މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1257 ވަނަ ޞަފްޙާ

ހައިކޯޓުން މިފަހަރު ވެސް ހުނޫ ބަންދެއް ނުކުރި

ހައިކޯޓުން މިފަހަރު ވެސް ހުނޫ ބަންދެއް ނުކުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓިކްޓޮކް ތަރި ހުނޭސާ އާދަމް (ހުނޫ) ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލުމުގައި ގޯހެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ. ހުނޫ އާއި އިތުރު ބައެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފައިވާތީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން ހުނޫ ދޫކޮށްލި އެވެ. އެ މައްސަލާގައި ފުރަތަމަ ހައިކޯޓުން އަންގާފައި އޮތީ އޭނާ ދޫކޮށްލުން ގޯސް ވިޔަސް، ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް […]

ޔުމްނާ ޢަލީ
ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ހުޅުދޫ ބަނދަރުގެ 93 އިންސައްތަ ނިންމާލައިފި

ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެމްޓީސީސީން ބުނިގޮތިގައި މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 114 މީޓަރުގެ ބޭރ...

އަޙްމަދު ވަހީދު
ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ބޯހިމެނުން ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ހާމަކުރައްވައިފި އެވެ. އެމްބީއެސް އިން ބުނީ އެ މަސައްކަތް ރާއްޖޭގެ ހުރިހައި ސަރަހަައްދެއްގައި ނިންމައިލިޔަސް ގާތްގަޑަކަށް 900 އެއްހާ ތަނުގެ މައުލޫމާތު އަދިވެސްނުލިބޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެމްބީއެސް އިން ބުނީ ތަޅުލާފައި ހުރުމާއި ގުޅޭނެ ގޮތް ނުވުން ކަމަށެވެ. އަދި މައުލޫމާތުދޭ ވަރުގެ މީހަކާ ދިމާނުވުމާއި ރަށުން ބޭރުގައިވުމުން ވެސް މައުލޫމާތު ނުލިބުމުގެ ސަބަަބެއް ކަމަށް...

މުޙައްމަދު އަފްރާޙް
އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

އެމްޕީއެލްގެ ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމެންޓްސް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކޮންޓެއިނަރ ހެންޑްލިންގ އިކުއިޕްމެންޓްސް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ. އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އޭރުން ޕޯޓުގެ އެފިސެންސީ ކޮންމެވެސް ވަރަކަށް އިތުރުކުރެވޭނެ ކަމަށެވެ. އެގޮތުން އެއް ޓަގާއި ހަތަރު ރީސްޗެކަރ އަދި ފަސް ފޯކްލިފްޓް މިއަހަރުގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޝާހިދު ވިދާޅުވި އެވ...

މުޙައްމަދު އަފްރާޙް
މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފ. މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތެވެ. ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މި އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިމެނޭ ގޮތަށް 47.8 ހެކ...

އަޙްމަދު ވަހީދު
މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި

މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފި

ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމަށް އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ. ”މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން” ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ތިން ދުވަހުގެ މުއްދަތަށް ގެންދިޔަ މި ބައްދަލުވުމުގައި އެ އަތޮޅުގެ 14 ރަށުން، ކޮންމެ ރަށެއްގެ އަންހެނުން ކޮމިޓީގެ ރައީސާއި ކައުންސިލ...

ޔުމްނާ ޢަލީ
''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި

''ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022'' ފަށައިފި

ހއ. ކެލާ ޔޫތު ފޯރަމުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ޔޫތު ފޯރަމްގެ ވޮލީ މުބާރާތް 2022” އިއްޔެ ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ އަންހެން ބަޔާއި ފިރިހެން ބަޔެވެ. މިއީ އެ ޖަމިއްޔާއިން އަންހެން ބޭފުޅުންނަށް ބާއްވާ 4 ވަނަ މުބާރާތެވެ. ފިރިހެން ބޭފުޅުންނަށް ބާއްވާ 6 ވަނަ މުބާރާތެވެ. މި މުބާރާތުގެ އަންހެން ބައިގައި އިއްޔެ ބައްދަލުކުރީ ވަށަފަރު ޓީމާއި ދިއްދޫ ރިއަލް ޓީ ސްޕޯޓްސް ކްލަބެވެ. މި […]

ޔުމްނާ ޢަލީ
ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މައްސަލަ ހުށަހަޅައިފި

ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މައްސަލަ ހުށަހަޅައިފި

ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރ، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް މައްސަލަ ހުށަހަޅުއްވައިފިއެވެ. މިމައްސަލައިގައި ރިޔާޟް ސިޓީ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. އެމްއެންޕީން ބުނީ މި މައްސަލަ ހުށަހެޅީ...

