ބަރުދަން ލުއި ކޮށްދޭ އިންޖިކްޝަނެއްގެ ޓެސްޓުތަކެއް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

އަދި ނަމެއް ދީފައި ނުވާ ޑްރަގް އިންޖެކްޓު ކޮށްގެން ހެދި ޓެސްޓުގައި 400 މީހުން ބައިވެރިކޮށްފައިވެ އެވެ. މި ޓެސްޓުގައި ބައިވެރި ކުރީ އެމެރިކާގެ އުމުރުން 50 އަހަރުތައް ގުނަމުންދާ މީހުންނެވެ.

Ad
rt

ޑެއިލީ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އިންޖެކްޝަންގެ ޓެސްޓުތައް އިނގިރޭސިވިލާތުގައިވެސް ހަމަ އެ އުމުރުފުރާގެ މީހުންތަކެއް ބޭނުންކޮށްގެން މިއަހަރު ކުރީކޮޅު ވަނީ ހަދާފައި އެވެ. ދެ ޓެސްޓުތައްވެސް ކާމިޔާބުވެފައިވާތީ މިހާރު އޮތީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން އެ އިންޖެކްޝަނަށް ހުއްދައަށް އެދުމެވެ.

މި ހުއްދަ ދޭނީ ކަމާ ބެހޭ އިދާރާތަކުން ސައިންސްގެ ގޮތުން ބަލާ ބެލުންތަކަކަށް ފަހު އެވެ.

ބަރުދަން ލުއިކޮށްދޭ އިންޖެކްޝަން ޖެހުމުން އޭގެ އަސަރު ސިކުނޑިއާއި މުޅި ހަށިގަނޑަށް ކުރެ އެވެ. އޭގެ ސަބަބުން އަބަދު ކާހިއްވާ މީހުންގެ ކާހިތް ކަނޑުވާލައި އެވެ. އަދި ބަނޑު ފުރިފައި ހުންނަ އިހުސާސް ކުރުވާ ކަމަށްވެ އެވެ.

މި ޓެސްޓު ހެދި އެންމެންނަކީވެސް ބަރުދަނުގައި 97 ކިލޯ ހުރި މީހުންނެވެ. އެމީހުން ވަނީ މި އިންޖެކްޝަކުން ނުކުންނަ ނަތީޖާ ބެލުމަށް ހަތަރު މަސް ދުވަސް ހޭދަކޮށްފައި އެވެ.

މި ޓެސްޓުގައި ބައިވެރި މީހުންގެ ތެރެއިން 15 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެ އެވެ. އެމީހުންނަށް ސިއްހީ ގޮތުން ދިމާވީ ހަޖަމް ކުރުމުގެ މައްސަލަ އެވެ. އެއީ ޓެސްޓުގެ މެދުތެރެއިން އިންޖެކްޝަން ޖެހުން ހުއްޓާލުމުންނެވެ.

އެ މުއްދަތުގައި ބައެއް މީހުންގެ ގައިން ނުވަ ކިލޯ ހިކިފައިވެ އެވެ. މިއީ މިދިޔަ އަހަރު އެމެރިކާ އާއި އިނގިރޭސިވިލާތުގައި ޓެސްޓު ކުރި ބަރުދަން ލުއިކޮށްދޭ ގުޅަ ބޭހެއް ކައިގެން ނުކުތް ނަތީޖާއަށްވުރެ ރަނގަޅު ކުރިއެރުމެކެވެ. އެ ބޭސް ކެއި މީހުން ހިކިފައިވަނީ ފަސް ކިލޯ އެވެ.

މި އިންޖެކްޝަން އުފައްދާފައިވަނީ ޖަރުމަނުވިލާތާއި ޑެންމާކް އަދި ނިއުޒިލޭންޑް ކުންފުންޏަކުން ގުޅިގެންނެވެ. އެ ކުންފުނިތަކުން ބުނީ މާ ބޮޑަށް ފަލަވެފައި ތިބި މީހުންގެ ތެރެއިން އާ ފަރުވާއެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އެ އިންޖެކްޝަނަކީ އުފާވެރިކަމަކަށް ވާނެ ކަމަށެވެ.

އެ ކުންފުނިތަކުން ގަބޫލު ކުރާގޮތުގައި މި އިންޖެކްޝަން ހަކުރުބަލީގެ ޓައިޕް ބީ ހުންނަ މީހުންނާއި ފުރަމޭގެ މައްސަލަތައް ހުންނަ މީހުންނަށްވެސް ފަރުވާއަކަށް ވާނެ އެވެ. އެމީހުންގެ ޓެސްޓުގައި ހަކުރުބަލި ހުރި މީހުންވެސް ބޭނުންކޮށްފައިވާ ކަމަށް ބުންޏެވެ.

އިންޖެކްޝަން ބޭނުން ކުރުމަށް އިރުޝާދު ދޭގޮތަށް ބަލާއިރު ފުރަތަމަ ފަށަން ޖެހެނީ އެއް މިލިގްރާމުންނެވެ. އޭގެ ފަހުން އެމީހާގެ ހަށިގަނޑަށް އަސަރު ކުރާ މިންވަރަށް ބަލައިގެ މިލިގްރާމުން އިތުރު ކުރަމުންދެވިދާނެ އެވެ.