ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ސިއްކަ (ލޯގޯ) އާއި ދިދަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބޭނުން ކުރުމަށް ހޮވާ ލޯގޯއާއި ދިދަ ފަރުމާކުރާ ފަރާތަކަށް 2000.00 (ދެހާސްރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކޮމިޓީގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2022 ވަނަ ދުވަހުގެ މެންދުރު 11:00 ގެ
އީމެއިލް ކުރެއްވުމަށް މަކނުދޫ ކައުންސިލުން އެދިލައްވައެވެ.
އީމެއިލް އެޑްރެސް: fe@makunudhoo.gov.mv
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މަކުނުދޫ ކައުންސިލްގެ އެގްޒެކްޓިވް އަޙްމަދު ޙާފިޡު 9695777 ފޯނަށް ގުޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ އެންމެހާ ކަންކަމުގެ ތަފްސީލް ތިރީގައި ހިމެނިފައިވާ ލިންކުން ލިބިލައްވާނެއެވެ.
https://storage.googleapis.com/gazette.gov.mv/docs/iulaan/93865.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!