މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1228 ވަނަ ޞަފްޙާ

ލީޑްސް ޔުނައިނެޓް އިން ފަހުވަގުތު ލިވަޕޫލް ރޮއްވާލައިފި

ލީޑްސް ޔުނައިނެޓް އިން ފަހުވަގުތު ލިވަޕޫލް ރޮއްވާލައިފި

އިނގިރޭސި ލީގުގައި ލީޑްސް ޔުނައިޓެޑުން ފަހުވަގުތު ޖެހިގޯލުން ލިވަޕޫލް ބަލިކޮށްފިއެވެ. ހޮނިހިރު ދުވަހުގެރޭ ލިވަޕޫލު ދަނޑުގައި ކުޅުނު މެޗުން ލީޑްސް އިން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ގެ ފުރަތަަމަ ގޯލު ޖެހީ ވެސް ލީޑްސް އިންނެވެ. ލިވަޕޫލު ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގާ މިގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 4 ވަނަ މިނެޓުގައި ރޮޑްރިގޯ މޮރޭނޯ އެވެ. ލީޑްސްއިން ލަނޑު ޖެހިތާ 10 މިނެޓް ފަހުން ސަލާހް ވަނީ ގޯލެއްޖަހައި ލިވަޕޫލަށް […]

އަލީ ރިޔާޟް
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީ ސިޓީގައި އިންޓަ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، އެ ސިޓީގެ ޖަލާލުއްދީން ސްކޫލް ގުޅިގެންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި އެ މުބާރާތް އޮންނާނީ މިއަދު މެންދުރުފަހު 13:45 ގައި އެ ސިޓީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. ނަސްރުގެ ދުވަސް ކުޅުދުއްފުށީގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް އެ ސިޓީގައި […]

ޔުމްނާ ޢަލީ
ފަހުވަގުތު ލެވަންޑޯސްކީ ޖެހި ލަނޑުން ބާސާ މޮޅުވެއްޖެ

ފަހުވަގުތު ލެވަންޑޯސްކީ ޖެހި ލަނޑުން ބާސާ މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ފަހު ވަގުތުގައި، ލެވަންޑޯސްކީ ޖެހި ލަނޑުން ބާސާ މޮޅުވެއްޖެއެވެ. ވެލެންސިއާގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ބަލާހިތްވާފަދަ އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާގެ އަންސޫ ފާޓީއަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. ޕްޑްރީ ވެލެންސިއާގެ އޭރިއާތެރެއަށް ތިރިތިން ކުޅުނު ޕާހަކުން ތަނަވަސް ވި ފުރުޞަތުގައި […]

އިބްރާހިމް ޚަލީލް
އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް

އަނިޔާވެރިވާ މީހުންނާމެދު އިހާނެތިކޮށް ހިތުމަކީ ދެދުނިޔޭގައި ވެސް ނަގާ ދަރަންޏެއް: މުފްތީ މެންކް

މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުންނާއި އިހާނެތިކޮށް ހިތުމަކީ ތިމާގެ އަމިއްލަ ނަމުގައި ދެދުނިޔޭގައިވެސް ނަގާ ދަރަންޏެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރޫގެ ދައުވަތަކަށް މިހާރުރާއްޖެއަށް އުޅުއްވާ ދީނީ އިލްމުވެރިޔާ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ގައި ދެއްވި ދަރުހުގަ އެވެ. “އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށް” ދެއްވި ދަރުހުގައި މުފްތީ ވަނީ އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރު އަޅުއްވާމިންވަރުން މިސާލުޖައްސަވާފަ އެވެ. އަދި ނަރަކަވެރިއ...

މުޙައްމަދު އަފްރާޙް
މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެއްގެ މިސާލު ދައްކާ ރަށެއް!

މުޖުތަމައުން އިސްނަގައިގެން ކުނި މެނޭޖްކުރުމުގެ ކާމިޔާބު ޕްރޮގްރާމެއްގެ މިސާލު ދައްކާ ރަށެއް!

ދ. ކުޑަހުވަދޫއަކީ ކުނި މެނޭޖްކުރުމުގެ “ބޭނުންކޮށްފައި އުކާލާ” ވިސްނުމުން ވަށާޖެހޭ އިގްތިސާދީ ތަސައްވަރަކަށް ބަދަލުވުމަށް މުޖުތަމަޢުގެ ބައިވެރިވުމާއި ބައިވެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސަރަޙައްދީ އިޤްތިޞާދީ މަރުކަޒެއް ކަމުގައިވާ ދ. އަތޮޅު ކުޑަހުވަދޫ އަކީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން ފެށި މޮޑެލް އައިލެންޑް ޕްރޮޖެކްޓްގެ ފުރަތަމަ ރަށެވެ. ކޮކާކޯލާ އާއި ރާއްޖޭގައި އެ ކުންފުނީގެ ބޮޓްލިން ޕާޓްނަ...