އަލީ އާދިލް
ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރަން ނޮޅިވަރަމް ތައްޔާރު

ހދ. އަތޮޅު ޤުރްއާން މުބާރާތުގެ ބައިވެރިންނަށް މެހްމާންދާރީ އަދާކުރުމަށް ނޮޅިވަރަމް ތައްޔާރުވެފައިވާ ކަމަށް ނޮޅިވަރަމް ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅުގެ މި އަހަރުގެ ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިކަންހުރި ކައުންސިލްތަކަށް ހދ. އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން މިފަހަރުގެ މުބާރާތް ބާއްވަން ޕްރޮޕޯސަލް ކާމިޔާބުކޮށްފައި ވަނީ ނޮޅިވަރަމް ކައުންސިލުންނެވެ. ނޮޅިވަރަމް ކައުންސިލް މެންބަރު އަދި އެ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ...

ޔުމްނާ ޢަލީ
"ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް

"ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް

“ކޯވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” ޕްރޮގްރާމަށް ހުށަހެޅުމުގެ މުއްދަތު މި އޮކްޓޯބަރ މަހުގެ 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފި އެވެ. އިިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑްބޭންކް ގުޅިގެން “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް”ގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑް-19އާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީން އެހީ ފޯރުކޮށްދިނުމެވެ. މި އެހީއަށް ހުށަހެޅޭ ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި އ...

މުޙައްމަދު އަފްރާޙް
''ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި، އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި''

''ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި، އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި''

ރާއްޖޭގެ ފަތުރުވެރިކަމަށް ބައި ގަރުނު ހޭދަވެގެން ދިޔައިރު، އެ ބައި ގަރުނު ނިމިގެން ދިޔައީ ޓޫރިޒަމް ނެތް ހދ.ގެ ގޮތުގައި ކަމަށާއި އަދި އެ އުއްމީދުގައި އިތުރުވި މާޔޫސްކަމުގައި ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މި އަހަރު 50 އަހަރު ފުރޭނެއެވެ. ސަރުކާރުން ވަނީ މި ސިނާއަތުގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މި ދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑް […]

އަލީ އާދިލް
މަޔޯކާ ބަލިކޮށް ބާސާ ލީގު ތާވަލުގެ އެއް ވަނައަށް

މަޔޯކާ ބަލިކޮށް ބާސާ ލީގު ތާވަލުގެ އެއް ވަނައަށް

ހޮނިހިރުދުވަހުގެރޭ އާރުސީޑީ މަޔޯކާ އާއި ދެކޮޅަށް ކުޅުނުމެޗުން މޮޅުވެ ބާސާ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އިތުރަށް އެއްމެޗު ކުޅެގެންނެވެ. މިރޭ އޮސަސޫނާ އާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއަށް އަބުރާ ތާވަލުގެ އެއްވަނައަށް އެރޭނެއެވެ. މަޔޯކާގެ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި […]

އަލީ ރިޔާޟް
މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވައިފި

މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހު ކުރުމަށް ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ހެއްކާބެހޭ ޤާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް‬ ހުށަހަޅާ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ. އެޓަރނީ ޖެނެރަލް ގެ އޮފީހުން ވިދާޅުވީ އެ ބިލުް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަޞްދަރު ހާމަކުރުމަށް ލާޒިމުކުރާ ޙާލަތްތައް މިހާރު އެ ޤާނޫނުގައި އޮތް...

މުޙައްމަދު އަފްރާޙް
ބަންޑުން ޖަހާލި ބޯޓުގައި ތިބި ފަޅުވެރިން މާލެ ގެނެސްފި

ބަންޑުން ޖަހާލި ބޯޓުގައި ތިބި ފަޅުވެރިން މާލެ ގެނެސްފި

އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުން ގޯސްވެ، ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބަންޑުން ޖަހާލި ބޯޓުން ކަނޑުވި ހަ ފަޅުވެރިން ރޭ މާލެ ގެނެސްފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފި އެވެ. މިބޯޓު އިންޑިއާގެ ޓުޓްކޮރިން އިން ފުރާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެބޯޓުން ޖުމްލަ 7 މީހުން ދަތުރުކުރި އެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެމްއެންޑީއެފް […]

އިބްރާހިމް އަސްވާޤް
ރިޝްވަތު ނަގައިގެން ހުކުމުތައް ކުރަމުންދަނިކޮށް، ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު

