ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ މަގުތަކުގައި ތާރުއަޅަން މިއަހަރު ޖުލައި މަހު ތައްޔާރުވި ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. ހޯރަފުށީ މަގުތައް ތަަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ....
އަޙްމަދު ވަހީދު
މިވަގުތު ރާއްޖެއަށް އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ. ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އެ އިދާރާއިން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައެބެ. މިއީ ދައުލަތުން ކުރާ ޚަރަދުތަކުގެ މައްޗަށް ބިނާކޮށް ވޯލްޑް ބޭންކުން އާންމުކުރާ ރިޕޯޓެކެވެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުގެ ސަބަބުން މިވަގުތު އިގްތިސާދީ ކާރިސާއެއްގެ ނުރައްކަލެއް ނެތްކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވީނަމަވެސް އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވަނީ...
އަޙްމަދު ވަހީދު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރު.ޓީ.އެލް.) އިން ބޮޑުތިލަދުންމަތީގެ 41 ރަށް ދަނީ ދުވާލަކު ދެ ދަޅައަށް އެއްވެ ގުޅެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ޙަޤީޤަތެއް ނެތް، ބިލާހެއް ނޫންކަމުގެ ޔަޤީންކަން އެންމެންނަށ...
ޙުސައިން ޝަހުދީ
ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް އަށަގަންނުވަން ޖެހޭނީ، ދުވަހަކު ވެސް މިނިޒާމާ މިބާރުތަށް ރައްޔިތުންގެ އަތުން އެއްވެސް ބޭފުޅަކަށް، ދެން އަނބުރާ ފިރުކާ ނުގަނެވޭނެ މިންވަރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ މިހާތަ...
އަލީ އާދިލް
ލަކުޑިން ހަދާފައިވާ ބުދެއް ހދ.ހަނިމާދޫއަށްވެސް ލައްގައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުން މިރޭ ފެނިފައިވާ އެ ބުދުގައި ތިން ފޫޓުވަރު ހުންނާނެއެވެ. ހަރު ލަކުޑިއަކުން ހަދާފައިވާ އެ ބުދުގައި މީހެއްގެ މޫނު ސިފަވާގޮތަށް ކަނޑާނަގާފައިވާއިރު، ބުދުގެ ކުރިމަތިފަރާތަށް ވާގޮތަށް ދެ އަތް ހުރަހަށް ފާޅުވާގޮތަށް ވެސް ވަނީ ކަނޑާނަގާފައެވެ. މީގެ އިތުރުން ބުދުގެ ތިރީބައިގައި އިންސާނެއްގެ މޫނު ސިފަވާގޮތަށް ވެސް ބައެއްވަނީ ކަނޑާ ނަގާފައެވެ. މި ބުދު ގިނަދުވަސްތަކެއް ވަންދެން މޫދުގައި އޮތުމުގެ ސަބަބުން، ކަނޑު ރިނދަ...
އިބްރާހިމް ޚަލީލް
ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ ކުޅިވަރު މިއަދު ފެސްޓިވަލެއް ބާއްވައިފިއެވެ. ލ. ގަން، ޒޯން ސްޓޭޑިއަމްގައާއި، އެރަށުގެ ގޮނޑުދޮށް ސަރަޙައްދުގައި ބޭއްވި މި ކުޅިވަރު ފެސްޓިވަލުގެ ޙަރަކާތްތައް ފަށްޓަވައި ދެއްވައި، މި ފެސްޓިވަލްގައި ކުރިޔަށް ދިޔަ ކުޅިވަރު ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން މި ކުޅިވަރު ޙަރަކާތްތަކުގައި، ސަރުކާރުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްވެރ...
އަލީ އާދިލް
ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ. މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ. މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މިދިޔަ ބުރާސްފަތި ދުވަ...
މުޙައްމަދު ވަސީމް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނާ އެއްކޮޅަށް ޕީޕީއެމްގެ ކުރީގެ މަޖިލިސް ދެ މެމްބަރަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ. އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ހޯދި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާގައި އެމަނިކުފާނުގެ ދިފާއުގައި މިއަދު ހެކިބަސް ދިނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި ހުޅުދޫ ދާއިރާގެ ކުރީގެ […]
ހުސައިން ހަބީބް
ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ފަށްޓަވައިދެއްވުމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ލ. ގަމަށް މިއަދު ވަޑައިގެންފި އެވެ. މި ފަހަރުގެ ކޮންފަރެންސްގައި ދ، ތ، ލ، ގއ، ގދ މި އަތޮޅުތަކުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން، ފުވައްމުލައް ސިޓީކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އެދެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެއެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީ...
