ސަރުކާރުގެ އެކި ވުޒާރާތަކާއި ބައްދަލުކުރުމަށް، ހދ. އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުން މާލެއަށް އަތުވެއްޖެ އެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ގެ ނިޔަލަށް ކުރާ މިދަތުރަކީ އެކައުންސިލް އިންތިހާބުވި ފަހުން ހުރިހާ މެންބަރުންނާއި އެކު މާލެއަށް ކުރާ ފުރަތަމަ ދަތުރެވެ.

Ad
rt

އިއްޔެ އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އެވެ.

މި ބައްދަލު ވުމުގައި ހދ. އަތޮޅު ރަށްރަށުގެ ސިވިލްސަރވަންޓުންނާއި ގުޅުންހުރި މައްސަލަތައް ހިއްސާކުރެވުނުކަމަށާއި ކައުންސިލްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި މައްސަލަ ތަކާއި ގުޅިގެން މަޝްވަރާކުރެވިފައިވާކަމަށް އެކައުންސިލުން ބުނެއެވެ.

އެއަށްފަހު އިސްލާމިކް މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގައި މަޝްވަރާކުރުމަށްޓަކައި، އިސްލާމިކް މިނިސްޓަރާއިއެކު މިއަދު ބައްދަލުވުމެއް ކުރިއަށް ގެންދިޔަ އެވެ. އައަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ މެނޭޖްމަންޓް އާއި ބައްދަލުވުމެއް ބޭއްވި އެވެ.

މީގެ އިތުރުންވެސް ސަރުކާރުގެ އިތުރު ވުޒާރާތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހދ. އަތޮޅު ކައުންސިލްގެ މެންބަރުން، ދިވެހި ރާއްޖޭގެ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް އާއި ލޯކަލް ގަވަރމަންޓް އަދި ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރުމަށް މާލެ އައުމަށް އެޖެންޑަރކޮށް މަޝްވަރާކޮށްފައި ވެއެވެ. ނަމަވެސް، އެކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ އާންމު ބައްދަލުވުމުން މިކަން ފާހެއް ނުވި އެވެ.

ފާސްކުރުމަށް ހުށައަޅާފައިވަނީ، އަތޮޅު ކައުންސިލް މެންބަރުން މާލެ ވަޑައިގަތުމަށް ކަނޑުމަގުން ދަތުރު ހަމަޖެއްސުމާއި މާލެއިން ލިބެންހުރި އެންމެ އަގުހެޔޮ އެކޮމަޑޭޝަން ހަމަޖެއްސުމަށެވެ.

ނަމަވެސް އެހެން ބައްދަލުވުމެއްގައި އެކައުންސިލްގެ ބައްދަލުވުމަކުން ވަނީ މާލެ ދަތުރު އައުމަށް ނިންމުމެއް ނިންމާފަ އެވެ.