މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1258 ވަނަ ޞަފްޙާ

ލިވަޕޫލް އެއްވަރުވިއިރު، ޗެލްސީއަށް މޮޅެއް

ލިވަޕޫލް އެއްވަރުވިއިރު، ޗެލްސީއަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ލިވަޕޫލްގެ އެންފީލްޑްގައި މިރޭ ބްރައިޓަންއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ބްރައިޓަންއިން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ވެލްބެކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޓްރޮސާޑް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ފުޓްބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫގެ ޒުވާނުން އިސްނަގައިގެން ހަނިމާދޫ ލީގް 2022/2023 ގެ ނަމުގައި ފުޓްބޯޅަ ލީގެއް އެ ރަށުގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވާއިރު ފުރަތަމަ ބުރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އޮކްޓޯބަރ އަދި ނޮވެމްބަރ ގައެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ […]

އިބްރާހިމް ޚަލީލް
ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރުކޮށްފި

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރުކޮށްފި

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ފުރަތަމަ ފަހަރަށް ފްލައިޓެއްގައި ދަތުރު ކޮށްފި އެވެ. ގިނިސް ބުކް އޮފް ވޯލްޑްރް ރެކޯޑުގެ އެ ޝަރަފު އޮންނަނީ ތުރުކިޔާއަށް ނިސްބަތްވާ ރުމޭސާ ގެލްގީ އަތުގައި އެވެ. އޭނާ މިރެކޯޑު ހޯދީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބިފައި އޮތީ އެންމެ ދިގު ފުރާވަރު އަންހެން ކުއްޖާގެ ރެކޯޑެވެ. ރިޕޯޓުތައް ބުނާގޮތުގައި ރުމޭސާ އިސްކޮޅުން ދިގު ކަމުން އޭނާއަށް ދަތުރުފަތުރު […]

މުޙައްމަދު ވަސީމް
ކޮފީ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ހިލޭ ކޮފީ

ކޮފީ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ހިލޭ ކޮފީ

ބައިނަލްއަގުވާމީ ކޮފީ ދުވަހާ ގުޅިގެން އެސްޓީއޯ އިން ހިލޭ ކޮފީ ލިބޭ ހަރާކާތެއް ފަށައިފިއެވެ. އެސްޓީއޯ އިން މި ހަރަކާތް ކުރިއަށްގެންދަނީ ލިލީ އެންޓަޕްރައިސް އާއި ސިޓީ އިންވެސްޓްމެންޓް އަދި އަނާ އިންވެސްޓްމެންޓް ގުޅިގެންނެވެ. އެގޮތުން ކޮފީ ބުއިމަށް ލޯބިކުރާ ފަރާތްތަކަށް ހިލޭ ކޮފީ ލިބޭ ހަރަކާތެއް މިއަދު ވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ފަށައިފައެވެ. މިއަދު ހަވީރު 4:00ގައި ފެށި މިހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އާ ހަމައަށެވެ. އެސްޓީއޯ އިން މައުލޫމާތު ދޭ ގޮތުގައި […]

އަޙްމަދު ވަހީދު
ރާއްޖެ-ޗައިނާ ގުޅުމަށް ހީނަރުކަމެއް ނައިސް ބަދަހިވާނެ: ރައީސް

ރާއްޖެ-ޗައިނާ ގުޅުމަށް ހީނަރުކަމެއް ނައިސް ބަދަހިވާނެ: ރައީސް

ޗައިނާގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިވެ، ޤައުމުގެ ކުރިމަގު އިތުރަށް ތަރައްޤީކުރުމަށް އާ އަޒުމެއްގައި ޗައިނާގެ ރައްޔިތުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ 73 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގަށް ރައީސ...

