މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,448 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1273 ވަނަ ޞަފްޙާ

އުރީދޫއިން ފަހުގެ އައިފޯން ޕްރިއޯޑަރަށް ހުޅުވާލައިފި

އުރީދޫއިން ފަހުގެ އައިފޯން ޕްރިއޯޑަރަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އިން، އެޕަލްގެ ފަހުގެ އައިފޯނުތަކަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ފުރުސަތު ހުޅުވާލީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަށް ޕްރިއޯޑާ ކުރުމުގެ ފުރުސަތެވެ. މިއީ މިހާތަނަށް އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ އާއިއެކު އުފައްދައިފާވައި އައިފޯން ލައިންއަޕް ފޯނުތަކެވެ. މި ފޯނުތަކަށް މިރެއިން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީ އޯޑާ ކުރެވޭނެއެވެ. Available in three gorgeous colors — Deep Purple, Space Black […]

އަޙްމަދު ވަހީދު
ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް

ސަރުކާރުން އުންމީދުކުރަނީ 2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އެއަރޕޯޓް ނިންމާލެވޭނެކަމަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރަނީ، 2024 ވަނަ އަހަރު ނިމެންވާއިރަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ. މިޢުވާން މިހެން ވިދާޅުވީ، ފާއިތުވެ ދިޔަ ހަފްތާގައި ކުރެވުނު މުހިއްމުކަންކަމާއި ކުރިޔަށްއޮތް ހަފްތާގައި ކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި “ތިލަދުން” އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިއ...

އަލީ އާދިލް
ހއ. ދިއްދޫ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި މި މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ބޭރުތޮށި ލުމާއި، 185 މީޓަރުގެ […]

އަޙްމަދު ވަހީދު
ސަބްމެރިންގައި ހުރި 3 ގޭސް ސިލިންޑަރު ގޮވައިފި

ސަބްމެރިންގައި ހުރި 3 ގޭސް ސިލިންޑަރު ގޮވައިފި

ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިން އެއްގައި ހުރި ތިން ގޭސް ސިލިންޑަރު ގޮވައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވިލިމާލެއާއި ދިމާލުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިއްބަވާ ފުލުހުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މިރޭ 21:10 ހާއިރު ލިބުނު މި ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ އެކަން އިތުރަށް ބައްލަވާފައެވެ. ’’ފުލުހުން އިތުރަށް ބެލިބެލުމުން އެނގުނީ ވިލިމާލެއާއި ދިމާ ބޭރުގައި އޮތް ސަބްމެރިންއެއްގައި ހުރި ހަތަރު ގޭސް ސިލިންޑަރު ގޮވާފައިވާކަން’’ ފުލުހުން […]

ޔުމްނާ ޢަލީ
އާރުޓީއެލްގެ އިތުރު ފެރީތައް ބަންނަން އަލްޝާލީ މެރިންއާ ހަވާލުކޮށްފި

އާރުޓީއެލްގެ އިތުރު ފެރީތައް ބަންނަން އަލްޝާލީ މެރިންއާ ހަވާލުކޮށްފި

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ދަށުން ކުރިއަށްދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ސްޕީޑް ފެރީ ހިދުމަތަށް ބޭނުންވާ ލޯންޗުތައް ބަނުމަށް އަލް ޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލް ޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން […]

އަޙްމަދު ވަހީދު
އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމަށް ތިން މަހުގެ ގޭ ބަންދުގެ އަދަބެއް

އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ނާޒިމަށް ތިން މަހުގެ ގޭ ބަންދުގެ އަދަބެއް

ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އަލަމްގިރިއާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އަލަމްގިރިއާ އެކު އެއް ޖިންސުން ނާޒިމް ގުޅުން ހިންގާ ވީޑިއޯއެއް ކުރިން އާންމުވެފައި ވަނިކޮށް އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ ކޯޓުގައި ވަނީ އެއްބަސްވެފަ އެވެ. ނާޒިމް ތިން މަހާއި 26 ދުވަހަށް […]

ހުސައިން ހަބީބް
ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް

ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް

ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް އަތުވެއްޖެ އެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް ކުރާ މިދަތުރަކީ އެކައުންސިލް އިންތިހާބުވި ފަހުން ހުރިހާ މެންބަރުންނާއި އެކު މާލެއަށް ކުރާ ފުރަތަމަ ދަތުރެވެ. އިއްޔެ އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އެވެ. މި ބައްދަލު ވުމުގައި ހދ. އަތޮޅު ރަށްރަށުގެ ސިވިލްސަރވަންޓުންނާއި ގުޅުންހުރި މައްސަލަތައް ހިއްސާކުރެވުނުކަމަށާއި ކައުންސިލްތަކަށް ކު...

