ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތާއި ރޭމްޕް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ބޭރިތޮށި ލުމުގެ...
އަޙްމަދު ވަހީދު
ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022” ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައުބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ސައިބަރ ސޭފް މޯލްޑިވްސް، ޤައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާއި...
މުޙައްމަދު އަފްރާޙް
ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރިތާ، ނުވަތަ ދިވެހި ފަތުރުވެރިކަން އުފަންކުރިތާ 50 އަހަރު “ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު” ފާހަގަކުރުމުގެ ގޮތުން “މެދުރާއްޖެ ތެރޭގައި” އަންނަނީ ގިނަ ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަމުންނެވެ. ފަތުރުވެރިކަމަށް 25 އަހަރު ފުރުނު އިރު “ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ” މި ޖަޒީރާތަކުގައި ޓޫރިޒަމަށް ފައްކާވެފައި އޮތީ މެދު ރާއްޖެ ތެރެއެވެ. އެއިރު ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ލިބެމުން އައީ “ދިޔަދޮއްވެއްގެ ދެކޮޅު ބައްދާލާ، […]
ޙުސައިން ޘަޤީފް
ށ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުމަށް، މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް އެ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުޞަތުގެ ދަށުން، އެންމެ ރަނގަޅު ޕްރޮޕޯސަލް ހެޅި ތިން ޖަމިއްޔާއަށް އެހީ ދީފިއެވެ. މިގޮތުން މިފަހަރުގެ ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅައިގެން ށ. އަތޮޅު ކައުންސިލްގެ އެހީ ލިބުނީ މާއުނގޫދޫގެ، މާއުނގޫދޫ އެސޯސިއޭޝަން ފޯ އައިލެންޑް ޑިވެލޮޕްމަންޓް (އެމްއޭއައިޑީ) އަށާއި، މިލަންދޫގެ...
ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ވިދާޅުވީ ހުރިހާ ފަންތިއެއްގެ ރިސޯޓުތައް ރާއްޖޭގައި ހުޅުވިގެން ގޮސް ރާއްޖެއަކީ ޓޫރިޒަމްގެ “ބެންޗް މާކް”އަށް ވެގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ ކަމަށާއި އެ […]
މުޙައްމަދު އަފްރާޙް
ޑެންގޫ ޖެހިގެން ފަރުވާދެމުން ދިޔަ ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ. މިއަދު ނިޔާވެފައިވަނީ އއ. ތޮއްޑޫއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޑެންގީ ޖެހިގެން ނިޔާވި ދެވަނަ މީހާ އެވެ. ޑެންގޫ ޖެހިގެން އިއްޔެ ނިޔާވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާމުން ދިޔަ އުމުރުން އަށް އަހަރު ކުޑަކުއްޖެކެވެ. ޑެންގީ ގައި ދެ މީހަކު މަރުވެފައި މިވަނީ އެ ބަލި ފެތުރޭތީ ސަމާލުވުމަށް […]
މުޙައްމަދު އަފްރާޙް
ރައީސުކްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ ބަހްރެއިނަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހުގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގެންނަވާނީ މާދަމާ ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްގެފާނު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް މިއުވާން ވިދާޅުވެފައި ވެއެވެ. މި ދަތުފުޅަށް ފަހު، ރައީސް ސާލިހު...
މުޙައްމަދު އަފްރާޙް
އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަ މަޔާމީ އެފްސީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ގޮންޒާލޯ ހިގުއައިން މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ހިގުއައިން ފުޓްބޯޅަ ކުޅުން ރަސްމީކޮށް ހުއްޓާލަން ނިންމާފައިވާކަން އިޢުލާންކޮށް އޭނާ ބުނެފައި ވަނީ ފުޓްބޯޅަ އަށް އަލްވަދާއު ކިޔަންވީ ވަގުތު ޖެހިއްޖެކަމަށް ޤަބޫލްކުރާ ކަމަށާއި ކުޅުން ހުއްޓާލަން ނިންމާފައި ވަނީ މީގެ ތިން ހަތަރު މަހެއް ކުރިން ކަމަށެވެ. އިތުރަށް އޭނާ […]
އިބްރާހިމް ޚަލީލް
ނިއުކްލިއާ ފިއުޝަން ރިއެކްޓާ އެއް އުފައްދައިގެން އެމެރިކާ ކުއްޖަކު ދުނިޔޭގެ ރެކޯޑެއް ހެދީ އުމުރުން އެންމެ 12 އަހަރުގައި އެވެ. ޖެކްސަން އެސްވޯލްޓް ކިޔާ އެ ކުއްޖާ މި ރިއެކްޓާ އުފައްދައިގެން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދީ އުމުރުން 13 އަހަރު ފުރެން ގަޑިއެއްހާ އިރަށްވެފައި ވަނިކޮށެވެ. ރެކޯޑު ފޮތުން ޖާގަ ލިބުމާއި ގުޅޭގޮތުން އާންމު ކުރި ވީޑިއޯގައި މީގެ ދެ އަހަރު ކުރިން ބުނީ އޭނާ އުފެއްދި ނިއުކްލިއާ ފިއުޝަން […]
މުޙައްމަދު ވަސީމް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަންނަން އޮތް 50 އަހަަރު ޒިންމާދާރު، ދެމެހެއްޓެނިވި، އެންމެންގެ ލާބައާއި މަންފާއަށް ހިންގޭ 50 އަހަރުގެ ގޮތުގައި ހެދުމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ. ގައުމީ ފަތުރުވެރިކަމުގެ ތަހުނިޔާ ކިޔުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ 50 އަހަރު މި ސިނާއަތް ދެމިއޮތީ ރިސޯޓު އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމަށެވެ. އެހެންކަމުން އަންނާން އޮތް 50 އަހަރު ޚާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގުމަށް ވަނީ...
