ށ. ކަނޑިތީމު ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށު ފެންވަރުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނޑިތީމް ކައުންސިލް ޤުރުއާން މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ އެ ރަށުގައި ކީރިތި ޤުރުއާނުގެ ހަމަތަކުގެ މަތިން ޤުރުއާން އުނގެނި ކިޔެވުމާއި، އުނގަންނާދިނުމުގައި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން އުފެދޭނެ ފަދަ މާހައުލެއް އުފެއްދުމެވެ. އަދި ރަށުގެ ކުދި ބޮޑު އެންމެންގެ މެދުގައި ކީރި...
އިބްރާހިމް ޚަލީލް
އިނގިރޭސި ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލު އެއްވަރުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކްރިސްޓަލްޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗް 1-1 ގެ ނަތީޖާއިން އެއްވަރުވީއިރު، ލީގުގައި ފުރަތަމަ މެޗް ފުލަމް ދަނޑުގައި ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލްޖަހައި ލީޑްނެގީ ކްރިސްޓަލްޕެލަސްއިންނެވެ. ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 32 ވަނަ މިނިޓްގައި ޕެލަސްގެ ގޯލު ޖެހިީއެެބާރަ ޗިއެޒާ ދިން ހިތގައިމު ޕާހަކުން ވިލްފްރެޑް ޒަހާ […]
އަލީ ރިޔާޟް
ތަޖުރިބާ ދަތުރެއްގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ޓީޗަރުންގެ ޓީމެއް ތުރުކީގެ އިސްތަންބޫލަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ސުކޫލުން ހާމަކޮށްފިއެވެ. އެ ސުކޫލުން ބުނީ މިއީ އަންނަ މިޑް ޓާރމް ބްރޭކްގައި ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްކަމަށެވެ. މި ދަތުރުގައި އިސްތަންބޫލުގެ ޕްރީ ސްކޫލްތަކަށް ޒިޔާރަތްކޮށް ތަޖުރިބާ ލިބިގަތުމާއި އިސްލާމީ ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން މައްކާގެ ހެޔޮ އެދޭ ފަރާތަކުން އެ ސުކޫލުގެ ހުރިހާ ޓީޗަރުންނަށް، އަންނަ...
އަލީ އާދިލް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ. އެ ކުންފުނިން ވަނީ މިކަން އިއުލާންކޮށް ހުރިހާ މުވައްޒަފުންނަށް އަންގާފައެވެ. އެ ކުންފުނިން ފޮނުވި ސާކިއުލާގައި ބުނީ ބޯނަސް މި މަހުގެ 18 ގެ ކުރިން ޖަމާ ކުރާނެ ކަމަށެވެ. އެ ކުންފުނިން 2021 ވަނަ އަހަރުގެ ބޯނަސް ދޭނީ މިދިޔަ އަހަރު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ […]
އަޙްމަދު ވަހީދު
އުފާވެރިކަމަކީ އިންސާނީ ފިޠުރަތުގެ ބައެކެވެ. އެއީ އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ހައްގެކެވެ. ބައެއްމީހުން ދެކޭގޮތުގައި އުފާވެރިކަން ތިމާޔަށް ލިބެނީ އެހެންމީހުންގެ ފުށުންނެވެ. އަނެއްބަޔަކު ދެކޭގޮތުގައި އުފާވެރިކަމަކީ މީހާ އަމިއްލަޔަށް ލިބިގަންނަ އިހްސާސެކެވެ. އަޅުގަޑު ގަބޫލު ކުރަނީ ފަހުގޮތެވެ. އުފަލާއި ހިތްހަމަޖެހުމަކީ އިންސާނާ އަމިއްލަޔަށް އެމީހާގެ ސިކުނޑީގައި އުފައްދާ އިހްސާސްތަކެކެވެ. މިކަމުގައި ކާމިޔާބު ލިބެނީ އުފަލާއި ހިތްހަމަޖެހުން ލިބިގަތުމަށް ތިމާގެ ނަފްސު ހާނުވާ ތަރުބިއްޔަތު ކޮށްގެންނެ...
މުޙައްމަދު ޝިހާބް
ބަރުލަމާނީ ނިޒާމުން ރައްޔިތުން ހާލުގައި ޖެހުން ނޫން ކަމެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރަން ބޭނުންފުޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ އެ މަސައްކަރް ފައްޓަވާފައިވާއިރު، އެކަމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓުގައި ވަނީ އޭނާ އެކަމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެ އަށް އެކަށޭނެ ނިޒާމެއް ނޫން ކަމަށާއި، ރާއްޖޭގެ މިއަދުގެ...