މުޙައްމަދު އަފްރާޙް
ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ

ސާނަވީ ތައުލީމު ކުރިއަރުވަން ވޯލްޑް ބޭންކުން ރާއްޖެއަށް 9 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ ސާނަވީ ތައުލީމުގެ ނިޒާމު ކުރިއެރުވުމަށް ވޯލްޑް ބޭންކުން 9 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ. ވޯލްޑް ބޭންކުން ފާހަގަ ކޮށްފައިވާ ގޮތުގައި ޅަފަތުގެ ތައުލީމާއި އަސާސީ ތައުލީމާއި އަދި ފަށާ ސާނަވީ ތައުލީމު ރާއްޖެއިން އެންމެންނަށް ފޯރުކޮށްދީފައި ވީނަމަވެސް، މަތީ ސާނަވީ ތައުލީމު ހާސިލުކުރާ މިންވަރާއި އަދި އެ ލެވެލްގައި ދެ ޖިންސުގެ ދެމެދުގައި އޮތް ފަރަގު ބޮޑުވުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އަދި އުނގެނުމުގެ ނަތީޖާ މެދުމިންވަރެއްގައި ހުރިއިރު، އަތޮޅުތަކުގެ މެދުގައި...

އަޙްމަދު ވަހީދު
ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުންނާއި، މަޝްރޫއުތައް ހިންގަން ދަތިވޭ: އަސްލަމް

ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުންނާއި، މަޝްރޫއުތައް ހިންގަން ދަތިވޭ: އަސްލަމް

ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މަޝްރޫއުތައް ހިންގަން ދަތިވާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31-41 ޕަސެންޓު މީހުން އުޅެމުންދާ ކަމ...

މުޙައްމަދު އަފްރާޙް
ނޯތު ލަންޑަން ޑާބީ މެޗު އާސެނަލް ކާމިޔާބު ކޮށްފި

ނޯތު ލަންޑަން ޑާބީ މެޗު އާސެނަލް ކާމިޔާބު ކޮށްފި

އިނގިރޭސި ލީގުގައި ނޯތު ލަންޑަން ޑާބީ މެޗު 3-1 ގެ ނަތީޖާއިން ޓޮޓެންހަމް މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މި މެޗުގައި އާސެނަލް ގޯލު ހުޅުވައިލަދިނީ ގާނާގެ މިޑްފީޑަރ ތޯމަސްޕާޓޭ ގެ ރީތި ގޯލަކުންނެވެ. މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާވެސް ވަނީ މި ގޯލުގެ ރީތިވާހަކަ ދައްކާފައެވެ. އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ވަށްދާލީ މެޗުގެ 20 ވަނަ މިނެޓުގައި ބެންވައިޓް ޖައްސާލި ބޯލައަކުންނެވެ. މެޗުގެ 31 ވަނަ މިނެޓުގައި […]

އަލީ ރިޔާޟް
މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ. މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި […]

މުޙައްމަދު އަފްރާޙް
އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު

އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު

މި އޮކްޓޯބަރު މަހުގެ ތިނެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރެއްވި ދެންނެވުމެއްގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ވަޒީރުނ...

ޔުމްނާ ޢަލީ
ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް ތަމްރީން ޕްރޮގްރާމެއް ހަނިމާދޫގައި ފަށައިފި

ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ތަމްރީން ޕްރޮގްރާމެއް ހދ. ހަނިމާދޫ ގައި ފަށައިފި އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ޕްރޮގްރާމަކީ ވިޔަފާރީ ކުރުމުގައި ހަރަކާތްތެރިވާ އަންހެނުންގެ ދައުރު އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްއެއް ފަށާފައިވަނީ މިއަދު ކަމަށެވެ. ސިލްސިލާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަ...

މުޙައްމަދު އަފްރާޙް
މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު: ފައްޔާޒު

މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު: ފައްޔާޒު

މިއީ ޕާކިސްތާނުން ރާއްޖެއަށް ވެދިން އެހީތެރިކަން ހަނދާންކޮށް، ދިވެހިން ޕާކިސްތާނަށް އެހީވާންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް ބާއްވާ “ހެލްޕް ޕާކިސްތާން” ޓެލެތޯން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ޕާކިސްތާނާ ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ގާތްގުޅުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޕާކިސްތާނ...