ރިޝްވަތު ނަގައިގެން ހުކުމުތައް ކުރަމުންދަނިކޮށް، ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު

މީލާދީން 500 ވަނަ އަހަރު ފާރިސްކަރައިގައި އުޅުނު ނަޒާހަތްތެރިކަމެއް ނެތް ފަނޑިޔާރެކެވެ. ނަމަކީ ސިސާމްނެސް އެވެ. އޭނާގެ އަނިޔާވެރިކަން ކޮޅުންލައިގެން ދިޔައެވެ. ނަމަވެސް އިންސާފު އައިސް އޭނާއާ ވެސް އަރާ ހަމަކުރިއެވެ. އޭނާގެ މައްޗަށް ކުރެވުނު ހުކުމަކީ ދިރިހުއްޓައި އޭނާގެ ހަށިގަނޑުން ހަންގަނޑު ދަމައިގަތުމެވެ. މީލާދީން 16 ވަނަ ގަރުނުގެ ކުރެހުމެއްގައި އެ މަންޒަރު ސިފަކޮށްދީފައިވެއެވެ. ސިސާމްނެސްއަކީ ފާރިސް ކަރައިގެ ރަސްގެފާނު ކެމްބިސެސް llގެ ދުވަސްވަރު އުޅުނު ޝާހީ ފަނޑިޔާރެކެވެ. ކޯޓުގައި ރިޝްވަތު ނަގަ...

ޢަބްދުﷲ ސަޢީދު
ބޮލުގައި ރިއްސަނީތަ؟ ކޮންކަހަލަ ރިހުމެއްބާ!

ބޮލުގައި ރިއްސަނީތަ؟ ކޮންކަހަލަ ރިހުމެއްބާ!

ބޮލުގައި ރިހުމަކީ އަހަރުމެންގެ ތެރެއިން އެންމެ ސިއްޙީގޮތުން ދުޅަހެޔޮމީހާއަށްވެސް ދިމާވެފައިވާނޭ ކަމެއްކަން ޔަޤީނެވެ. މިއީ ވަރަށް ގިނައިން ދޭތެރެ ދޭތެރެއިން ގިނައިން މީހުންނަށް ދިމާވާކަމެކެވެ. އެހާމެ އާންމުކަމެއް ކަމުގައިވުމުން މިކަމަށް ދެވިގެންދާ ސަމާލުކަންވެސް އެހާމެ ކުޑަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ. ބައެއްމީހުން ބޮލުގައި ރިހޭތަނުން ޕެނެޑޯލް ގުޅައެއްކާލައެވެ. އަނެއްބަޔަކު އަވަހަށް އެނދަށް އަރާ އޮށޯންނައިރު، ބައެއްމީހުން އެއްވެސް ކަމެއް ނުކޮށް، ހިނދުކޮޅަކުން ފިލައިގެންދާނޭކަމުގެ އުނ...

އަންޖުމް އިސްމާޢީލް މުޙައްމަދް
ޕީއެސްޖީ މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް

ޕީއެސްޖީ މޮޅުވެ އަލުން ތާވަލުގެ އެއްވަނައަށް

ފްރާންސް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނުމެޗުން 2-1 ގެ ނަތީޖާއިން ނައިސް ބަލިކޮށް ޕީއެސްޖީ އަލުން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. މި މެޗަށް ޕީއެސްޖީ ނުކުތީ ފުރަތަމަ 11 ގައި ހުނަރުވެރި ފޯވާޑް ކެއިލިން އެމްބާޕޭ ނުލައެވެ. ފަހުން ބެންޗުގައި އިދެ ކުޅެންނުކުމެ ގޯލެއްޖަހައި އެމްބާޕޭ ވަނީ ޕީއެސްޖީ މޮޅުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ގޯލު 29 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ އެންމެފަހުން ގައުމީ […]

އަލީ ރިޔާޟް
ތިން އަހަރަށްފަހު ރޯމާއިން އިންޓަމިލާން ބަލިކޮށްފި

ތިން އަހަރަށްފަހު ރޯމާއިން އިންޓަމިލާން ބަލިކޮށްފި

އިޓަލީ ލީގުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރާ 2-1 ގެ ނަތީޖާއިން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރިހޯދައިފިއެވެ. މިއީ 2019 ވަނަ އަހަރު ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ފަހުން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ. ރޭ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖެކޯ ވަނީ އިންޓަމިލާންއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ވީއޭއާރު ބެލުމަށްފަހު ވަނީ މީ އޮފްސައިޑް ގޯލެއްކަމަށް ނިއްމާފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބަރެއްލާގެ […]

އަލީ ރިޔާޟް