ވ. އަތޮޅުގައި އޮންނަ މާގުޅީ ފަރަށް އެރި ބާޖު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެ ބާޖު ފަރަށް އެރީ މި އަހަރު މެއި މަހު އިންޑިއާއިން ހިލަ ހިފައިގެން ވ. ރަކީދު އަށް ދަތުރުކުރަނިކޮށެވެ.
އޭއެމް އާގަމް ނަމަކަށް ކިޔާ އެ ބާޖު ފަރަށް އެރީ، މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގަ އެވެ. އެ ބާޖު ދަތުރުކުރީ އޭއެމް އަލްޕެޓް ކިޔާ ޓަގު ބޯޓަކާ ވެސް އެކުގަ އެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ 30 ދުވަސް ތެރޭގައި ދެއްކުމަށް އެ އުޅަނދުގެ ރާއްޖޭގެ އެޖެންޓަށް އަންގާފައިވާ ކަމަށެވެ.
މިއީ އެ ގަވާއިދުގެ ދަށުން ދެވޭ އެންމެ ބޮޑު ޖޫރިމަނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!