މުޙައްމަދު އަފްރާޙް
ގއ. ކޫއްޑޫގައި އިމާރާތެއްގެ މަތިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ އެވެ. މިފްކޯއިން މަސް ފެކްޓްރީ ހިންގާ ކޫއްޑޫގައި ހުރި އިމާރާތެއްގެ މަތިން އެމީހާ ވެއްޓިފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހު އެވެ. އަދި އޭނާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާދިނުމަށް ފަހު، އިތުރުފަރުވާއަށް ވަނީ މާލެ ގެނެސްފަ އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް އިއްޔެ އިރުއޮއްސި ހައެއް ޖަހާކަން ހާއިރު އެވެ. އެއީ އުމުރުން 41 […]
މުޙައްމަދު އަފްރާޙް
ނިރުބަވެރި، ހަނގުރާމަވެރި ޖަމާއަތްްތަކުގެ ލިސްޓު އަލުން މުރާޖައާ ކުރުމަށް ފަހު އާންމުކޮށްފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ “ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު” ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހު ކަމަށެވެ. އެ ލިސްޓުގައި ވަނީ ޓެރަރިސ...
މުޙައްމަދު އަފްރާޙް
ހދ. އަތޮޅުގެ ސިއްހީ މަރުކަަޒަށް ދިމާވެފައިވާ ދަތިތައް ބަޔާންކޮށް، އެކަންކަން ހައްލުކޮށް ދިނުމަށް އެދި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އިއްޔެ ރިޕޯޓެއް އަރުވައިފިއެވެ. މި ރިޕޯޓަކީ ހދ. އަތޮޅުގެ ސިއްހީ މަރުކަޒުތަކަށް ރައީސް އައްޔަނު ކުރައްވާފައިވާ އިސްވެރިންގެ އިސް ނެންގެވުމުގެ މަތިން އެކުލަވާލައިފާ ރިޕޯޓެކެވެ. މި ރިޕޯޓު ރައީސް އަތްޕުޅަށް އެރުވީ ޞިއްޙީމަރުކަޒުތަކަށް ސަރުކާރުން ޢައްޔަންކުރައްވާފައިވާ އިސްފަރަތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި ބ...
ތިލަދުން
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާނާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލަށް ޓެރަރިޒަމްގެ ދައުވާ ކޮށްފި އެވެ. ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ތިން ބޭފުޅުންގެ އިތުރު އިތުރު 15 މީހަކަށް ވެސް ދައުލަތުން އިއްޔެ ވަނީ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ފަޒްލޫނާއި އާދަމް ނިޝާނަށް ކުރަނީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. […]
ހުސައިން ހަބީބް
ރާއްޖޭގެ އިޤުތިޞާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެ އެވެ. ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެއްދިއްޖެ ކަމަށެވެ. 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގ...
މުޙައްމަދު އަފްރާޙް
ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް ހަޟާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ރޭ ބަޔަކު އެތަނަށް ގެއްލުންދީފިއެވެ. މިކަމާއި ގުޅިގެން މިއަދު ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުކުރު މިސްކިތުގެ މަރާމާތު މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ރޭގެ ވަގުތެއްގައި މިސްކިތުގެ ތަޅުމަށް ބަޔަކު ވަނީ ގެއްލުންދީފައިވާ ކަމަށެވެ. މިސްކިތު ތަޅުންމަތީގައި ސިމެންތި އޮލަ ލައިފައި ނުހިކި ހުއްޓާ ތަޅުންމައ...
އިބްރާހިމް ޚަލީލް
ގއ. ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓު، ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް ރަސްމީކޮށް ހުޅުވައިދެއްވައިފި އެވެ. މި ދެރަށުގެ އައުޓްޑޯ ވޮލީކޯޓުތައް ހުޅުވާފައިވަނީ މިނިސްޓަރ މަހްލޫފު، ގއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗެއް ކުޅެފައިވާއިރު، މި މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ވަނީ ބައިވެރިވެވަޑައިގެންފަ އެ...
މުޙައްމަދު އަފްރާޙް
ކުރިޕްޓޯ.ކޮމް އިން ރިފަންޑުގެ ގޮތުގައި 100 ޑޮލަރު ފޮނުވަންޖެހޭ ކަސްޓަމަރަކަށް 10.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރު ފޮނުވިއްޖެ އެވެ. މިއީ ޔޫއެސް ޑޮލަރުން ބަލާނަމަ 7.2 މިލިއަން އެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއްސަތޭކަ އެގާރަ މިލިއަން ދެ ލައްކަ ސާޅިސް ހާސް ރުފިޔާ އެވެ. ކްރިޕްޓޯ.ކޮމް އަށް އޮޅިގެން މިހާބޮޑު އަދަދެއް ފޮނުވިފައިވަނީ އޮސްޓްރޭލިއާގެ މެލްބަންގައި ދިރިއުޅޭ އަންހެނަކަށެވެ. އެ ފައިސާ އަންހެން މީހާއަށް ޓްރާންސްފާ ކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކަމަށް ރިޕޯޓުތައް […]
މުޙައްމަދު ވަސީމް