ޤުރްއާނަކީ އަހަރެމެން މުސްލިމުންގެ އެންމެ މުޤައްދަސް ފޮތެވެ. އަދި އެއީ އަހަރެމެންގެ ވެރި އިލާހުގެ ކަލާމްފުޅުވެސް މެއެވެ. ވީމާ ޤުރްއާނާ ބެހޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް އުނގެނުމަކީ ކޮންމެ މުސްލިމަކުވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި ޤުރްއާނާ ބެހޭ ފިޤުހީ މައްސަލަތަކާ ބެހޭ މަޢުލޫމާތުތައް ބަލާ ހެދުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ކުޑަ ޙަދަޘް ވެރިވެފައިވާ މީހާ، އެޙާލަތުގައި ވާ ހިނދު ނުވަތަ އަލުން ވުޟޫ ނުކުރާހާ ހިނދަކު އޭނާއަށް ޤުރްއާން ކިޔެވިދާނެތޯ […]
ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ހއ. އިހަވަންދޫ ކައުންސިލުން ރައްޔިތު ބައްދަލުވުމަށް ގޮވާލުމުން ވަރަށް ފިނި ތަރުހީބެއް ލިބިއްޖެ އެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އިހަވަންދޫ ސްކޫލުގައެވެ. މި ބައްދަލުވުމުގައި އާންމުގެ ތެރެއިން ބައިވެރިވި 4 މީހުންނާއިއެކު ޖުމްލަ ބައިވެރިވެފައި ވަނީ ވިއްސަކަށް މީހުންނެވެ. އެރަށުގައި ހިންގަމުން އަންނަ އޮންލައިން ނޫސް “އިހަވަންދޫ.ކޮމް” ގައި ބުނެފައިވަނީ އެ ހަތަރު މީހުންގެ އިތުރުން ބައިވެރިވެފައިވަނީ ކައުންސިލްގެ 16 މުވައްޒަފަކާއި، އަންހެނުން ކޮމިޓީގެ މެންބަރެއް ކ...
އިބްރާހިމް އަސްވާޤް
ހުއްދަ ނެތި ދީނީ ފަތުވާ ދޭތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ. މުޙައްމަދު އިޔާޟް ގޮވާލައްވައިފިއެވެ. ޑރ. ޢިޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަ ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢަމަލު ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން ނަޝީދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޟް ވިދާޅުވީ ދީނީ ކަންކަމުގައި […...
ސަނިއްޔާ އަބޫބަކުރު
ސައުދީ އިގުތިސާދު ތެލަށް ބަރޯސާ ކުރާ މިންވަރު ކުޑަކޮށް އިގުތިސާދު ހުޅުވައިލުމަށް އަމީރު މުހައްމަދު 2017 އަހަރު އިއުލާނު ކުރި “ނިއޯމް” މަޝްރޫއުގައި ހިމެނޭ “ދަ ލައިން ސިޓީ” ނުވަތަ މިރާ ލައިން މަޝްރޫއުގެ ޑިޒައިންތައް ދައްކާލައިފި އެވެ. މި ޑިޒައިންތައް އާންމުކޮށްފައިވަނީ، ނިއޯމްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ވެސް ކުރައްވަމުން ގެންދަވާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މީގެ ކުރިން ނުފެންނަ އާބަން ލިވިން ތަޖުރިބާއެއް ލިބިގެންދާ ތަހުޒީބީ އިންގިލާބެއް ގެނުވާނެ، ދަ ލައިނަކީ ސައުދީ […]
އިބްރާހިމް އަސްވާޤް
މިނިވަން ދުވަހުގެ މުނާސަބާތުގައި މިއަދު “ސެމިލީސް” ރެސްޓޯރެންޓްއިން އުރީދޫގެ ކަސްޓަމަރުންނަށް %26 ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ. އުރީދޫން މިއަދު ބުނީ، މިނިވަން ދުވަހުގެ އުފަލުގައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް “ސެމިލީސް” ޗީޒް ފޮންޑޫ އަދި ޗޮކްލެޓް ފޮންޑޫ އިން %26 ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ސެމިލީސްގެ މާލޭގެ އައުޓްލެޓް ތަކުން ޑިސްކައުންޓް ލިބިގެން ދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިއީ އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނާއި އެކު އުފ...
އިބްރާހިމް އަސްވާޤް
ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ސީނިއަރ ސިވިލް ސަރވަންޓުންގެ ގުރޫޕެއް ދިއްލީއަށް ހިނގައްޖެއެވެ. ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވީ މި ދަތުރުގައި ފަންސަވީސް މުވައްޒަފުން ބައިވެރިވާ ކަމަށެވެ. ސީއެސްސީން ވިދާޅުވީ ތަމްރީނާއި ތަޖްރިބާ ހާސިލުކުރުމަށް ދިވެހި ސިވިލް ސާވެންޓުންގެ ވަފުދެއް އިންޑިއާގެ ވެރިކަން ކުރާ ނިޔުދިއްލީއަށް ދިޔައީ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސީނިޔަރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް ގެ ނަމުގައި އިންޑިއާގެ “ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް” އިން އިންތިޒާމްކ...