އަލީ އާދިލް
މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި، މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މާފުށީ ޖަލުގައި ބަންދުކޮށްފައިހުރި، މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކުއްލި ގޮތަަކަށް ނިޔާވެއްޖެ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފައިވަނީ ނިޔާވެފައިވަނީ، މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 އަހަރު) ކަމަށެވެ. އެ ސަރވިސް އިން ބުނީ، މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އަންގާފައިވާކަމަށެވެ. އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށާއި، ސީޕީއާރްއަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު […]

އަލީ އާދިލް
ރޯމިން އަގުތަކުން ޑިސްކައުންޓް ލިބޭ އުރީދޫގެ ޕާސްޕޯޓެއް

ރޯމިން އަގުތަކުން ޑިސްކައުންޓް ލިބޭ އުރީދޫގެ ޕާސްޕޯޓެއް

ރޯމިން އަގުތަކުން ޑިސްކައުންޓް ލިބޭ އުރީދޫގެ ޕާސްޕޯޓެއް ތައާރަފުކޮށްފިއެވެ. މި ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ރޯމިން ރޭޓްތަކުން 90 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. މި ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިން ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ. އުރީދޫގެ ޗީފް […]

އަޙްމަދު ވަހީދު
ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސިފައިންގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ސިފައިންގެ ވަޒީފާއަށް އެދި ހުށައެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިތުރުކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިމުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ ނިޔަލަށް ކަމަށެވެ. ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ...

އަލީ އާދިލް
އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢަބްދުލްޣަފޫރު މުޙައްމަދު

އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢަބްދުލްޣަފޫރު މުޙައްމަދު

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފި އެވެ. ޢަބްދުލްޣަފޫރު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ. އެންމެފަހުން ޢަބްދުލްޣަފޫރު މުޙައްމަދު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރ...

ޔުމްނާ ޢަލީ
ގަހަށް ހިނި އެރުން

ގަހަށް ހިނި އެރުން

އަޅުގަނޑުމެން ގަސް ހައްދައި އުޅޭއިރު ގަހާއި ގަސް އިންދާފައި ހުންނަ މުށިގަނޑުތެރޭގައި ނުވަތަ ގަހުގެ ބުޑުގެ ފަސްގަނޑުގައި މާ ގިނައިން ހިނި އުޅޭކަން ބައެއް ފަހަރު ފާހަގަކުރެވޭނެއެވެ. މި ބަލައިލަނީ މީގެ ސަބަބުތަކަށާއި ގެއްލުންތައް އަދި ޙައްލުތަކަށެވެ. ގަހަށް ހިނި ޖަމާވަނީ ކީއްވެ؟ ގަހުގެ ކުރިތަކަށް ހިނި ޖަމާވާ މައިގަނޑު ސަބަބަކީ ގަހުގައި އަޅާ ކޫޑި، އެފިޑް ފަދަ ތަކެތި ގަހުން ދިޔަ ބޯއިރު ނުކުންނަ ކިރާއި ހަކުރު ނުވަތަ ފޮނި ބުއިމެވެ. އެ ފޮންޏަކީ ހިނިތަކަށް […]

ހުބާ ޕްލާންޓްސް
ޅައިމަގު ބަނދަރު ހަދަން ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ޅައިމަގު ބަނދަރު ހަދަން ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށެވެ. އެގޮތުން، އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު
ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގަން ނުފެނޭ: ރައީސް

ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގަން ނުފެނޭ: ރައީސް

ރަށްރަށުން ޔުޓިލިޓީ ހިދުމަތްތަކަށް ދޫކުރާ ބިންތަކުން ކުލި ނެގުމަކީ ކުރަން ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހަފްތާގައި ލ. ގަމުގައި ކުރިއަށްދިޔަ ވިއަމަވަތި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޮންފަރެންސްގައި ބައެއް ކައުންސިލްތަކުން ވަނީ ޔުޓިލިޓީ ހިދުމަތަށް ދޫކުރާ ބިންތަކުން ކުލި ނަގައި ކައުންސިލަށް ލިބޭ ގޮތް ހަދަން ފެންނަ ކަމަށް ޚިޔާލު ހުށަހަޅައިފައެވެ. ކައުންސިލްތަކުން ފާޅުކުރ...

އަޙްމަދު ވަހީދު
ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ

ކުޅުދުއްފުށީގައި މަސްކައްކައި ހިއްކުމާއި ލޮނުމަސް އެޅުމަށް ބިން ކުއްޔަށް ދޫކުރަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި މަސް ކައްކައި ހިއްކުމަށާއި ލޮނުއެޅުމުގެ މަސައްކަތުގެ އިތުރުން ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން އިއްޔެ ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާއިދުގެ (ޤަވައިދު ނަންބަރު: (2018/R-69 8 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އެ ސިޓީގައި މަސް ކައްކައި ހިއްކުމާއި، ލޮނުއެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައ...

އިބްރާހިމް ޚަލީލް
ނިހާންގެ ޝަރީއަތް: ރައީސާއި ނައިބު ސަލާމަތްވެއްޖެ، ޕީޖީ އާއި މަހްލޫފް ހާޒިރުކުރަނީ

ނިހާންގެ ޝަރީއަތް: ރައީސާއި ނައިބު ސަލާމަތްވެއްޖެ، ޕީޖީ އާއި މަހްލޫފް ހާޒިރުކުރަނީ

ޕީޕީއެމްގެ ކުރީގެ މަޖިލިސް އަހުމަދު ނިހާންގެ މައްޗަށް ދައުވާކުރާ މައްސަލާގައި ދިފާއީ ހެއްކެއްގެ ގޮތުން ޕީޖީ ހުސައިން ޝަމީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ކޯޓަށް ހާޒިރު ކުރެވޭނެ ކަމަށް މިއަދު ނިންމައިފި އެވެ. ރިޝްވަތު ހިފި ކަމަށް ބުނެ ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން ނިހާންގެ ފަރާތުން ދިފާއުގައި ހުށަހެޅީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ޕީޖީ ޝަމީމާއި މަހްލޫފާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޕީޕީއެމްގެ […]

ހުސައިން ހަބީބް
މޮސްޓާގެ ތައުރީފް ރައީސް ޞާލިޙަށް

މޮސްޓާގެ ތައުރީފް ރައީސް ޞާލިޙަށް

ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވަނީ ތަފާތުކުރުމެއްނެތް ސިޔާސަތެއް ކަމަށް ވިދާޅުވެ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދު ﷲ (މޮސްޓާ) ރައީސް ޞާލިޙަށް ތައުރީފް ކުރަށްވާފައެވެ. މޮސްޓާ އެ ރަށަކަށް ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލިސްގައި ތަމްސީލްކުރާ ނޮޅިވަރަމް ދާއިރާގައި ހިމެނޭ ނޮޅިވަރަމްފަރުގެ ފެނުގެ ޚިދުމަތް އިއްޔެ ވަނީ އިފްތިތާޙް ކޮށް، އެ ޚިދުމަތް އެރަށުގައި ފަށާފައެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުން ދައުވަތުދެއްވައިގެން މޮސްޓާ ވެސް ބައިވ...

އަލީ އާދިލް
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އިސްލާހު ގެންނަނީ

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުގެނައުމަށް، މަސްދަރު ހާމަކުރަން ނުޖެހޭގޮތަށް އިސްލާހު ގެންނަނީ

ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހަފްލާގައި ވާހަކަފުޅު ދައްކަވަމުން 2008 ވަނަ އަހަރު ރިޔާސީ ނިޒާމެއް އައުމުގެ ކުރީގައި ނޫސްވެރިކަމަށް އެތައް...

ޝިއުނާ އާދަމް