ހދ. އަތޮޅުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމާއި ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފިއެވެ.
ހަތަރު ދުވަހުގެ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ ސެޕްޓެމްބަރ 5 އިން 8 އަށް ކުޅުދުއްފުށީ ސިޓީގައެވެ.
މި ތަމްރީން ޕްރޮގްރާމް ނިންމާލައި، ބުރާސްފަތި ދުވަހު ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވާއިރު، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުގެ ޕްރޮކިއުމަންޓް، ފައިސާއާބެހޭ މުވައްޒަފުންގެ ތެރެއިން 31 ބޭފުޅަކު މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށް ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
ހދ. އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ހިންގުނު މިތަމްރީނު ޕްރޮގްރާމެކެވެ.
މިދިޔަ ހަފްތާގައި ހއ. އަތޮޅުގައި ވެސް ވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ހއ. އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް އެ އަތޮޅުގެ 14 ރަށުކައުންސިލްގެ ފައިސާއާއި ޕްރޮކިއުމަންޓާގުޅޭ މަސައްކަތް ކުރައްވާ ޖުމްލަ 36 މުވައްޒަފުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!