ސަނިއްޔާ އަބޫބަކުރު
ހުޅަނގު އިންޑިއާގައި ބަދަލުކޮށްފައިވާ ބަނގުރާ (ބޮގަރު) ބުއިމުގެ ސަބަބުން 28 މީހުން މިހާތަނަށް މަރުވެފައިވާކަމަށާއި 60 މީހުން ބަލިވެ ހާލު ދެރަވެ ފަރުވާދެމުން އަންނަކަކަމަށް އޮފިޝަލުން ބުނެފި އެވެ. ސަރުކާރުގެ އިސް އޮފިޝަލު، މުކޭޝް ޕަރްމާރު އޭއެފްޕީއަށް ވިދާޅުވީ މި މީހުން މަރުވެފައިވަނީ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދު އަދި ބޯޑް ޑިސްޓްރިކްޓްތަކުގައި ކަމަށެވެ. ބަނގުރަލަށް ބަދަލު ގެނައުމަށް ބޭނުންކުރީ ކޮން ކެމިކަލެއް ކަމެއް އަދި އެނގިފައެއް ނުވާކަމަށް އޮފިސަލް ވިދާޅުވެފައިވެއެވެ. ގުޖުރާތު ސްޓޭޓްގެ ފު...
އަލީ އާދިލް
ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށްވެސް ، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ކޯވިޑާއި ގުޅިގެންނާއި، އަދި މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭ އިޤުތިޞާދަށް އަރަމުންދާ ލޮޅުންތަކާއި އެކަމުގެ ސަބަބުން ރާއްޖެއަށ...
އަލީ އާދިލް
ހއ އިހަވަންދޫ މިސްކިތްތަކުގައިމ ސޯލާ ޕެނަލއ ހަރުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ އެރަށުގެ މިސްކިތް ތަކުގެ ތެރެއިން ސޯލާ ހަރުކޮށްފައިވަނީ ރަށުގައި ހުކުރުކުރާ ހަތަރު މިސްކިތުގައި ކަމަށެވެ. މި މިސްކިތް ތަކުގައި ސޯލާރ ހަރުކޮށް ދިނުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ އެއްކޮށް ނިމިފައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ މިސްކިތް ތަކުގައި ސޯލާ ހަރުކޮށްފައި މިވަނީ ދިގު މުއްތަކަށް ބަހާލާގެން، ފައިސާ ދައްކާ ހަލާސްކުރާ އުޞޫލުން ހއ.އިހަވަންދޫ ކައުންސިލާއި ފެނަކަ ކޯރޕަރޭޝަން ލިމިޓެޑާއި ދެމެ...
ސަނިއްޔާ އަބޫބަކުރު
ދިވެހިރާއްޖެއަކީ ދިވެހިންގެ ވަޠަނެވެ. ދިވެހިންގެ ރާއްޖެއެވެ. ދިވެހިންގެ ވަޠަން ދިވެހިރާއްޖެ ވަނީ އެ ބިމަކަށް ދިވެހިން އުފަންވީމައެވެ. ދިވެހިން އެތަނަކަށް ވިހާ ބޮޑުވީމައެވެ. ދިވެހިން ދިރިއުޅޭ ޤައުމަށް ވީތީއެވެ. ޖުމުލަގޮތެއްގައި މިހެން މާނަ ކުރެވުނަސް ދިވެއްސަކު ބޭރު ޤައުމެއްގައި އުފަންވެފައި ހުރެދާނެއެވެ. ވިހާ ބޮޑުވެފައި ވެސް ހުރެދާނެއެވެ. ދިވެއްސަކު ބޭރު ޤައުމެއްގައި ދިރިއުޅެމުން ވެސް ހިގައިދާނެއެވެ. އެކަމަކު މި ޤައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތެއްގެ ޙަޤީޤީ ވަޠަނަކީ ދިވެހިރާއްޖެއެވެ. މިއީ ދިވެހ...
ޢަބްދުﷲ ސަޢީދު
މި އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ބޭއްވި އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ. މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައި ކުރިއަށްދިޔަ މިއަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނާ އިސްތިޤުބާލު ކުރެއްވީ، މިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ...
އަލީ އާދިލް
އަދާލަތުގެ އިލްމު ވެރިންގެ މަޖިލީހުން އިއްޔެ ނެރުނު ފަތުވާ އަށް، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ. ޔޯގާ ހެދުން ނުވަތަ ހެދުމުގައި ބައިވެރިވުން ހުއްދަނުވާނެކަން ބަޔާންކޮށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ” ތަފްޞީލީ، އިލްމީ ކަރުދާހެއް އެކުލަވާލާ އާންމުކޮށްފައިވަނީ އިއްޔެ އެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމ...
