ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ނިންމައިފިއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގައި ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހު ދައުރުތައް ބެހިގެން ވަނީ ތިން ދައުރަކަށެވެ. މިގޮތުން މާދަމާ ފެށޭ ދައުރަކީ މިއަހަރުގެ ތިން ވަނަ ދައުރެވެ. މާދަމާގެ ޖަލްސާ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާއިރު، އެޖެންޑާގައިވާ ގޮތުން މާދަމާ ފުރަތަމަ އޮންނާނީ ވަޒީރާ ސުވާލުކުރުމުގެ ބަ...
މުޙައްމަދު ވަސީމް
ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ސަރުކާރުން ޢިއުލާންކޮށްފިއެވެ. މި ރަށްތަކަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ އަދި ތ. ވިލުފުށި، ފ. މަގޫދޫގެ އިތުރުން ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް (ރަށް ކަނޑައަޅާފައެއްނުވޭ) އެވެ. މީގެ ތެރެއިން ބައެއް ރަށް ރަށުގައި އެއާޕޯޓު އަޅަން މީގެ ކުރިން ދެ ފަހަރެއްމަތިން ޢިއުލާންކޮށްފަވެއެވެ. މީގެ ތެރެއިން މަކުނުދޫ އާއި ބިލެތްފަހީގައި އެއާޕޯޓު އަޅަން ބަޔަކު ހޯދަން ފުރަތަމަ […]
ޔުމްނާ ޢަލީ
މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތިގައި މި މަޝްރޫއުގެ 57 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، ބިން ހިއްކުމުގެ މަސައްކަތުގެ 68 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކާނެއެޗެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން، 384 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖަހާނެއެވެ. މީގެ...
އަޙްމަދު ވަހީދު
މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ. މުޅި މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ. ކަރަންޓް ކެނޑުނީ މިއަދު 12:00 ޖެހިއިރުއެވެ. ސްޓެލްކޯއިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގެ ދަށުން މާލެއަށް ކަރަންޓު...
އަޙްމަދު ވަހީދު
ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ވެސް ބިން ދޭ ގޮތަށް ”ކްރޮސް ސަބްސިޑީ” ގަވާއިދު އިސްލާހުކޮށްފިއެވެ. ކްރޮސްސް ސަބްސިޑީ ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާއްމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަރުކާރުން ހަވާލުކުރާ މުހިންމު މަޝްރޫއެއް ހަވާލު ކުރާ ފަރާތަކަށް ނުވަތަ ފަންޑު ކުރާ ފަރާތަކަށް ރިސޯޓެއް ތަރައްގީ ކުރުމަށް ފަ...
އަޙްމަދު ވަހީދު
ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީ (އޭޕީ) އަށް އެންމެ ފަހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ނަމަވެސް އެ ޕާޓީން އިސްކުރާނީ ގައުމުގެ މަސްލަހަތުކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސްވައިގާ ހިފާފައިވާއިރު، އިމްރާން ކުރިން ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަށްވާ ކަމަށް ވިދާޅުވެފައެވެ. މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ބަރުލަމާނީ […]
އަލީ އާދިލް
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ސިއްކަ (ލޯގޯ) އާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭނުން ކުރުމަށް ހޮވާ ލޯގޯއާއި ދިދަ ފަރުމާކުރާ ފަރާތަކަށް 2000.00 (ދެހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކޮމިޓީގެ ލޯގޯއާއި ދިދަ ފ...
އިބްރާހިމް ޚަލީލް
ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، […]
އަޙްމަދު ވަހީދު
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ތާއީދު ކުރައްވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި އޮތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޓަވާފައެވެ. އަންނަ ހުކުރު ދުވަހު އޮންނަ އެ ޕާޓީގެ ކޮންގްރެސްއަށް މިކަމާބެހޭ ގަރާރެއް ހުށަހަޅުއްވައި، އެމްޑީ...
