މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢަޞްރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1259 ވަނަ ޞަފްޙާ

ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފި

ޕާކިސްތާނަށް އެހީވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފި

ޕާކިސްތާނަށް އެހީވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިސްލާމިކް އޯގަނައިޒޭޝަން ފޮރ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) އިން ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވައިފި އެވެ. އެފަދައިން ގަވައިލެއްވީ އައިއޯސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއޯސީސީ ރައީސް، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް ދިމާވެފައިވާ ދަތި ޙާލަތާ ގުޅިން އެހީތެރިވުމަށް ގޮވާލައި އައިއޯސީސީ އިން ބާއްވި ޚާއްޞަ ޕްރެންސް ކޮންފަރެންސް ގ...

މުޙައްމަދު އަފްރާޙް
މުނާސަބަތުތައް ފާހަގަ ކުރުމުގައި ހަރަދު ކުޑަކުރަން އެދިއްޖެ

މުނާސަބަތުތައް ފާހަގަ ކުރުމުގައި ހަރަދު ކުޑަކުރަން އެދިއްޖެ

އެކި މުނާސަބަތުތައް ފާހަގަކުރުމަށް ބާއްވާ ދުވަސްތައް އިންތިޒާމު ކުރުމުގައި ހަރަދު ކުޑަކުރަން ތައުލީމާބެހޭ ވުޒާރާއިން ރާއްޖޭގެ މަދަރުސާތަކަށް އަންގައިފިއެވެ. ތައުލީމާބެހޭ ވަޒީރު، ޑރ. އައިޝަތު ޢަލީ ސޮއިކުރައްވާ ސަރުކާރުގެ ހުރިހާ މަދަރުސާތަކުގެ އިސްވެރިންނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ، މަދަރުސާތަކުން އެކި މުނާސަބަތުތަކާއި ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. މި ގޮތަށް ކުރާ ހޭދައަށް ބޭނުންވާ ފައިސ...

ޔުމްނާ ޢަލީ
ހިންނަވަރުގައި ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ހިންނަވަރުގައި ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ މުބްތަދާ އަލީ ކިޔާ ޒުވާނެކެވެ. ހިންނަވަރުން ”ތިލަދުން” އަށް މައުލޫމާތުދިން މީހަކު ބުނީ އޭނާ ނިޔާވީ ފުޓްބޯޅަ ކުޅެ ނިމިގެން ފެން ބޯން ހުއްޓާ މެއަށް ތަދެއް އަރައިގެން ވެއްޓުމުން، ނައިފަރަށް ގެންދިޔަ ފަހުން ކަމަށެވެ. މާފުށީ ޖަލުގައި ޑިއުޓީގައި ހުރި ޒުވާން އޮފިސަރަކު ވެސް ރޭ ދަންވަރު ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ. މީގެ އިތުރުން […]

މުޙައްމަދު އަފްރާޙް
ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ

ހުޅަނގު މޫސުމުގެ ބާރު ގަދަވެއްޖެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ

ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށްއޮތް 5 ދުވަހު ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ. މެޓް އޮފީހުން މިރޭ ބުނީ، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ދެމެދުގެ ރަށްތަކަށް […]

އިބްރާހިމް އަސްވާޤް
ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (4)

ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (4)

ކުރީ އަދަދާއި ގުޅޭ “ސާބަސް ޔާނު. އަދިވެސް ބުނާނެ ބިރުވެރި ފިލްމު ބަލާނަމޭ. އެކްޓެއް ކޮށްލީމަ ވާ ވަރު މި ފެނުނީ”. ކުއްލިއަކަށް އެސްފިޔަ ޖަހާލުމާއެކު ޝެލިން ހޭން ފަށައިފިއެވެ. ލިޔާނާއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ޝެލިން ކުރީ އެކްޓެއް ކަމާމެދު އޭނާއަށް ޝައްކެވެ. އެއީ އެހާ ސީރިޔަސް އަންހެންކުއްޖެއް ނޫނެވެ. ދޮގެއް ހަދާނަމަ އެ މޫނުން ލާނެތް ހިނިތުންވުމެއް ފާޅުވާނެއެވެ. އަމުދުން ލިޔާނާ ކުރިމަތީ އިންދާ އެފަދަ ކަމެއް ކުރުން އެއީ ޝެލިންއަށް ނުވާނޭ […]