އިބްރާހިމް އަސްވާޤް
ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ދާރުލް ޤުރުއާނާއި ގުޅިގެން ސެޓްފިކެޓް ލެވެލް އެކެއްގެ ޒަނާޒާ ކޯހެއް އެ ރަށުގައި ހިންގުމަށް ނިންމައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެއްމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް ވަނީ ދެ ޖިންސައް ވެސް ހާއްސަ ކޮށްފައެވެ. ކޯހުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 24 ޖުލައި 2022 ވަނަ ދުވަހުން ފެށިގެން 09 އޯގަސްޓް 2022 ގެ ނިޔަލަށް ނަންނޯޓް ކޮށް ނިންމެވުމަށް އެ […]
އިބްރާހިމް ޚަލީލް
ޤައުމެއްގެ މިނިވަންކަމަކީ، އެ ޤައުމެއް ދިރިދެމިއޮތުމުގެ އެންމެ މުހިއްމު ރުކުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ، 58 ވަނަ މިނިވަންދުވަހުގެ މުނާޞަބާގައި ދިވެހިޤައުމާއި މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހު މުނާސަބަތުގައި ރައީސް މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލް...
އަލީ އާދިލް
އެސްޓީއޯގެ ކޮންސަލްޓެންޓެއްގެ މަގާމުގައި ހުރި ސޫޒަން އިބްރާހިމްފުޅުގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އެސްޓީއޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ. އެމްޑީޕީގައި ހަރަކާތްތެރިވާ ސޫޒަންގެ މުސާރަ އާއި އިނާޔަތްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު އެންގުމުން އެ ނިންމުން އިސްތިއުނާފް ކުރަން ހައި ކޯޓަށް އެސްޓީއޯއިން ހުށަހެޅީ ދައުލަތުގެ އިދާރާއަކަށް އެސްޓީއޯ ނުވާ ކަމަށް ބުނެ އެވެ. ހައި ކޯޓުން މައްސަލަ ބަލައިނު...
ހުސައިން ހަބީބް
ގަސް ހައްދައި އުޅޭ މީހުން ތަފާތު ބޭނުމުގައި ގަހުގެ ބައިތައް ކޮށައި ހަދައެވެ. ޒީނަތަށް ގަސް ހައްދާ މީހުން އެމީހުން ބޭނުންވާ ސިފަ ގަހުގައި ޖެއްސުމަށެވެ. ބައެއް ފަހަރު ގިނައިން ކުރި ފެޅުވުމަށެވެ. އަދި ގިނައިން މައު އެޅުވުމަށެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މޭވާއާއި ތަރުކާރީ ގަސް ކޮށައި ހަދަނީ ވަރަށް މަދު ބައެކެވެ. ދިވެހީންގެ އާދައަކީ ގޯތީގައި ހުންނަ އަނބުގަހާއި ފޭރުގަހާއި ކުންނާރުގަސް ވެސް ކޮންމެ ގޮތަކަށް ކިތަންމެ ދިގުގޮށް ހެދުނުކަމުގައި ވިޔަސް ހެދޭނެ ގޮތަކަށް […]
ހުބާ ޕްލާންޓްސް
ކޮވިޑް 19ގެ ތަޖުރިބާއަށްފަހު ގިނަ މީހުންގެ ‘ލައިފް ސްޓައިލް’ އަށް ވަނީ އެކިއެކި ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ދިރިއުޅުމުގެ މި ހަލަބޮލިކަންމަތީގައި ވަޤުތު ހޭދަކުރާއިރުވެސް، ކަސްރަތުގެ މައިދާނުގައި ކުރިއާއި އަޅާބަލާއިރު ގިނަ މީހުން ފެންނަކަމަށް ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރުމެންގެ ތެރެއިން ބައެއްމީހުންނަށް އެ ނިޔަތާއި އެއްގޮތަށް ޢަމަލު ކުރުން މިވަނީ ކުޑަވަރެއްގެ ގޮންޖެހުމަކަށްވެފައެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ ވަޤުތަކީ ހޯދީމާ ލިބޭއެއްޗެއްކަން އެއީ ބުނެލަން...
އަންޖުމް އިސްމާޢީލް މުޙައްމަދް
ކުޑަގިރީގައި ފެނަކަ ކޯޕަރޭޝަނުން ގާއިމުކުރި އިންޖީނުގެ ނިންމާ، ނެޓްވޯކަށް ރަސްމީކޮށް ކަރަންޓް ދޭން ފަށައިފިއެވެ. މިއަދު އެ ރަށަށް ވަޑައިގެން މި ހިދުމަތް ފައްޓަވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ސަރުކާރުން ތަރައްގީ ކުރައްމުން އަންނަ ކުޑަގިރީގައި، އެރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ފެނަކައިން އިމާރާތްކުރި އިންޖީންގެއެކެވެ. މި އިންޖީނުގޭގައި 350 ކިލޯވޮޓުގެ ގެ ކަރަންޓު އުފެދޭނެ ކެޕޭސިޓީ ހުންނާނެ ކަމަށާއި މިއީ އެންމެ ޒަމާނީ ވަސ...
އަޙްމަދު ވަހީދު