އިބްރާހިމް އަސްވާޤް
ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އޮސްޓްރޭލިއާ

ވޯލްޑް ކަޕް 2022 ޓީމު ޕްރޮފައިލް: އޮސްޓްރޭލިއާ

2022 ވޯލްޑް ކަޕްގައި ގްރޫޕް ޑީ ގައި ހިމެނޭ، މިފަހަރުގެ ވޯލްޑް ކަޕަކީ އޮސްޓްރޭލިއާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޮސްޓްރޭލިއާ ވަނީ ފަސް ފަހަރު ވޯލްޑް ކަޕުގައި ވާދަކޮށްފައެވެ. އެޓީމުން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1974 ވަނަ އަހަރު ޖަރުމަނުގައި ކުޅެވުނު ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އޮސްޓްރޭލިއާ ކެޓިއެވެ. އޭގެ ފަހުން 2006، 2010، 2014 އަދި 2018 ވަނަ އހަރުގެ ވޯލްޑް ކަޕުގައި ވާދަކުރިއެވެ. […]

ތިލަދުން
މިފްކޯއިން ފިޔަވައްޗަށް ކިޔަވަން ބޭނުންވާ ތަކެތި ހަދިޔާ ކޮށްފި

މިފްކޯއިން ފިޔަވައްޗަށް ކިޔަވަން ބޭނުންވާ ތަކެތި ހަދިޔާ ކޮށްފި

މިފްކޯގެ 29 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ގިނަ އަދަދެއްގެ ފޮތާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. މިފްކޯގެ ފަރާތުން މިތަކެތި ހަދިޔާ ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން ތަކެތި ހަދިޔާ ކުރުމަށް އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ފިޔަވައްޗަށް ޒިޔާރަތް ކޮށްފައެވެ. މިފްކޯއިން ވަނީ ފިޔަވަތިން އިންތިޒާމުކުރި ކުޑަކުދިންގެ ކުޅިވަރު ދުވަހުގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި އެމަރުކަޒުގައި ދިރިއުޅޭ އެކި އުމުރުފުރާގެ ކުދިން ބައިވެރިވާގ...

އަޙްމަދު ވަހީދު
ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ޕީއެސްޖީއަށް އުނދަގޫ މޮޅެއް

ފުރާސްލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ޕީއެސްޖީ ދަަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ ކާމިޔާބު ކުރީ އެސްޓޮނިކް ޓޮރޮއީސް އާއި ބައްދަލުކޮށް 4-3 ގެ ނަތީޖާއިންނެވެ. މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ އެސްޓޮނިކް އިންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ މަމާ ބަލްޑް އެވެ. ޕީއެސްޖީއިން ނަތީޖާ ހަމަހަމަ ކުރީ ނޭމާގެ އެހީތެރިކަމާއެކު މެޗުގެ 24 ވަނަ މިނެޓުގައި ކާލޮސް ސޮލާ އެވެ. މެޗުގެ 52 ވަނަ މިނެޓުގައި […]

އަލީ ރިޔާޟް
ބަރުދަން ދެގުނައަށް ލުއިކޮށްދޭ އިންޖެކްޝަނެއް ޓެސްޓު ކޮށްފި

ބަރުދަން ދެގުނައަށް ލުއިކޮށްދޭ އިންޖެކްޝަނެއް ޓެސްޓު ކޮށްފި

ބަރުދަން ލުއި ކޮށްދޭ އިންޖިކްޝަނެއްގެ ޓެސްޓުތަކެއް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ. އަދި ނަމެއް ދީފައި ނުވާ ޑްރަގް އިންޖެކްޓު ކޮށްގެން ހެދި ޓެސްޓުގައި 400 މީހުން ބައިވެރިކޮށްފައިވެ އެވެ. މި ޓެސްޓުގައި ބައިވެރި ކުރީ އެމެރިކާގެ އުމުރުން 50 އަހަރުތައް ގުނަމުންދާ މީހުންނެވެ. ޑެއިލީ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިންޖެކްޝަންގެ ޓެސްޓުތައް އިނގިރޭސިވިލާތުގައިވެސް ހަމަ އެ އުމުރުފުރާގެ މީހުންތަކެއް ބޭނުންކޮށްގެން މިއަހަރު ކުރީކޮޅު ވަނީ ހަދާފައި އެވެ. ދެ ޓެސްޓުތައްވެސް ކާމިޔާބުވެފައިވާތީ...