މާސާ
ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި

ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި

ހދ. ހަނިމާދޫ އެއަރޕޯޓް ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވެ އަޑިއަށް ގޮސްފި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ހަނިމާދޫ ޕޯސްޓަށް ލިބުނީ މިއަދު 12:41 ހާއިރުކަމަށެވެ. އަޑިއަށް ގޮސްފައިވަނީ ލީން އެކްސްޕްރެސް ނަމަކަށް ކިޔާ ލޯންޗެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި ލޯންޗު ވަނީ އެ ސަރަހައްދުން […]

އިބްރާހިމް އަސްވާޤް
ޕަބްޖީ ކުޅޭ ފަރާތްތަކަށް އުރީދޫގެ ހާއްސަ އޮފާއެއް

ޕަބްޖީ ކުޅޭ ފަރާތްތަކަށް އުރީދޫގެ ހާއްސަ އޮފާއެއް

ޕަބްޖީ ކުޅުމަށް އުރީދޫ ޕަބްޖީ ޑޭޓާ ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ. އުރީދޫގެ މި އޮފާގެ ދަށުން އުރީދޫ ޕަބްޖީ ޑޭޓާ ޕެކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވީއާރު ކެފޭއިން ހިލޭ ވީއާރު ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި އޮފާގައި ބައިވެރިވޭނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. މި އޮފާގައި ބައިވެރިވާ ފަރާތްތަތުގެ ތެރެއިން ފަސް ބައިވެރިއެއް ހޮވާނެއެވެ. ކޮންމެ މީހަކަށް އެއް ގަޑިއިރު ވީއާރު ކެފޭގައި ހޭދަ ކުރުމުގެ […]

އަޙްމަދު ވަހީދު
ދިވެހިންނަށް ޤުރުއާން ކިޔަވައިދިނުމުގައި 25 އަހަރު ހޭދަކުރެއްވި، ޤާރީ ސަރ އަށް އެހީހޯދަން ހަރަކާތްތަކެއް!

ދިވެހިންނަށް ޤުރުއާން ކިޔަވައިދިނުމުގައި 25 އަހަރު ހޭދަކުރެއްވި، ޤާރީ ސަރ އަށް އެހީހޯދަން ހަރަކާތްތަކެއް!

އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް (ގާރީ ސަރ) އަކީ އިންޑިޔާގެ ޗެންނާއީ އަށް އުފަން ރައްޔިތެކެވެ. 1997 ވަނަ އަހަރު ރާއްޖެ އައިސް އެންމެ ފުރަތަމަ ޤުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ސްކޫލްގައެވެ. 5 ވަރަކަށް އަހަރު އެރަށުގައި އުޅުމަށްފަހު ކުޅުދުއްފުށީގައި ޤުރުއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެ އެވެ. ފާއިތުވި ފަނަރަ ވަރަކަށް އަހަރު ކުރިނބީގެ ދަރިވަރުންނާއި އެ ރަށުގެ ރައްޔިތުންނަށް ޤުރްއާން ކިޔަވައިދެމުގައި އޭނާ ހޭދަކުރައްވާފައިވެއެވެ....

