ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މަޝްރޫއުތައް ހިންގަން ދަތިވާ ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތްކުރި ފްލެޓުތައް ނިންމައި، މުވައްޒަފުންނަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެ ތަންތަނަށް ގަވައިދުން ފައިސާ ނުދައްކާ 31-41 ޕަސެންޓު މީހުން އުޅެމުންދާ ކަމަށެވެ.

Ad
rt

ދެމެހެއްޓެނިވި ގޮތެއްގައި އެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ނަމަ ގަވައިދުން ކުލި ދައްކަން ޖެހޭ ކަމަށާއި ކުލި ނުދެއްކުމުގެ ސަބަބުން މާލީ ގޮތުން ދަތިވެ، މިފަދަ މަޝްރޫއުތައް ހިންގަން އުނދަގޫވާ ކަމަށް ވެސް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މަހްޖޫބު ޝުޖާއު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.'

އޭނާގެ ވާހަކައިގާ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކުންފުންޏަކަށް އެމްއޭސީއެލް ވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މުވައްޒަފުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް އެކި އިނާޔަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ި މީގެ ހަތަރު އަހަރު ކުރިން ފްލެޓު އެޅުމުގެ މަސައްކަތް ފެށީ ވެސް އެ ވިސްނުމުގައި ކަމަށް މަހްޖޫބު ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކޮށްގެން އިމާރާތްކުރި ފްލެޓްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު ކުރިންއޮތީ 15 އަހަރަށް ނަމަވެސް، މިހާރުވަނީ 20 އަހަރަށް އިތުރުކޮށް، ޑައުންޕޭމަންޓު ދެއްކުމުގައި ލުއި ގޮތްތަކެއް ވެސް ހޯދައިދީފަ އެވެ.

އެ ކުންފުނިން އިމާރާތްކޮށްފައި ވަނީ 14 ބުރީގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 240 އެޕާޓްމަންޓެވެ.