މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1254 ވަނަ ޞަފްޙާ

މުދައްރިސުންނަށް ބަތަލުންގެ ދަރަޖަ ދޭންޖެހޭ: މުދައްރިސުންގެ ޖަމިއްޔާ

މުދައްރިސުންނަށް ބަތަލުންގެ ދަރަޖަ ދޭންޖެހޭ: މުދައްރިސުންގެ ޖަމިއްޔާ

ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ވިދާޅުވެއްޖެ އެވެ. އެޖަމިއްޔާ އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ގައުމު ބިނާކުރުމަށް ޓީޗަރުން ދެއްކެވި ނަމޫނާއަކީ އަދި ވެލެއް...

މުޙައްމަދު އަފްރާޙް
ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

ދިއްދޫގައި ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި

ހއ. ދިއްދޫގެ ރައްޔިތުންނަށް ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ އެރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ފެށި ޕްރޮގްރާމެކެވެ. އެ ރަށު ކައުންސިލާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ހިންގާ ކޮމިޔުނިޓީ ވޮލަންޓިޔަރ ފަޔަރ ފައިޓިންގ ޕްރޮގްރާމް ފެށީ މި މަހުގެ 4 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. ރަށްރަށުގައި ދިމާވެދާނެ އަލިފާނުގެ […]

މުޙައްމަދު އަފްރާޙް
އިންޓަމިލާން އަތްދަށުވެ ބާސާ ގުރޫޕް ގެ ތިނަވަނައަށް ވެއްޓިއްޖެ

އިންޓަމިލާން އަތްދަށުވެ ބާސާ ގުރޫޕް ގެ ތިނަވަނައަށް ވެއްޓިއްޖެ

ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން އިންޓމިލާން އަތުން ބަލިވެ ބާސާ ގުރޫޕްގެ 3 ވަނައަށް ވެއްޓިއްޖެއެވެ. އިންޓަމިލާން ދަނޑުގައި ކުޅުނު މެޗުގައި ފެނުނު ހަމަ އެކަނި ގޯލު މެޗުގެ ފުރަތަމަ ހާފު ގެ ފަހުމިނެޓުގައި ޑިމާކޯ ގެ އެހީތެރިކަމާއެކީ ހަކަންޗަލަނޯލޫ އެވެ. މިއީ އެންމެ ފަހުން މި ދެޓީމުގެ ކުރޮމަތިލި ފަސްމެޗުގެ ތެރެއިން އިންޓަމިލާން އަށް ކުރި ލިބުނު ފުރަތަމަ މެޗެވެ. ގިނަވަގުތު ބޯޅަ ހިފައްޓައިގެން މޮޅަށް ކުޅެމުންދިޔަ ބާސާ އިން […]

އަލީ ރިޔާޟް
އެމަރެލްޑް ކަލެކްޝަނުގެ ދެވަނަ ރިޒޯޓް ރ. އަތޮޅުގައި ހުޅުވައިފި

އެމަރެލްޑް ކަލެކްޝަނުގެ ދެވަނަ ރިޒޯޓް ރ. އަތޮޅުގައި ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު އެމަރެލްޑް ކަލެކްޝަންގެ ދެވަނަ ރިސޯޓް ކަމަށްވާ އެމަރެލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާ ހުޅުވައިފިއެވެ. މި ރިސޯޓް ހުޅުވާފައިވަނީ ރ. އަތޮޅުގައެވެ. މިއީ ފަސް ތަރީގެ ރިސޯޓެކެވެ. އާ ރިސޯޓާއި އެމެރަލްޑްގެ ފުރަތަމަ ރިސޯޓް، އެމަރެލްޑް މޯލްޑިވްސް އާ ދޭތެރޭގައި ލޯންޗުން އެންމެ 20 މިނެޓުން ދަތުރު ކުރެވޭނެއެވެ. އެމަރަލްޑްގެ އާ ރިސޯޓުގައި ކޮންޓެމްޕްރަރީ އަދި އިންޑިޕެންޑެންޓް 50 ވިލާ ހުންނައިރު އިންޓަނޭޝަނަލް ކުޒީން ލިބޭ ހަތަރު ރެސްޓޯރަންޓުވެސް ހުރެއެވެ. އަދި ދެ ބާ […]

އަޙްމަދު ވަހީދު
ކާރިސާތައް ގިނަވުމުން، ދިރިއުޅެން ޖެހިފައިވަނީ "މަރާއި ހަނގުރާމަކުރަމުން": ގުޓެރެސް

ކާރިސާތައް ގިނަވުމުން، ދިރިއުޅެން ޖެހިފައިވަނީ "މަރާއި ހަނގުރާމަކުރަމުން": ގުޓެރެސް