އަލީ އާދިލް
ހާލަތާ ކުރިމަތިލުމުގައި އިންސާނުން ބެހެނީ ދެބަޔަކަށެވެ. އެއްބަޔަކީ މުސީބާތުގެ ވަޤުތު މޮޅީގެ ސާލު ލައިގެން މާޔޫސް ވެރިކަމާއެކު އިސްޖަހައިލާ މީހުނެވެ. ދެވަނަ ބަޔަކީ ހިތްވަރުގަދަ މީހުނެވެ. މިދެންނެވި ދެވަނަ ބާވަތުގެ މީހުން މުސީބާތުގެ ވަޤުތުގައި މާޔޫސްނުވެ އިސްއުފުލާލައި އެކަމާ ކެރިގެން ކުރިމަތި ލައެވެ. ފަސްބެލުމެއްނެތި ކާމިޔާބު ހާސިލު ކުރަން ހަށިފޮޅައިލާ މި ފަދަ މީހުން ތެދުވެއެވެ. އަދި ހަމަ ކާމިޔާބީއަށް ވާސިލުވެއެވެ. މިފަދަ މީހުން އަބަދުވެސް މަސައްކަތް ކުރާނީ އެއްދަރަޖަ ކުރިއަށް ބަލައިގެންނެވެ. މިސ...
އަލީ ރިޔާޟް
އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތާއިދު އޮތީ ރިޔާސީ ނިޒާމަށްކަން ހާމަ ކުރައްވާ ރިޔާސީ ނިޒާމުގެ ދިފާއުގައި އެމަނިކުފާނު މިއަދު ނިކުންނަވައިފި އެވެ. ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރައްވާފައިވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ރިޔާސީން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސް އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމ...
އަލީ އާދިލް
ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ރޭޑިއޮގްރަފީ ކޯހުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. އެ ކުންފުނިން މިއަދު ބުނީ މި ފުރުސަތު މިހާރު މި މަހުގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އެސްޓީއޯއިން ވަނީ މި ކޯހުގެ މައުލޫމާތު ސެޝަންތަކެއް ވެސް މާލެއާއި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންގޮސްފައެވެ. މި ސެޝަންތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެސްޓީއޯއިން ބުންޏެވެ. އެސްޓީއޯގެ ރޭޑިއޮގްރަފީ ކޯސް ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯ...
އަޙްމަދު ވަހީދު
ރާއްޖޭގައި މިހާތަނަށް ހިންގި މަކަރާއި ހީލަތުގެ އެންމެ ބޮޑު މައްސަލާގައި ބީއެމްއެލްގެ އެކައުންޓަކަށް ފައިސާ ޖަމާވެފައިވެ، ބޭންކުން އަމަލުކުރި ގޮތުން ހައިކޯޓުގައި ބީއެމްއެލްއަށް ހޫނު ސުވާލުތަކެއް އަމާޒުވެއްޖެ އެވެ. ޝީޝާގެ ތިން ހިއްސާދާރުންގެ ނަމުގައި އެސްބީއައިގައި އޮތް ޖޮއިންޓް އެކައުންޓަކުން 2011 ވަނަ އަހަރު، 18 މިލިއަން ރުފިޔާގެ ފޯޖް ލިޔުންތަކެއް ބޭނުންކޮށްގެން ޓްރާންސްފާކުރީ ބ. ތުޅާދޫ މާފަރިވާގޭ، އިބްރާހިމް ޝާހިދާއި އިތުރު މީހެއްގެ ނަމުގައި ބީއެމްއެލްގައި އޮތް ޖޮއިންޓް އެކައުންޓަކަށެވެ. ޝާހިދު...
ޙުސައިން ޘަޤީފް
މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިއަދު އަރައިފި އެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާ ކަމަށް ވިލިމާލޭގައި ތިއްބަވާ ފުލުހުންނަށް ފާހަގަ ކުރެވިގެން އެތަނަށް ގޮސް އެކަން ބައްލަވާފައިވާ ކަމަށެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާއަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އާއި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުން ފަށައިފިއެވެ. އެ އޮފީހުން ބުނީ މި މަސައްކަތުގެ މަޤްޞަދަކީ، ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، މި ދާއިރާގައ...
އަލީ އާދިލް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މ...
ތިލަދުން
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެހިކަލް ތަކެއް ޖަޕާން ސަރުކާރުގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިގޮތުން ޖަޕާނުން ވަނީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޕާސަންސް ވިތް ފިޒިކަލް ޑިސްއެބިލިޓީޒް (އެމްއޭޕީޑީ) އަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ތިން ވެހިކަލެއް ހަދިޔާ ކޮށްފައެވެ. މި ވެހިކަލްތައް އެމްއޭޕީޑީ އަށް ހަވާލުކުރީ ހުޅުމާލޭ އެއް ނަންބަރު ރުއްގަނޑު ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝ...
ޔުމްނާ ޢަލީ
ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ އެކަމާގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަ...
ޔުމްނާ ޢަލީ