ޔުމްނާ ޢަލީ
ގަވާއިދާ ހިލާފަށް ހދ. ކުމުންދޫ ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނުނަގަން އެރަށު ކައުންސިލުން ނަސޭހަތްތެރިވެއްޖެއެވެ. ކުމުންދޫ ކައުންސިލުން ކުރެއްވި ޢާންމު ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ގިނަ ފަރާތްތަކުން އެރަށު ގޮނޑުދޮށުން ކަށިވެލި، ދޮންވެލި އަދި އަކިރި ނަގާކަން ފާހަގަ ކުރެވިފަވާ ކަމަށެވެ. ހުއްދަނެތި ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު އަދި ކުމުންދޫ ކައުންސިލްގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވާއިދުގެ ދަށުން މަ...
ޔުމްނާ ޢަލީ
ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ. ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ. މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއ...
ޔުމްނާ ޢަލީ
މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […]
ޔުމްނާ ޢަލީ
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އަނެއްކާވެސް ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ. އެއީ، 44 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެކެވެ. ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައިކަމަށް ފުލުހުން […]
ޔުމްނާ ޢަލީ
އިއްޔެ ހަވީރު ހދ. ނޮޅިވަރަންފަރު ފަރުމައްޗަށް އުރުނު ހއ. ކެލާ ސަވާރީ ބޯޓު ފުން ކުރުމުގެ މަސައްކަތް މިއަދު ހެނދުނުއްސުރެ ފަށައިގެން ކުރިއަށް އެބަދެއެވެ. ސަވާރީ ބޯޓު އަޑިއަށް ދިޔައީ އިއްޔެ ހަވީރު އެ ބޯޓު ނޮޅިވަރަންފަރު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު މައްޗަށްވާގޮތަށް ހުރި ބޮޑެތި ގާތަކުން ގަލަކަށް އަރައި ހިނގި ހާދިސާގައެވެ. އެ ބޯޓު ނޮޅިވަރަން ފަރަށް ދިޔައީ މާލެ އިން މުދާ ބަރުކޮށްގެންނެވެ. މާލެ އިން ފުރަތަމަ ބޯޓު […]
ތިލަދުން
ވެރިރަށް މާލޭގައި ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައިވާ ކަމަށާއި އެ މަައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިއަދު ހެނދުނު 11:50 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. ”އަނިޔާވި ތިން ފުލުހުންނަށް އޭޑީކޭ ގައި ދަނީ ފަރުވާ ދެމުން، ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާވެފައިވޭ” ފުލުހުން ވިދާޅުވިއެވެ. ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކ...
ޔުމްނާ ޢަލީ
ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު 1-0 ގެ ނަތީނާއިން ރެއާލް ސޮސިއެޑާޑު އަތުން ބަލިވިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ. ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން […]
އަލީ ރިޔާޟް
ދުނިޔެއަށް އުފަންވުމަށްފަހު ތުއްތު ކުއްޖާއަށް އެންމެ މުހިންމީ މައިމީހާގެ ގާތުން ދޭކިރުކަން މިއީ އެންމެން ދަންނަ ޙަޤީޤަތަކަށް ނޫނީ ނުވާނެއެވެ. ޤުދުރަތީގޮތުން މައިމީހާގެ ހަށިގަނޑުގައި އަށަގަންނަ މި ނިޒާމަކީ، އެ ތުއްތު ދަރިފުޅަށްޓަކައި ޚާއްސަ ކޮށްފައިވާ، އެދަރިފުޅު ދުނިޔޭގައި ހޭދަކުރާ ފުރަތަމަ މަސްތަކުގައި ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭނޭހެން ފަރުމާކޮށްފައިވާ ނިޒާމެކެެވެ. މި ޤުދުރަތީ ބުއިމުގެ ސަޕްލައި ހަށިގަނޑުގައި އިތުރުކުރުމަށްޓަކައި، ނުވަތަ އެކަށީގެންވާ ވަރަށް ކިރު ހުންނަ މައިންނަށްވެސް ރަނ...
އަންޖުމް އިސްމާޢީލް މުޙައްމަދް
ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ. މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ. ކަނާއަތްތެރިއަކަށް އެ އަތ...
އިބްރާހިމް ޚަލީލް