ދުނިޔޭގައި މިހާރު ސަލާމަތްވެވެން އޮތީ ދިރި ހުރުމާއި މަރާއި ހަނގުރާމަ ކޮށްގެން ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ކޮންގޯގެ ވެރިރަށް ކިންޝަސާގައި ކުރިޔަށްދާ މޫސުމާއި ބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ގުޓެރެސް ވިދާޅުވީ މޫސުމަށް ނޭދެވޭ އަސަރުކޮށް ދުނިޔެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ހީވެސް ނުކުރާހާ ހަލުވިކަމާއި އެކު އަވަހަށް ކަމަށެވެ. ގުޓެރެސް ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ތަރައްގީވެފައިވާ 20 ގައުމުން ކަމަށެވެ. […]

މުޙައްމަދު ވަސީމް
އަލީ ވަހީދަށް ކުރާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި

އަލީ ވަހީދަށް ކުރާ ދައުވާތައް ކޯޓުން އަނބުރާ ފޮނުވާލައިފި

ކޯޓަށް ހާޒިރުނުވެ، ފިލައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ ދައުވާތައް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރަން އުޅުނު ކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް މިދިޔަ އަހަރު ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެ ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ.  އޭނާ ކޯޓަށް ހާޒިރު ނުވާތީ އޭނާ ދެ މަހަށް ޖަލަށްލާން […]

ހުސައިން ހަބީބް
ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި

ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފި

ޔޫއޭއީގެ އެއާލައިން، ވިޒް އެއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ފެށީ އިއްޔެއެވެ. އެ އެއާލައިނުގެ ފުރަތަމަ ފްލައިޓަށް އެއާޕޯޓުން ފެނުގެ ސެލިއުޓާއެކު މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ. ވިޒްއެއާގެ ދަތުރުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ބާއްވާއިރު، ދަތުރުތަކުގެ އަގު ފެށޭނީ ކޮޅަކަށް 97 ޑޮލަރުން (1،495 ރުފިޔާ) އަށެވެ. ދެކޮޅު ޓިކެޓް ނަގާނަމަ 2760 ރުފިޔާއަށެވެ. މިއީ މާލެއިން […]

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (5)

ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (5)

ކުރީ އަދަދާއި ގުޅޭ ދޮންބެ ކޮންކަމަކާ މާ އަވަހަށް ތި ހޭލި. އެއްކަލަ ތަނުން އިންޓަރވިއުއަށް ގުޅައިފިތަ؟”. ޝެލިން އަހާލިއެވެ. މިކްޔާލްގެ ފަރާތުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރެއެވެ. ” ނޫން. އަދި ނުގުޅާ”. މިކްޔާލްގެ ޖަވާބު ކުރެވެ. ވާހަކަ ދެއްކީ މަޖުބޫރުވެގެން ކަހަލައެވެ. ހިނދުކޮޅަކު ވިސްނަން އިނދެފައެވެ. ” މަންމައަށް ގޮވާލަދީބަ. ބޭރަށް ނުކުތް މީހާ ނާދޭ އަދިވެސް. މިހާރު މިކަން މި ނިމެނީ”.. ޝެލިން ބުންޏެވެ. މިކްޔާލް މަޑު ހޫމްއެއް އަޅުވާލި އަޑު […]

މާސާ
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން މިއަދު ބާއްވާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ނޮޅިވަރަންފަރުގައެވެ. މި މަހުގެ 10-22 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ތާވަލު ކޮށްފައި ވަނީ އަންހެން ކެޓަގަރީގެ ހުރިހާމެޗެއް ދުވާލު ކުޅޭ ގޮތަށެވެ. އަދި ފިރިހެން ކެޓަ...

އިބްރާހިމް ޚަލީލް
ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވީ 12 ރަށަކުން

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވީ 12 ރަށަކުން

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން، އެ މުބާރާތުގައި ބައިވެރިވެފައިވާ 12 ރަށުގެ މަޢުލޫމާތު މިއަދު އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ މަކުނުދޫ، ވައިކަރަދޫ، ނޮޅިވަރަމް، ނެއްލައިދޫ، ނޭކުރެންދޫ، ކުމުންދޫ، ނޮޅިވަރަންފަރު، ކުރިނބީ، ހިރިމަރަދޫ، ނައިވާދޫ، ފިނޭގެ އިތުރުން ހަނިމާދޫއެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ނޮޅިވަރަމުގައެވެ. ނޮޅިވަރަމު ކައުންސިލ...

އިބްރާހިމް ޚަލީލް
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބީލަން މަރުހަލާ ފަށައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބީލަން މަރުހަލާ ފަށައިފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން މަރުހަލާ މިއަދު ފަށިއިފިއެވެ. އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާ އެކުގައި ޕެސެންޖާ ޓާމިނަލް ތަރައްޤލގީ ކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއްވެސް ގާއިމުކުރާނެއެވެ. އަދި އެއާޕޯޓ...

އަޙްމަދު ވަހީދު
އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

އެންމެ ބޮޑު ޠަބީޢީ އަތޮޅުގެ ބަހުސް: ޙަޤީޤަތަކީ ކޮބާ؟

ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކ...

