އިޓަލީ ލީގުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު މެޗުން ފަހަތުން އަރާ 2-1 ގެ ނަތީޖާއިން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރިހޯދައިފިއެވެ.
މިއީ 2019 ވަނަ އަހަރު ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ފަހުން އިންޓަމިލާންގެ މައްޗަށް ރޯމާއިން ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ރޭ މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖެކޯ ވަނީ އިންޓަމިލާންއަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ވީއޭއާރު ބެލުމަށްފަހު ވަނީ މީ އޮފްސައިޑް ގޯލެއްކަމަށް ނިއްމާފައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ބަރެއްލާގެ އެހީތެރިކަމާއެކު ޑިމާކޯވަނީ އިންޓަމިލާންއަށް ލީޑު ނަގައި ދީފައެވެ.
އިންޓައިން ގޯލު ޖެހިތާ ނުވަ މިނެޓު ފަހުން ދީބަލާގެ ހިތްގައިމު ގޯލަކުން މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.
ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ކުރިޔަށްޖެހި އިންޓަމިލާންއިން ވަނީ ރޯމާގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. ދެވަނަ ހާފުގައި ފުރަތަމަ ހަމަލާ އިންޓަމިލާންގެ މާޓިނޭޒް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އިންޓައަށް ލިބުނު ހިލޭޖެހުން ހަކަންޗަލަނޯލޫ ފޮނުވާލުމުން ބޯޅަ އަމާޒުވީ ހުރަސް ދަނޑިއާއެވެ. މެޗުގައި ދެން ވެސް ފެނިގެން ދިޔައީ އިންޓަމިލާންގެ ހަމަލާއެކެވެ. އަސްލާނީ ފޮނުވާލި ބާރު ހަމަލާ މިފަހަރު ދިޔައީ އަރިމަތި ދަނޑިކައިރިން ބޭރަށެވެ.
ރޯމާއިން މެޗުގެ ލީޑުނެގީ 75 ވަނަ މިނެޓުގައި ކުރިސް ސުމޫލިން ޖެހި ގޯލުންނެވެ. މި އިންޓަމިލާންގެ ހާފު މެދަކާއި ސާބުން ލިބުނު ހިލޭ ޖެހުމެއް ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމުން ބޮލުން ކާމިޔާބު ކޮށްދިންލަނޑެކެވެ.
މި ނަތީޖާއާއި އެކު ތާވަލުގެ 4 ވަނައަށް ރޯމާ ވަނީ ޖެހިލާފައެވެ. އިންޓަމިލާން އޮތީ ތާވަލުގެ 7 ވަނައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!