މުޙައްމަދު އަފްރާޙް
''ސަރުކާރުގެ ސިޔާސަތަކީ، އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ޚިދުމަތްތައް ޤާއިމުކުރުން''

''ސަރުކާރުގެ ސިޔާސަތަކީ، އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، ޚިދުމަތްތައް ޤާއިމުކުރުން''

މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށް، އެކަމަށް ބޭނުންތެރި ޚިދުމަތްތައް ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަދާރަން ސިލެކްޓް ހުދުރަން ފުށީގައި މިރޭ ބޭއްވި ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2022 ގެ ހަވަނަ އެޑިޝަންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކޮށ...

މުޙައްމަދު އަފްރާޙް
އަމީނީ މަގުން ގަސްތައް ކަނޑާ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވައިފި

އަމީނީ މަގުން ގަސްތައް ކަނޑާ މައްސަލަ ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވައިފި

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ ޝުނާނާ އެންޑް ކޯ ލޯ ފާމުން ނެވެ. ހައުސިންގ މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އެ މައްސަލައިގައި ދިވެހި ސަރުކާރުގެ މުއައްސަސާތަކުގެ މައްޗަށް ތިމާވެށި ހިމާޔަތް ކުރުމާއި ރަނގަޅު ތިމާވެށީގެ ވެއްޓެއް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރ...

މުޙައްމަދު އަފްރާޙް
ފަސޭހަކަމާއިއެކު ލެވަކޫސަން ބަލިކޮށް ބަޔާން ދެވަނައަށް

ފަސޭހަކަމާއިއެކު ލެވަކޫސަން ބަލިކޮށް ބަޔާން ދެވަނައަށް

ޖަރުމަނު ބުންޑަސް ލީގުގައި ރޭ ބަޔާން ލެވަކޫސަންއާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ބަޔާންގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 19 އަހަރުގެ މިޑްފީލްޑަރ ޖަމާލް މުސިއާލާގެ މޮޅު ކުޅުން މި މެޗުގައި ވެސް […]

އިބްރާހިމް ޚަލީލް
ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ހަނިމާދޫގައި ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މި އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުރަޒާއި ގުޅޭގޮތުން ތިލަދުންއަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެންބަރު ހާރިޘާ މުޙައްމަދު ވިދާޅުވެފައި ވަނީ މި މައުރަޒުގައި ދަނޑުވެރިން ހައްދާ ތަކެތި ވިއްކ...

އިބްރާހިމް ޚަލީލް
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތްކުރަން ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތްކުރަން ހަވާލުކޮށްފި

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ. ބާ ޖަމާލުއްދީން ބިމުގައި އަޅާ މި ދެ ސްކޫލް އެޅުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަމީން ކޮންސްޓްރަކްޝަންގެ ސެކްރެޓަރީ އިބްރާހިމް ނިހާދެވެ. މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އަޅާ ދެ ސްކޫލް އެޅުމަށް އެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 168.5 މިލިއަން ރުފިޔާ އަށް...

މުޙައްމަދު އަފްރާޙް
ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތެއް ނުކުރޭ: އެމްއެންޕީ

ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތެއް ނުކުރޭ: އެމްއެންޕީ

ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތެއްގައި ކަމާބެހޭ އިދާރާތަކަށް މަސައްކަތް ނުކުރާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ. އެމްއެންޕީން މިހެން ބުނެފައި މިވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާން ހޯދުމުގެ މަސައްކަތަށް އެދެވޭ ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވާތީ، ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގެއްލިގެން ހޯދާ މީހުން ހޯދުމަށް އެދެވޭގޮތުގައި މަސައްކަތްތަކެއް ކަމާބެހޭ އިދާރާތަކުން ކުރަމު...

މުޙައްމަދު އަފްރާޙް