އަޙްމަދު ސާލިމް
ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު

ޓްރަމްޕް މިފަހަރު އަބުރުގެ ދައުވާ ކުރީ ސީއެންއެން އާއި ދެކޮޅަށް، ނަގައިދޭން އެދުނީ 475 މިލިއަން ޑޮލަރު

ބައިނަލްއަގުވާމީ ނޫސް އެޖެންސީ ސީއެންއެން އާއި ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަބުރުގެ ދައުވާކޮށްފި އެވެ. މި މައްސަލަ ޓްރަމްޕް ވެއްދީ ފްލޮރިޑާ ސްޓޭޓްގެ ޑިސްޓްރިކްޓު ކޯޓަކަށެވެ. ދައުވާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން ޓްރަމްޕް އެދިފައިވަނީ 475 މިލިއަން އެމެރިކާ ޑޮލަރު ނަގައި ދިނުމަށެވެ. ޓްރަޕްމް ވިދާޅުވީ، ސީއެންއެންއިން އާންމު ކުރި މައުލޫމާތުތަކެއްގެ ސަބަބުން ސިޔާސީ ކެރިއަރަށާއި ކެމްޕެއިނަށް ހުރަސް އެޅުނު ކަމަށެވެ. މި މައްސަލައަކީ 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިނ...

މުޙައްމަދު ވަސީމް
ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް، އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލުން އެއްބަސްވުމެއް

ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމަށް، އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލުން އެއްބަސްވުމެއް

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ. މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވި އެވެ. މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ […...

މުޙައްމަދު އަފްރާޙް
ހަރުކަށި ފިކުރު ނައްތާލަން، ސަރުކާރުން ހިންގާ ހަރަކާތްތައް އާންމުން ބަލައިގަނޭ: މަހްލޫފް

ހަރުކަށި ފިކުރު ނައްތާލަން، ސަރުކާރުން ހިންގާ ހަރަކާތްތައް އާންމުން ބަލައިގަނޭ: މަހްލޫފް

ހަރުކަށި ފިކުރު ނައްތާލުމަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތައް އާންމުން ބަލައިގަންނަ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ނަތީޖާ އާ ބެހޭ ގޮތުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ. އެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުން ކުރާ މަސައްކަތަކީ އިސްލާމް ދީނާ ދެކޮޅު ކަމެއްގެ ގޮތުގައި ދެއްކުމަށް […]

މުޙައްމަދު އަފްރާޙް
އައްނޫ ކަޕޫރުވެސް ސްކޭމް ކޯލެއްގެ މަޅީގައި ޖެހިއްޖެ، ފުލުހުންނަށް ހޯދުނީ ތިން ލައްކަ

އައްނޫ ކަޕޫރުވެސް ސްކޭމް ކޯލެއްގެ މަޅީގައި ޖެހިއްޖެ، ފުލުހުންނަށް ހޯދުނީ ތިން ލައްކަ

އިންޑިއާގެ އެކްޓަރު އަދި މަޝްހޫރު ހޯސްޓު އައްނޫ ކަޕޫރުގެ އެކައުންޓުން ފޭރިގަތް ފައިސާގެ ތެރެއިން ތިން ލައްކައަށްވުރެ ގިނަ އިންޑިއަން ރުޕީސް، ފުލުހުންގެ އެހީތެރިކަމާއި އެކު އަނބުރާ ހޯދައިފި އެވެ. އޭނާގެ އެ އެކައުންޓަކީ އެޗްއެސްބީސީގެ އެކައުންޓެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮންލައިންކޮށް ސްކޭމް ހިންގި، ކްރިޝްނަކުމާރު ރެޑީ ކިޔާ އެމީހާ އައްނޫ އާއި ގުޅައިގެން މުއާމަލާތް ކުރީ ކަސްޓަމަރުގެ މައުލޫމާތު އަޕްޑޭޓު ކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. އެމީހާ ގުޅީ އެ ބޭންކުގެ […]

މުޙައްމަދު ވަސީމް
ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް މިހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަހައްދަށް އެޅުމާއި، 2...

އަޙްމަދު ވަހީދު
އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗު ކޮށްފި

އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗު ކޮށްފި

އިލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ ލޯންޗްކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މި ރެޖިސްޓްރީ ލޯންޗްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތު، އޮނޮރަބަލް އަހުމަދު ނަސީމެވެ. އެލެކްޓްރޯނިކް އިމިއުނައިޒޭޝަން ރެޖިސްޓްރީ އަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީ އާއި އެކު، ރާއްޖޭގެ ހުރިހާ ވެކްސިނޭޝަން ސެންޓަރުތަކުން ތުއްތުކުދިންނަށް ދެވޭ ވެކްސިނޭޝަންގެ މައުލޫމާތުތައް އެއް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރައްކައުތެރިކޮށް އެކްސެސްވެ، ބެލެހެއްޓުމަށް މަގު ފަހި...

މުޙައްމަދު އަފްރާޙް