ޝިއުނާ އާދަމް
ވ. އަތޮޅުގައި އޮންނަ މާގުޅީ ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެ ބާޖު ފަރަށް އެރީ މި އަހަރު މެއި މަހު އިންޑިއާއިން ހިލަ ހިފައިގެން ވ. ރަކީދު އަށް ދަތުރުކުރަނިކޮށެވެ. އޭއެމް އާގަމް ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ބާޖު ދަތުރުކުރީ އޭއެމް އަލްޕެޓް ކިޔާ ޓަގު ބޯޓަކާ ވެސް އެކުގަ އެވެ. އެންވަޔަރަންމަންޓަލް […]
ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީގެ ދައުވަތަކަށް ދައުލަތުގެ 3 އަންހެން ވަޒީރުން ގަތަރަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގަތީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާއާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީއާއި، މިނިސްޓަ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫންއެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ ގަތަރާއި ރާއްޖެއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން އުރީދޫގެ ފަރާތުން […]
އަޙްމަދު ވަހީދު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބޮޑު ޚަރަދެއް ކުރުމަށްވުރެ އެ ފައިސާ ރައީސް ޞާލިޙްގެ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ޚަރަދުކުރުމަކީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ބަދަލު ގެންނަން ޤާނޫނުއަސާސީއަށް އިސްލާޙްތަކެއް ގ...
އަލީ އާދިލް
ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަގީންކަން ދެއްވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021) ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުޙަބ...
ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ޕަބްލިކް ހެލްތު ޔުނިޓުގެ އިސްނެންގެވުމާއިއެކު ކުޅުދުއްފުށީ ސިޓީ ޕޮލިސް އާއި ގުޅިގެން ކުރިޔަށްގެންދާ ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމް ފަށައިފި އެވެ. މި މަހުގެ 7 ވަނަ ދުވަހު ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމް އިފްތިތާހް ކުރެވިފައިވާއިރު، ކަސްރަތު ސެޝަންތައް ފެށިގެންދާނީ މާދަމާ އެވެ. ކޭއާރުއެޗްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ހަށި ހެޔޮ ކަސްރަތު ޕްރޮގްރާމްގެ މަޤްޞަދަކީ، ބަލިތަކުން ރައްކާތެރިވެފައިވާ ޞިއްޙަތު ރަނގަޅު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާ ކުރުމަށްޓަކައ...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި ބޭންކް އެކައުންޓަކުން ކުރި އެންމެ ބޮޑު ވައްކަން ކަމަށްވާ ޝީޝާ ތިން ބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާގެ ވަގަށް ނެގި މައްސަލާގައި މީހެއްގެ މައްޗަށް ހައި ކޯޓުން ކުށް ސާބިތުވާ ކަމަށް ނިންމައިފި އެވެ. ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމީ 2011 ވަނަ އަހަރު ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައި އޮތް ޖޮއިންޓް އެކައުންޓެއްގައި ހުރި 18 މިލިއަން […]
ހުސައިން ހަބީބް
ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކަށް އޮގަސްޓް 2022 އިންޓޭކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަމަށް މެޕްސް ކޮލެޖުން ބުނެފިއެވެ. އޮގަސްޓް 2022 އިންޓޭކްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ އިމިގްރޭޝަނުން ދެމުން އަންނަ ޕާސްޕޯޓު ހެދުމުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، އެ ޚިދުމަތް މެދުކެނޑެން ދިމާވީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުން އަންނަ ޕާސްޕޯޓު ނެގުމަށް 1 އޯގަސްޓް 2022 އިން ފެށިގެން ނަންބަރު ދޫކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ރަސްމީ ދުވަސް...
މުޙައްމަދު ވަސީމް
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 11 އިން 13 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ކޭމްޕަކީ ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ 84 ވަނަ ފުރާވަރު ކޭމްޕެވެ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގައި އުތީމު […]
ޔުމްނާ ޢަލީ
ހދ. ކުމުންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ކައުންސިލުން އިސްނަގައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިން...
އިބްރާހިމް ޚަލީލް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ށ އަތޮޅުގައި މިމަހު ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ށ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ތިލަދުންއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ށ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވިދާޅުވީ މިދިޔަ މަހުގެ 31 ގައި އާރުޓީއެލް ފެރީގެ ޚިދުމަތް ށ އަތޮޅުގައި ފެށޭނެ ކަމަށް ށ އަތޮޅު ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ވެސް ރަސްމީކޮށް އަންގަވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަނޑައެޅިފައިވާ މުއްދަތު ފަހަނަ އަޅާ […]
ސަނިއްޔާ އަބޫބަކުރު
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗުގައި، ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު ލަނޑުޖަހައި ޓޮޓެންހަމުން ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި މިރޭ ޓޮޓެންހަމްއާއި ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން މެޗުގައި ލީޑް ނަގާފައި ވަނީ 19 ވަނަ މިނެޓުގައި ކުލިބާލީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. […...
އިބްރާހިމް ޚަލީލް