މުޙައްމަދު ވަސީމް
ބްރައިޓަން އަތުން ބޮޑު ތަފާތަކުން ޗެލްސީ ބަލިވެއްޖެ

ބްރައިޓަން އަތުން ބޮޑު ތަފާތަކުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ބްރައިޓަން ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ބްރައިޓަން ކާމިޔާބު ކޮށްފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަން ފެށުނުއިރު ބްރައިޓަންއަށް ކޯޗް ކޮށްދިނުމަށް ފަހު، ފާއިތުވި ސެޕްޓެމްބަރ މަހު ޗެލްސީގެ ކޯޗްކަމާއި ހަވާލުވި ގްރަހަމް ޕޮޓާ ލީގުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ފުރަތަމަ މެޗެވެ. އަދި މިއީ ޕޮޓާއަށް ފަހު ބްރައިޓަންގެ […]

އިބްރާހިމް ޚަލީލް
ލެސްޓާ ބަލިކޮށް ސިޓީ އެއްވަނައަށް

ލެސްޓާ ބަލިކޮށް ސިޓީ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ލެސްޓާގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަނިޔާގެ ސަބަބުން މި މެޗަށް ގާޑިއޯލާ ނެގި ޓީމްގައި އެ ޓީމްގެ އިތުބާރު ފޯވާޑް ހާލަންޑް ހިމަނާފައިނުވާއިރު، ހާލަންޑްގެ ބަދަލުގައި މި މެޗުން ފުރުޞަތު ދީފައި […]

އިބްރާހިމް ޚަލީލް
މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވު ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ޖެޓީ ހެދުމުގެ މަސައްކަތާއި، ބަނދަރު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ....

އަޙްމަދު ވަހީދު
ފައިނޭންސް ހޯދުމަށް މުޅި ދުނިޔޭގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި: ޑރ. މައުސޫމް

ފައިނޭންސް ހޯދުމަށް މުޅި ދުނިޔޭގައި ވެސް ގޮންޖެހުންތައް ވަނީ ކުރިމަތިވެފައި: ޑރ. މައުސޫމް

މުޅި ދުނިޔޭގައި ވެސް މިހާރު އިންވެސްޓްމަންޓަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާއި ވަކިން ހާއްސަކޮށް ފައިނޭންސް ހޯދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ %46 ހިއްސާކުރަނީ ފަތުރުވެރިކަން ކަމަށާއި 1980 ވަނަ އަހަރު ޖީޑީޕީ ޕަރ ކެޕިޓަރއަކީ 275 ޑޮލަރު ކަމަށެވެ. އެހެންނަމަވެސް 2019 ވ...

މުޙައްމަދު އަފްރާޙް
މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރްއެމް އިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ ބާއްވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ 20:45 ގައި ޝީ ބިލްޑީންގެ ހޯލުގައި ކަމަށެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ […]

މުޙައްމަދު އަފްރާޙް
މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

މުފްތީ މެންކް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސް ދެއްވުމަށް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ. ”އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަން“ މި މައުޟޫއަށް ދެއްވާ ދަރުސް އޮންނާނީ ފުވައްމުލައް ސިޓީ ހާފިޒު އަހުމަދު ސްކޫލް ހޯލް ގައި މިރޭ 20:45 ގަ އެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ. […]

މުޙައްމަދު އަފްރާޙް
ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!

ޝާހިދު، ޔޫކޭ އާއި ނެދަލޭންޑްސްއަށް!

ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށާއި ނެދަރލޭންޑަށް ފުރާވަޑައިގެންފި އެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި އެމަނިކުފާނު ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. މި އޮކްޓޯބަރ މަހުގެ 19 އިން އަންނަ ނޮވެމްބަރު މަހުގެ 4 އަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި އާސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވި އެވެ. އޭގެ ތެރޭގައި، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް ޖޭމްސް ކް...

މުޙައްމަދު އަފްރާޙް
އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ

އެކައުންޓިން ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން: ނިޔާޒީ

އެކައުންޓިންގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން މި ދާއިރާއަށް ނިކުންނަން ބޭނުންވާ ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އޮޑިޓަރ ޖެނެރަލް އަދި އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓްސްގެ ރައީސް ހުސައިން ނިޔާޒީ ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އެކައުންޓެންޓުންނަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު މަހާސިންތާ، މިއަހަރުގެ “މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ. އޭނާ ވަނީ އެކައުންޓިންގ އަކީ މުޖްތަމައުއާއި ވަރަށްބޮ...

މުޙައްމަދު އަފްރާޙް
އައްޑޫ އާއި ފުވައްމުލަކުގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ

އައްޑޫ އާއި ފުވައްމުލަކުގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފުވައްމުލައް ސިޓީގައި ދަރުސް ދިނުމަށް މިހާރުހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޙާފިޒް އަޙްމަދު ސްކޫލުގައި ކަމަށެވެ. އަދި އައްޑޫ ސިޓީގައި ދަރުސް އޮންނާނީ 30 އޮކްޓޯބަރު ވާ އާދިއްތަ ދުވަހުގެ ރޭ  އައްޑޫ ހައި ސްކޫލްގައި ކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވީ މޫސުން ގޯސްވުމާ ގުޅިގެން ދަރުސް ބާއްވާ ތަން […]

މުޙައްމަދު އަފްރާޙް