އިބްރާހިމް ޚަލީލް
ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ނމަޝްރޫއުގެ ދަށުން އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ […]

އަޙްމަދު ވަހީދު
50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ އަތޮޅު ޔެލޯ އެލާޓް

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ އަތޮޅު ޔެލޯ އެލާޓް

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:15 އިން ފެށިގެން 18:00 އާއި ހަމައަށެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 […]

އިބްރާހިމް އަސްވާޤް
''ވަން ރިޒޯޓް، ވަން އައިލެންޑް'' ބްރޭންޑް ދޫކޮށްލެވޭކަށް ނެތް: ރައީސް

''ވަން ރިޒޯޓް، ވަން އައިލެންޑް'' ބްރޭންޑް ދޫކޮށްލެވޭކަށް ނެތް: ރައީސް

ފަތުރުވެރިކަމުގައި ރާއްޖޭގެ ބްރޭންޑެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ “ވަން ރިޒޯޓް، ވަން އައިލެންޑް” ބްރޭންޑަކީ ދޫކޮށްލެވޭނެ ބްރޭންޑެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް، މިހެންވިދާޅުވީ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ “އެޕްރިސިއޭޝަން ރިސެޕްޝަން” ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިން ވަނީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމ...

ޔުމްނާ ޢަލީ
އިހަވަންދޫ މިސްކިތްމަގު މައިޒާނުގައި ބަހައްޓާފައި ހުރި މޮނިއުމަންޓް ހަލާކުކޮށްލައިފި

އިހަވަންދޫ މިސްކިތްމަގު މައިޒާނުގައި ބަހައްޓާފައި ހުރި މޮނިއުމަންޓް ހަލާކުކޮށްލައިފި

ހއ.އިހަވަންދޫގެ އިރު އުތުރު ފަރާތު އަތިރިމަތީ މިސްކިތްމަގު ނަމަކަށް ކިޔާ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ “މިސްކިތްމަގު މައިޒާން” ގައި ބަހައްޓާފައިވާ މޮނިއުމެންޓަށް ގެއްލުންދީ ހަލާކު ކޮށްލައިފިއެވެ. އިހަވަންދޫގެ މައިގަނޑު މަސައްކަތްކަމަށްވާ މަސްވެރިކަމުގެ ސިނާއަތާއި ގުޅުވައި ދޯންޏެއްގެ ސިފައިގައި ހަދާފައިވާ މޮނިއުމެންޓަށް ބަޔަކު ގެއްލުންދީ ހަލާކު ކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައެވެ. ކުރިން އެ ތަނުގައި ބަހައްޓާފައި ހުރި މޮނިއުމެންޓް ހަލާކުވުމާއި ގުޅިގެން، އިހަވަންދޫ ކައުންސިލުގެ މުވައްޒަފުން އި...

އިބްރާހިމް ޚަލީލް
އޯގަސްޓް މަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފި

އޯގަސްޓް މަހުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފި

ސަރުކާރުން ހިންގަމުން އަންނަ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 4.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދެވެ. މިޢްވާން ވިދާޅު...

އަލީ އާދިލް
''ސިޔާސީ ފިކުރުގައި އެންމެން އެއްގަލަކަށް ނާރާނެ''

''ސިޔާސީ ފިކުރުގައި އެންމެން އެއްގަލަކަށް ނާރާނެ''

ސިޔާސީ ފިކުރުގައި ދިވެހިރާއްޖެ އެންމެން އެއްގަލަކަށް ނާރާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އިދިކޮޅުން ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ގައުމީ ދުވަހުގެ އިހުތިފާލުގައި ރައްޔިތުންނާ އިދިކޮޅު ހުރިހާ ލީޑަރުން އެންމެން އެއްގަލަކަށް އަރަން ވެއްޖެކަމަށް ވިދާޅުވަމުން އަންނަ ކަމަށެވެ. ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ތިލަދުންމައްޗަށް ވަޑައިގައިގަތީ އެ ގާ ހޯއްދެވުމަށް ކަމަށާއި، އެ ގާ ހޯއް...

އަލީ އާދިލް
ރައްޔިތުން އަތާއި އަނގައާއި ދިމާނުވާ ހާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް: މުޢިއްޒު

ރައްޔިތުން އަތާއި އަނގައާއި ދިމާނުވާ ހާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް: މުޢިއްޒު

ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ޙާލު ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޑރ. މުޢިއްޒު މިހެން ވިދާޅުވީ އެއްގަމު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓް ގަވާއިދާ އެއްގޮތަށް ނެތް ނަމަ، ޖޫރިމަނާކުރަން ފަށަން ނިންމުމާއި ގުޅިގެން އެކަމަށް އިޝަރާތް ކުރައްވާ ކުރެއްވި ޓްްވީޓެއްގަ އެވެ. […]

މުޙައްމަދު އަފްރާޙް
ސިޙްރުން އެބައިމީހުންނަށް އަޘަރުކުރުވާ މީހުންނާއި ސިޙްރުވެރިޔާގެ ޖަޒާ!

