލް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ބަންދުކޮށްފައިވާ ޓިކްޓޮކް އަދި ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ޝަރުތުތަކާ އެކު މިއަދު ބަންދުން ދޫކޮށްލައިފި އެވެ. މއ. އުދުހޭކޮކާ ގެއިން 300 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ހުނޫ އާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށް، އެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން ހުނޫ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން ނިންމީ ބަންދު މުރާޖާ އަޑުއެހުމުގަ އެވެ. ހުނޫ ދޫކޮށްލަން […]
ހުސައިން ހަބީބް
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެގޮތުން ބޭރުތޮށިލުމުގެ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ...
އަޙްމަދު ވަހީދު
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީގެ) ގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ދެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ. މިއަދަށް ވަގުތު ހަމަވިއިރު މަގާމަށް ކުރިމަތިލާފައިވަނީ ދެ ބޭފުޅުން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. ޗެއަރޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވީ، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބްރޭ) އެވެ. އަދި ޗެއަރޕާސަންގެ ނައިބު މާލީގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އ...
އަލީ އާދިލް
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ޑްރެޖަރު އެ ރަށަށް ގެންގޮސްފިއެވެ. މި މަޝްރޫއުގެ ދަށުން ގެންގޮސްފައިވަނީ ކަޓަ ސަކްޝަން ޑްރެޖަރު- ޖައްރާފާ 4އެވެ. މި ޑްރެޖަރު އެ ރަށަށް ގެންގޮސްފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން...
އަޙްމަދު ވަހީދު
ށ. ނަރުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ނަރުދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022” ގެ ދެވަނަ ދުވަހުގެ މެޗުތައް އަމިގޯސްއާއި ފިއުރިއަސް ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު ލެއިޓް ވުލްފާއި އަމިގޯސް ބައްދަލުކުރި މެޗު އަމިގޯސްއިން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މުހައްމަދު ނާއިޒް، އަލީ ރަމްޒީގެ އިތުރުން އަބްދުލް މުހައިމިން މޫސާއެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި […]
އިބްރާހިމް ޚަލީލް
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅަަމުންދާ ޕިކްނިލް އައިލެންޑް ހުޅުވުން ފަސްކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ވަނީ މިކަން ”ތިލަދުން” އަށް ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ހުޅުވުން ފަސް ކުރީ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން ކަމަށެވެ. ލަސްކުރިކަމަށް ބުނި ނަމަވެސް އެތަން ހުޅުވާނެ ތާރީހެއް ނުބުނެއެވެ. ކުރިން ތާވަލު ކޮށްފައި އޮތްގޮތުން އެ ރަށުގެ މަސައްކަތް ނިންމައި މާދަމާ ހުޅުވާނެއެވެ. މިނިވަން ދުވަހަށް ކުޑަގިރި ހުޅުވަން ތާވަލު ކުރުމުން އެ ތަނުގެ މަސައްކަތް ކުރަމުންދާ […]
އަޙްމަދު ވަހީދު
ޔޯގާ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޔޯގާއާ ދެކޮޅަށް މިދިޔަ މަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ފަޒްލޫނާއި ޝޭހް އާދަމް ނިޝާންގެ ތެރެއިން ފަޒްލޫން މިދިޔަ ހަފުތާގައި ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުގެ އަމުރަކަށެވެ. އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް އަދި ނުނިންމަ އެވެ. ފަޒްލޫން ބަންދުކުރި […]
ހުސައިން ހަބީބް
ކުޅުދުއްފުށީ ސިޓީގައި މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ، ދެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްތަކަކީ، ޖާނީ އެން.ޖީ.އޯ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމްތަކެކެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ “ރައިޒް ޕްރޮގްރާމް 2022 – މަސްތުވާތަކެއްޗާއި ގުޅޭ ޕްރިވެންޝަން ޕްރޮގްރާމްގެ ދެ ތަމްރީން ޕްރޮގްރާމެއް އެ ސ...
ސަނިއްޔާ އަބޫބަކުރު
ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބޭއްވި “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ޗެމްޕިއަންކަން ހަރިކޭންއިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހަރިކޭންއާއި ޔެޓީއެވެ. ފައިނަލް މެޗު ހަރިކޭންއިން ކާމިޔާބު ކޮށްފައި ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހަރިކޭންގެ ޖޯޒީ ނަމްބަރު 99، އިބްރާހީމް އަޝްފާޤެވެ. […]
އިބްރާހިމް ޚަލީލް
ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހަ އިން ރަޖިސްޓްރީވެވޭ ގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން “ޑޯ ސްޓެޕް ޕްލަސް” ތައާރަފުކޮށްފިއެވެ ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގޭބިސީތައް ރަޖިސްޓްރީކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީ ވެ...
އަޙްމަދު ވަހީދު
ދިވެހިންގެ ބޭންކް، ބީއެމްއެލްއަކީ ކޮންމެ ކުއާޓަރެއްގައި މިލިއަނުން އަދި އަހަރެއްގައި ބިލިއަނުން ފައިދާ ހޯދާ ބޭންކެކެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވުމުގެ ފައިދާވެސް އެއީއެވެ. ނަމަވެސް އެ ބޭންކުގެ ފައިދާއާ އެއްވަރުގެ ހިދުމަތެއް “އަހަރެންގެ ބޭންކަށް“ ނުދެވޭ ކަމަށް އަހަރެންނަށް ގަބޫލުކުރެއެވެ. ކޯވިޑާ ގުޅިގެން ބޭރު ގައުމުތަކުގައި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ވަނީ ވަރަށް ބޮޑަށް ލިމިޓު ކޮށްފައެވެ. އެގޮތުން، 2020 އަހަރު ޑޮލަރު މަދު ކަމަށްބުނެ އެ ލިމިޓް މަހަކު...
އަޙްމަދު ވަހީދު
ލިވާތު މައްސަލަތައް ނުބަލާ ނަމަ، ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގދ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެ އެވެ. ސަންނަ މިފަދައިން ވިދާޅުވެފައިމިވަނީ، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއް އާންމުވެ، އެކަމުގައި ބަޔަކު ހައްޔަރުކޮށްފައި ނުވާތީ ގިނަބަޔަކު ސަރުކާރާއި ފުލުހުންނަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މިރޭ ކުރެއްވި ޓުވީޓެއްގައި ސަންނަ ވަނީ، އެއްޖިންސުން ގުޅުން ހިންގި އެންމެހައި ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނުގ...
އަލީ އާދިލް
ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 […]
އަޙްމަދު ވަހީދު
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ 98 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 255 މީޓަރުގެ ސަރ...
އަޙްމަދު ވަހީދު
ރާއްޖެއިން، މަންކީޕޮލިސް (މަކުނު ވިދުރި) އަށް ޓެސްޓު ކުރެވޭނެގޮތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޖްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ދަނީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ގޮތް މޮނިޓަރކޮށް މިބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކާ ދޭންޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރު...
އަލީ އާދިލް
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަދި ފުޅަނދުބު ނޯންނާނެކަމަށާއި ނަމަވެސް މިނިވަން ދުވަހު ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނެ ހޯމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓްރީއިން ވިދާޅުވީ، އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް، މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ 26 ޖުލައިވާ އަންގާރަ ދުވަހުގެ ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައެވެ. ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ މިއަހ...
އިބްރާހިމް އަސްވާޤް