ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމާއި، 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 28 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން 641 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 26.67 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.