ސިޙްރުން އެބައިމީހުންނަށް އަޘަރުކުރުވާ މީހުންނާއި ސިޙްރުވެރިޔާގެ ޖަޒާ!

ސިޙްރުވެރިންގެ ނުބައިކަން މުޖުތަމަޢުތަކާއި ފަރުދުންގެ މައްޗަށް ބޮޑުވުމުން، އެބައިމީހުންގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އެބައިމީހުންގެ ބޯކެނޑުމަށް ޙުކުމް އައިސްފައިވެއެވެ. ޞަޙީޙް ބުޚާރީގައި ބަޖާލަތު ބުން ޢަބްދާގެ އަރިހުން ރިވާވެގެންވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ. ޢުމަރު ބުން ޚައްޠާބު رضي الله عنه އެބޭފުޅާގެ މަސައްކަތު މީހުންނަށް ލިއުއްވިއެވެ. ތިޔަބައިމީހުން ކޮންމެ ސިޙުރުވެރި އަންހެނަކާއި ފިރިހެނަކު ޤަތުލުކުރާށެވެ. އަދި ޙަފްސާ رضي الله عنها ގެ އަރިހުން އެކަމަނާއަށް ސިޙްރުހެދި އެކ...

ތިލަދުން
މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

މާފުށި ޖަލުގައި ޑިއުޓީގައި ހުރި ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

ކ. މާފުށި ޖަލުގައި ޑިއުޓީގައި ހުރި 32 އަހަރުގެ ޒުވާނަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު މިރޭ ވިދާޅުވީ، މާފުށީ ޖަލުގައި މިރޭ ޑިޔުޓީ ކުރަމުން ދިޔަ ޕްރިޒަން ޕްރައިވެޓް އާދަމް ނިއުޝާދަށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމަށެވެ. ނައުޝާދަކީ މާފުށްޓަށް ނިސްބަތްވާ ޒުވާނެކެވެ. ނައުޝާދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށްފަހު އެރަށު ކަތީބު ޙުސައިންމަކިނު މިސްކ...

އިބްރާހިމް އަސްވާޤް
އިންވެސްޓު ކުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، ޓެރާގެ ފައުންޑަރ ކޮވޯން ހޯދަން ރެޑް ނޯޓިސް

އިންވެސްޓު ކުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، ޓެރާގެ ފައުންޑަރ ކޮވޯން ހޯދަން ރެޑް ނޯޓިސް

މިހާރު މުޅި ދުނިޔޭގައި މަޝްހޫރު ކްރިޕްޓޯ ކްރަންސީ އެއްކަމުގައިވާ ޓެރާ ކްރިޕްޓޯކަރަންސީ (ލޫނާ) އާއި ސްޓޭބަލްކޮއިން ނުވަތަ ޓެރާޔޫއެސްޑީ (ޔޫއެސްޓީ) ފައުންޑަރ ޑޫ ކޮވޯން ހޯދަން އިންޓަރޕޯލް އިން ރެޑްނޯޓީސް ނެރެފި އެވެ. އޭނާ އާއި ދެކޮޅަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ އޭނާ ނިސްބަތްވާ ސައުތް ކޮރެއާއިން އެދިގެންނެވެ. ސައުތް ކޮރެއާގެ ޕްރޮސެކިއުޓާސްގެ ތަރުޖަމާނު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވީ ކޮވޯން އާއި ދެކޮޅަށް ތަހުގީގު ކުރަމުންދަނީ 40 ބިލިއަން އެމެރިކާ ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ކަމަށެވެ....

މުޙައްމަދު ވަސީމް