ހެއްކާއިބެހޭ ގާނޫނުގައި ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަތު ހާމަކުރަން މަބޫރުވާގޮތަށް އޮތުމުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެ ގާނޫނު އިސްލާހުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ބްރޮޑްކާސްޓް އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން 2008 ވަނަ އަހަރު ރިޔާސީ ނިޒާމެއް އައުމުގެ ކުރީގައި ނޫސްވެރިކަމަށް އެތައް ހުރަސްތަކާއި ދަތިތައް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް ދައްޗެއް މިއަދު ނެތް ކަމަށެވެ. އެކަމަކު އަދިވެސް ދާއިރާއަށް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުން އައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ނޫސްވެރިންނާ ދާއިރާގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ހެއްކާބެހޭ ޤާނޫނުގެ 130 ވަނަ މާއްދާއަށްކަމަށެވެ. މި ޤަނޫނުން ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް އޮތް އޮތުމަށްވެސް ބަދަލު ގެންނެވުމަށް ނިންމާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ހެއްކާބެހޭ ޤާނޫނުގެ 130ވަނަ މާއްދާއަށް މިޑިއާގެ ކަންބޮޑުވުން އެބަހުރި. މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފިން. މިކަމަށް ޙައްލުހޯދުމަށް ޤާނޫނަށް އިސްލާހު ހުށައެޅުމަށް ނިންމައިގެން މިހުރީ."

ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަށް ޤާނޫނީ ހުރަހެއްގެ ގޮތުގައި ކުރިން، "އަބުރު ރައްކާތެރިކުރުމުގެ ނަމުގައި" އޮތް ޤާނޫނު މި ސަރުކާރުން އުވާލައްވައި، ނޫސްވެރިންނަށް މިކަމުގައި އޮތް ކަނބޮޑުވުންވެސް ޙައްލުކޮށްދެއްވާފައިވާ ކަމަށެވެ.

މި ސަރުކާރު ޙަވާލުވެ، ނޫސްވެރިންނަށް ޤާނޫނީގޮތުން ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް މުހިންމު ބަދަލުތަކެއް ގެނެސްދީފައިވީނަމަވެސް ކަމަކާ ގުޅިގެން ފެންނަ ގޮތާއި ދެކޭގޮތް ހާމަކުރާއިރު، ފާއެކަކު އަނެކަކަށް އިހްތިރާމާއިއެކު އެކަންކުރުމަށް އިލްތިމާސްކުރެއްވިއެވެ.